ސިޔާސީ

ބޮޑު ވައްކަމެއް ކުރުމުން އެ ވައްކަން ކުރި މީހާ ލައްވައި، މުއިއްޒު ޕްރެސް އެއް ބޭއްވުމަކީ ވައްކަން ފޮރުވުން ނޫން ކޮންކަމެއް؟

ދިޔަވަރު
ބޮޑު ވައްކަމެއް ކުރުމުން އެ ވައްކަން ކުރި މީހާ ލައްވައި، މުއިއްޒު ޕްރެސް އެއް ބޭއްވުމަކީ ވައްކަން ފޮރުވުން ނޫން ކޮންކަމެއް؟

ބޮޑު ވައްކަމެއް ކުރުމުން އެ ވައްކަން ކުރި މީހާ ލައްވައި، މުއިއްޒު ޕްރެސް އެއް ބޭއްވުމަކީ ވައްކަން ފޮރުވުން ނޫން ކޮންކަމެއް ތޯއެވެ. މިއީ ދުނިޔޭގެ އެއްވެސް ތަހުޒީބީ މުޖުތަމައުއެއްގައި ކުރާނެ ކަމެއް ނޫނެވެ.

މިއީ ފަޒުލް ހައްޔަރު ކޮށްފައި ހުންނަން ވީ ވަގުތެވެ. ޕްރެސް އެއް ދެންޏާ ދޭންވާނީ އޭގެ ފަހުން، އެކަމާއި ގުޅުން ހުރި ފަރާތްތަކުންނެވެ.

މިހާރު ބާއްވާ ޕްރެސް އަކީ ވައްކަން ފޮރުވުމަށް މުއިއްޒު އަންގައިގެން، ހާއްސްކޮށް މުއިއްޒު އާއި ފަޒުލް އާއި މިކަމުގައި ބައިވެރިވި ވަގުންތައް ރައްކާތެރި ކުރުމަށް ބާއްވާ ޕްރެސްއެކެވެ. އެހެން ކަމުން ނޫސްވެރިންވެސް މިކަން ދަނެ، މި ކަމާއި ގުޅުން ހުރި، ސުވާލުތައް ކުރުން މުހިންމެވެ.

އެންމެ ފުރަތަމަ ސުވާލަކަށްވެސް ވާންވީ، ފަޒުލް ހައްޔަރު ނުކޮށް ހުރީ ކީއްވެތޯއެވެ. އަދި އޭނާއަށް ޕްރެސް އެއް ބާއްވަން ފުރުޞަތު ދިނީ ކޮން ހަމައަކުންތޯއެވެ.

ރައީސް މުއިއްޒު ހުރިހާ އެސްއޯއީތައް ބޭނުންކޮށްގެން ހިންގަމުންދާ ކޮރަޕްޝަންއަކީ ރާއްޖޭގެ ތާރީޚުގައި އަދީބު ހިންގި ވައްކަމާއި ނުބައްދަލު އެއަށްވުރެ އެތައް ގުނައެއް ބޮޑު މާސިންގާ ކޮރަޕްޝަނުގެ ބޮޑު ޖަރީމާއެކެވެ. ހުރިހާ އެސްއޯއީތަކުން ރައީސް މުއިއްޒަށް ބައި އަޅާ ކަން އެއްވެސް ފަރާތަކަށް އޮޅިފައެއް ނުވެއެވެ.