ޚަބަރު

ރައްޔިތުން މައިތިރި ކުރުމަށް، ފަޒުލް އާއި މަޝްވަރާ ކުރުމަށްފަހު، ވަގުތީ ގޮތުން ފަޒުލް އާއި އެޗްޑީސީގެ ބޯޑު މެމްބަރުންތަކެއް ސަސްޕެންޑް ކޮށްފި

ދިޔަވަރު
ރައްޔިތުން މައިތިރި ކުރުމަށް، ފަޒުލް އާއި މަޝްވަރާ ކުރުމަށްފަހު، ވަގުތީ ގޮތުން ފަޒުލް އާއި އެޗްޑީސީގެ ބޯޑު މެމްބަރުންތަކެއް ސަސްޕެންޑް ކޮށްފި

ރައްޔިތުން މައިތިރި ކުރުމަށް، ފަޒުލް އާއި މަޝްވަރާ ކުރުމަށްފަހު، ވަގުތީ ގޮތުން ފަޒުލް އާއި އެޗްޑީސީގެ ބޯޑު މެމްބަރުންތަކެއް ސަސްޕެންޑް ކޮށްފިއެވެ.

ސަސްޕެންޑް ކޮށްފައިވަނީ ޕީސީބީ އިންނެވެ. މިކަން އަންގައި ޕީސީބީއިން ވަނީ މީގެ ކުޑަ އިރުކޮޅެއް ތެރޭ ޓްވީޓް ކޮށްފައެވެ.

ފަޒުލް އާއި ބޯޑު މެމްބަރުންތަކެއް ސަސްޕެންޑް ކޮށްފައި މިވަނީ ސޯޝަލް މީޑިޔާގައި ޖުމްހޫރީ މައިދާނަށް އެއްވުމަށް އެދި ރައްޔިތުން ގޮވަމުން ދަނިކޮށެވެ. އަދި އެޗްޑީސީ ދޮރުމަތީ، ފަޒުލް ހައްޔަރު ކުރުމަށް ގޮވާލައި މުޒާހަރާ ކޮށްފައި ވަނިކޮށެވެ.

ފަޒުލް އޭނާގެ ދިފާޢުގައި ބޭއްވި ޕްރެސް ކޮންފެރެންސްގައި ނޫސްވެރިން ރުޅި އެރުވުމަށްފަހު، ނިންމާފައިވަނީ ނޫސްވެރިންގެ ސުވާލުތަކަށް އެދެވޭ ޖަވާބެއް ނުދީއެވެ. އަދި ކަނޑައެޅިގެން ނޫސްވެރިންގެ ބައްދަލުވުމުގައިވެސް، އޭނާ ވަނީ ދޮގު ހަދާފައެވެ.

ފަޒުލްގެ ބޭބެއަކަށް ދީފައިވާ ގޯތީގައި އިންފާރު ރާނައި، ރަނގަޅަށް ސިމެންތި ނުހިކޭ އިރުވެސް، އެއީ ނުހިނގާ ކަމެއް ކަމަށް ބުނެ އޮޅުވާލުމަށްވެސް އޭނާ ވަނީ މަސައްކަތް ކޮށްފައެވެ. ފަޒުލްގެ ބޭބެ ހުރީ އެމްޑަބްލިއުއެސްއީގެ ޑެޕިއުޓީ އެމްޑީއަކަށެވެ. އަދި އޭނާއާއި މެދު އެއްވެސް ފިޔަވަޅެއް އަޅާފައި ނުވެއެވެ.

ފަޒުލް އާއި މަޝްވަރާ ނުކޮށް، އޭނާ ސަސްޕެންޑް ކޮށް، ނުވަތަ ހައްޔަރު ކުރުމަކީ ރައީސް މުއިއްޒަށް ކުރެވިދާނެ ކަމެއް ނޫން ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. އެއީ ރައީސް މުއިއްޒު ސަރުކާރުގެ އެކި ކުންފުނިތައް މެދުވެރިކޮށް ހިންގަމުންދާ ކޮރަޕްޝަން ތަކުގެ ސަބަބުންނެވެ.