ޚަބަރު

ނޫސްވެރިންގެ އެއްވެސް ސުވާލަކަށް ފަޒުލް އަށް ޖަވާބު ނުދެވި ނޫސްވެރިންގެ ހިތްހަމަ ނުޖެހުން އަމާޒުވެއްޖެ

ދިޔަވަރު
ނޫސްވެރިންގެ އެއްވެސް ސުވާލަކަށް ފަޒުލް އަށް ޖަވާބު ނުދެވި ނޫސްވެރިންގެ ހިތްހަމަ ނުޖެހުން އަމާޒުވެއްޖެ

ނޫސްވެރިންގެ އެއްވެސް ސުވާލަކަށް ފަޒުލް އަށް ޖަވާބު ނުދެވި، ނޫސްވެރިންގެ ހިތްހަމަ ނުޖެހުން އަމާޒުވެއްޖެއެވެ.

ހުރިހާ ސުވާލަކަށް ފަޒުލް ދެމުންދާ ޖަވާބަކީ ތިމަންނާ އަށް މައްސަލަ ޖުލައި މަހުގައި ފާހަގަ ވުމާއި އެކު، ހައުސިންގ މިނިސްޓްރީ އަށް ވޭރިފިކޭޝަން އަށް ފޮނުވި ކަމަށެވެ.

އެއާއި ގުޅިގެން ދެން ކުރާ އެއްވެސް ސުވާލަކަށް އެއްވެސް އިތުރު ޖަވާބެއް ފަޒުލްގެ ފަރާތުން ނުލިބެއެވެ. ހުރިހާ އެންމެންނަށް ދެނީ ހުރިހާ ސުވާލަކަށް އެ ޖަވާބެވެ. އިތުރު އެއްވެސް ޖަވާބެއް އޭނާއަށް ވަނީ ދޭން ނޭނގިފައެވެ.

ޑޮކިޔުމެންޓްތަކެއް އޮޅުވާލި ކަން އެނގުމުން، އަދި ޑޮކިޔުމެންޓް އޮޅުވާލާފައިވާކަން ހައުސިންގ މިނިސްޓްރީއިން އެންގުމުންވެސް، އެކަން ފުލުހަށް އެޗްޑީސީއިން އަންގާފައި ނުވަނީ ކީއްވެތޯ އެހުމުންވެސް އެއަށްވެސް ފަޒުލްއަށް ޖަވާބެއް ނުދެވިގެން ކުރިން ދިން ޖަވާބު ދަނީ ތަކުރާރު ކުރަމުންނެވެ.

އަމިއްލަ ބޭބެ ހުށައަޅާފައިވާ ގޯތީގެ ފޭކް ލިޔުމުގެ ކަންތަކުގައި މައްސަލަ ޕޮލިހަށް ހުށައަޅާފައި ނުވާއިރު އެކަމުގައި ތިމަންނާގެ އެއްވެސް ކޮންފްލިކްޓް އޮފް އިންޓްރެސްޓެއް ނެތް ކަމަށް ދަނީ ބުނަމުންނެވެ.

ސުވާލު ކުރަމުންދާއިރު، ސަުވާލު ކުރުންވެސް ދަނީ ހުއްޓުވަމުންނެވެ. ނޫސްވެރިންގެ ބައްދަލުވުން ނިންމާލީ ނޫސްވެރިން ސުވާލު ކޮށްކޮށް ހުއްޓައި އެއްވެސް އެދެވޭ ޖަވާބެއް ނުދީ، މި ނިއްމާލަނީ އޭ ބުނެއެވެ.