ޚަބަރު

ލިޔުންތައް ލީކުވިތާ 5 ގަޑިއިރު، އަދިވެސް ފަޒުލް ހައްޔަރެއް ނުކުރޭ! ފުލުހުން ތިބީ އެޗްޑީސީގައި ކޮފީ އާއި ސައި ބުއިމަށް، ރައްޔިތުންނަށް ދައްކަނީ ދަޅަ!

ދިޔަވަރު
ލިޔުންތައް ލީކުވިތާ 5 ގަޑިއިރު، އަދިވެސް ފަޒުލް ހައްޔަރެއް ނުކުރޭ! ފުލުހުން ތިބީ އެޗްޑީސީގައި ކޮފީ އާއި ސައި ބުއިމަށް، ރައްޔިތުންނަށް ދައްކަނީ ދަޅަ!

ގޯތިން ވައްކަން ކުރިކަމުގެ ލިޔުންތައް ލީކުވިތާ 5 ގަޑިއިރުވެގެން ދިޔައިރުވެސް ފަޒުލްއާއި މި ލިޔެކިޔުންތަކުގައި ސޮއެ ކުރެވޭ ކަމަށް ބެލެވޭ އެއްވެސް ބަޔަކު ފުލުހުން ހައްޔަރު ކޮށްފައި ނުވެއެވެ. ފާއިތުވެގެން ދާ ކޮންމެ މިނުޓަކީ ހެކި ނައްތާލުމަށް އެޗްޑީސީއަށް ލިބޭ ފަހި ފުރުޞަތުތަކެކެވެ.

ފުލުހުން އެޗްޑީސީއަށް ވަން ނަމަވެސް، ގޮސް ތިބީ މީޓިންގ ރޫމުގައި ކޮފީ އާއި ސައި ބުއިމަށް ކަމަށް އެޗްޑީސީ ތެރެއިން ލިބެމުންދާ މައުލޫމާތު ތަކުން ހަސަން ކުރުސީ ހާމަ ކޮށްފައިވެއެވެ. ފުލުހުން ދައްކަމުންދަނީ ރައްޔިތުންނަށް ދަޅައެކެވެ.

މައްސަލަ ބެލުމުގައި އެއްވެސް ސީރިއަސް ކަމެއް ހުރިނަމަ، ފަޒުލް އާއި އޭނާގެ ކޮރަޕްޓް ޓީމް ފުލުހުން މިހާރު ހައްޔަރު ކުރާނެއެވެ. ނަމަވެސް، ފަޒުލް ރައްޔިތުންގެ ފައިސާއިން ކުރާ ވައްކަމުން ރައީސް މުއިއްޒަށް ބައި އަޅަމުންދާތީ ފަޒުލް ހައްޔަރު ކުރުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. އަދި ކުރާނެ ކަމެއްވެސް ނޫނެވެ.

މިހާރު މައުލޫމާތު ލިބޭ ގޮތުން، މުއިއްޒުގެ އެންގުމުގެ މަތިން މިކަން "ކުރީ ސަރުކާރު" ބޮލަށް ޖެހުމަށް ދަނީ މި ހުރިހާ ފަރާތްތަކެއް އެކީ މަސައްކަތް ކުރަމުންނެވެ. ސަރުކާރެއް ގޮތުގައި ދިވެހިންނަށް ލިބިފައި މިވަނީ އަނިޔާވެރިކަން އިންތިހާއަށް އޮތް ގޭންގެކެވެ.

އާންމުންގެ ކަންބޮޑުވުން އިންތިހާއަށް ގޮސްފިނަމަ، ފަޒުލް އާއި ވާހަކަ ދައްކައިގެން ދުވަސް ކޮޅަކަށް ފަޒުލް ހައްޔަރު ކޮށް ނުވަތަ ސަސްޕެންޑް ކޮށްފާނެއެވެ. ނަމަވެސް ފަޒުލް ނުރުހޭ ގޮތަކަށް،. ފަޒުލް އާއި މަޝްވަރާ ނުކޮށް މިކަން މުއިއްޒަށް ކުރެވޭނެ ގޮތެއް ނެތެވެ.

ފަޒުލް އާއި ވާހަކަ ދައްކައިގެން ފަޒުލް ހައްޔަރު ކުރުމަށްފަހު، އިތުރު ހެކިތަކެއް ފެނިދާނެ ކަމަށް ވާނަމަ، ހައްޔަރު ކުރާނީވެސް ހެކިތައް ނައްތާލުމަށް ފަހުއެވެ.

3 މިނިސްޓްރީ އަންދާލި އިރު، ސާރވާތައް ސަލާމަތްކުރަން ވަގުތުލިބި އެކަން ސަރުކާރުން ކޮށްފައި ނުވަނީ ކީއްވެތޯ ރާއްޖޭގެ ހުރިހާ ރައްޔިތުން ސުވާލު ކުރަމުން ދާއިރު، އެކަމުގެ ޖަވާބު މިހާރު ރައްޔިތުންނަށް ވަނީ ލިބިފައެވެ.