މުއިއްޒު އާއި އެންސްޕާއިން ވައްކަން ކުރި ޚަލީލު އަންގައިގެން "އަދަދު"ގެ ނޫސްވެރިން، އެޗްޑީސީގެ ނޫސްވެރިންގެ ބައްދަލުވުމަށް ވައްދަން ދެކޮޅު ހަދައިފިއެވެ. ރައީސް މުއިއްޒު ދަނީ ޒާތީ ހަސަދަވެރި ކަމެއް އޭނާ އަށް ސަނާ ނުކިޔާ ނޫސްތަކާއި މެދު ބާއްވަމުންނެެވެ. އަދި އެ ނޫސްތަކަށް ލިބެމުންދާ ސްޕޮންސާ ކަނޑާލުމަށް އަމިއްލައަށް އެކި ފަރާތްތަކަށް ގުޅައި ދަނީ މަސައްކަތް ކުރަމުންނެވެ.
މި ގޮތަށް ނޫސްތަކަށް އަނިޔާވެރިވެ، ލިބޭ ސްޕޮންސާ ކަނޑާލުމަށް މުއިއްޒަށް އަދި އެންސްޕާ ވަގު ޚަލީލަށް އަންގާ އަނެއް ފަރާތަކީ އަޒާންއެވެ.
ނޫސްވެރިންގެ ބައްދަލުވުމަށް ނުވައްދަން މަސައްކަތް ކުރަނީ މުއިއްޒު ގަންނާން ކުރެއްވި ބިރުންނެވެ. ސުވާލެއް ކޮށްލަން ނުކެރޭ، އަދި ރައީސް އޮފީހުން ގަނެފައިވާ މީޑިޔާތައް އެކަނި ޕްރެސް އަށް ވައްދައިގެން ހަދާ ދޮގުތަކާއި ޗެލެންޖް ކޮށްލަން ކެރޭވަރުގެ ބަޔަކު ނުތިބޭނެ ކަން މުއިއްޒަށް ސާފުކޮށް އެނގެއެވެ.
ސެކިޔުރިޓީ ގާޑު އަންގަނީ މީޑިޔާއަށް ފަޒުލް އަންގާ ބަޔެކޭ ވައްދަނީ. އަޅުގަނޑުމެންނަށް މައުލޫމާތު އެބަ ލިބޭ ޚަލީލު ސީދާ ބައެއް މީޑިޔާތަކަށް އަންގައިގެން އެ މީޑިޔާތައް މިތަނަށް އަންނަމުން ދަނީ
އަދަދު ނޫހުގެ އިސްފަރާތެއް ކަމަށްވާ ފިޔާޒު ވިދާޅުވިއެވެ.
ވައްކަންކޮށް، އެކަން ފަޅާ އެރުމުން، ނޫސްވެރިންގެ ބައްދަލުވުމެއް މުއިއްޒު އަންގައިގެން އެޗްޑީސީއިން މި ބާއްވަނީ މިކަމުގެ ހަޤީގަތް ރައްޔިތުންނަށް އޮޅުވައި ދޮގު ހެދުމަށެވެ.