ޚަބަރު

އެޗްޑީސީގެ އިތުރު މައްސަލައެއް: ގޯތި ލިބުނު ފަރާތަށް ގޯތި ނުދީ އެހެން ފަރާތަކަށް ގޯތި ދީ، ގޯތީގެ ވެރިފަރާތަށް ގޯތި ނުލިބޭކަމަށް ވަނީ އަންގާފައި

ދިޔަވަރު
އެޗްޑީސީގެ އިތުރު މައްސަލައެއް: ގޯތި ލިބުނު ފަރާތަށް ގޯތި ނުދީ އެހެން ފަރާތަކަށް ގޯތި ދީ، ގޯތީގެ ވެރިފަރާތަށް ގޯތި ނުލިބޭކަމަށް ވަނީ އަންގާފައި

އެޗްޑީސީގެ އިތުރު މައްސަލައެއް: ގޯތި ލިބުނު ފަރާތަށް ގޯތި ނުދީ އެހެން ފަރާތަކަށް ގޯތި ދީ، ގޯތީގެ ވެރިފަރާތަށް ގޯތި ނުލިބޭކަމަށް ވަނީ އަންގާފައެވެ.

މިކަން ހާމަވެފައި ވަނީ ގޯތި ލިބުނު ފަރާތަކުން އިން ފާރު ރޭނުމުގެ ހުއްދަ އަށް އެދުމުން، އެ ހުއްދަ ނުދެވޭނެކަމަށް ބުނެ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ވަނީ އެފަރާތަށް ފޮނުވި ސިޓީއިންނެވެ.

23 އޮކްޓޯބަރ 2024 ގައި އެޗްޑީސީން ފޮނުވި ސިޓީގައި ބަޔާންކޮށްފައިވަނީ، މިނިސްޓްރީގެ ލިސްޓުގައި އެފަރާތުގެ ނަން ނެތްކަމަށް މިނިސްޓްރީން އަންގާފައިވާތީ، ފާރު ރޭނުމުގެ ހުއްދަ ދެވެން ނެތް ކަމަށެވެ.

މިގޮތަށް އަންގާފައިވަނީ އެޗްޑީސީއާއި، ހައުސިންގ މިނިސްޓްރީ ގުޅިގެން ގޯތި ލިބުނު ފަރާތްތައް ނޫން ފަރާތްތަކަށް އޮޅުވާލައިގެން ގޯތި ދިނުމަށް ހިންގާފައިވާ ބޮޑު ވައްކަމެއްގެ ތެރެއިން ކަމަށް ޤަބޫލު ކުރެވެއެވެ.

މި މައްސަލައިގައި އިތުރަށް ސުވާލު އުފައްދައި، ކަމާބެހޭ އިސްފަރާތްތަކާ ހަމައަށް މައްސަލަ ގެންދިއުމުން، 7 ނޮވެމްބަރުގައި އެޗްޑީސީން ވަނީ އިތުރު ސިޓީއެއް ފޮނުވާފައެވެ. މި ސިޓީގައި އެޗްޑީސީން ވަނީ ކުރީގެ ނިންމުން ބަދަލުކޮށް، މިނިސްޓްރީގެ ކުށަކުން މިކަން ދިމާވެފައިވާ ކަމަށް ބުނެ މަޢާފަށް އެދި، ފާރު ރޭނުމުގެ ހުއްދަ ފަހުން ދޫކޮށްފައެވެ.

މި މައްސަލަ ދިމާވެފައިވަނީ އެޗްޑީސީން އެއް ގޯތި ދެ ފަރާތަކަށް ދޫކޮށްފައިވާތީއެވެ. މި ގޯތީގެ ހައްޤު ފަރާތް ނޫން އަނެއް ފަރާތުން ވަނީ ގޯތި، އެޗްޑީސީއިން ދިނުމާއި އެކު އެ ގޯތީގައި މަސައްކަތް ފަށާފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ފަހަކަށް އައިސް އެޗްޑީސީއާ ގުޅުންހުރި ގިނަ މައްސަލަތަކެއް ވަނީ ހާމަވެފައެވެ. މީގެ ތެރޭގައި ގޯތި ދޫކުރުމުގައި ހިންގާފައިވާ ބޮޑެތި ކޮރަޕްޝަންގެ ޢަމަލުތަކާއި، ވަކި ފަރާތްތަކަކަށް ނާޖާއިޒު މަންފާ ހޯދައިދިނުމުގެ މައްސަލަތައް ހިމެނެއެވެ. މި މައްސަލަތަކާ ގުޅިގެން ގިނަ ފަރާތްތަކަކުން ވަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި ފަޒުލް ހައްޔަރުކޮށް، މުއިއްޒު އިސްތިއުފާ ދިނުމަށް ގިނަ ރައްޔިތުންނެއް ދަނީ ގޮވާލަމުންނެވެ.