ޚަބަރު

ހުޅުމާލޭގެ 17 ގޯއްޗެއް "HEP"ގެ ނަމުގައި މުއިއްޒު ހަދާފައިވާ ލިސްޓަކަށް (ހައްޤު ނުވާ ބަޔަކަށް) ހިލޭ ދޫކުރަން މުއިއްޒު އުޅޭ ކަމުގެ މަޢުލޫމާތު ލީކްވެއްޖެ

ދިޔަވަރު
ހުޅުމާލޭގެ 17 ގޯއްޗެއް "HEP"ގެ ނަމުގައި މުއިއްޒު ހަދާފައިވާ ލިސްޓަކަށް (ހައްޤު ނުވާ ބަޔަކަށް) ހިލޭ ދޫކުރަން މުއިއްޒު އުޅޭ ކަމުގެ މަޢުލޫމާތު ލީކްވެއްޖެ

ހުޅުމާލެ ފޭސް 1 ގައި ހުރި 17 ގޯއްޗެއް، ކޮންމެ ގޯއްޗެއްގެ އަގު 12 މިލިއަން ރުފިޔާ ހުރި ގޯތިތަކެއް، ރައީސް މުޢިއްޒު ހިލޭ ދޫކުރުމަށް ނިންމަވާފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ.

މި ގޯތިތަކަކީ ކުރީގެ ރައީސް ނަޝީދުގެ ސަރުކާރުގައި ފެށި "ވެށިފަހި މާލެ" ޕްރޮގްރާމްގެ ދަށުން (މިހާރުގެ ބިންވެރިޔާ ސްކީމާ އެއްފަދަ) ދޫކުރުމަށް ހަމަޖެހުނު ގޯތިތަކެކެވެ. ނަމަވެސް މި ގޯތިތައް 13 އަހަރު ވަންދެން ވަނީ ހުސްކޮށް، އެއްވެސް ފަރާތަކަށް ނުދެވި އޮތް ކަމަށް ވެއެވެ.

އެޗްޑީސީން މި ގޯތިތަކުގެ ވެރިފަރާތްތައް ކަށަވަރުކުރުމަށް ގިނަ ފަހަރު މަތިން ހައުސިންގ މިނިސްޓްރީގައި އެދިފައިވީ ނަމަވެސް، އެއްވެސް ފަރާތެއްގެ މަޢުލޫމާތު މިނިސްޓްރީން ދީފައެއް ނުވެއެވެ. މީގެ ސަބަބަކީ އޭރު މި ގޯތިތަކަށް ހޮވުނު ފަރާތްތައް ސްކީމްގެ ޝަރުތުތައް ފުރިހަމަ ނުވުމުގެ ސަބަބުން ނުވަތަ އެހެނިހެން ސަބަބުތަކާ ހުރެ ޑިސްކޮލިފައި ވެފައިވުމެވެ.

https://twitter.com/HKurusee/status/1869681852430070201
މުއިއްޒުގެ މި ވައްކަމާއި ހިޔާނާތުގެ މައުލޫމާތު ލީކް ކޮށްފައިވަނީ ހަސަން ކުރުސީއެވެ.

މުޢިއްޒު 2012 ވަނަ އަހަރު ހައުސިންގ މިނިސްޓަރުކަމަށް އައްޔަންކުރެވުނު އިރު މި ގޯތިތަކުގެ މަޢުލޫމާތު އެނގިވަޑައިގަތް ކަމަށް ވެއެވެ. މިހާރު މުޢިއްޒުގެ ސީދާ އިރުޝާދުގެ ދަށުން، ފަޒުލް ޚާއްޞަ ޓީމެއް އެކުލަވާލައި މި ގޯތިތައް ބަލައި، ފޮޓޯ ނަގައި، މުޅި މަސައްކަތް ނިންމާފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ.

ފާހަގަކޮށްލެވޭ މުހިންމު ކަމަކީ، ފަހަކަށް އައިސް ހައުސިންގ މިނިސްޓްރީއަށް ދިމާވި އަލިފާނުގެ ހާދިސާގައި މި ގޯތިތަކާ ގުޅޭ ހުރިހާ ލިޔެކިޔުންތަކެއް ނައްތާލާފައިވުމެވެ. އޭރު ސްކޭން ކުރެވިފައި ހުރި ކޮޕީތައްވެސް ވަކި ސަރވަރެއްގައި ރައްކާކުރެވިފައި ހުރި ނަމަވެސް، އެ ސަރވަރުވެސް އަލިފާނުގެ ހާދިސާގައި ހަލާކުވެފައިވާ ކަމަށް މުއިއްޒުގެ ސަރުކާރުން ދަނީ ބުނަމުންނެވެ.

އަލިފާނުގެ ހާދިސާގައި އެންމެ ފަސޭހައިން ސަލާމަތް ކުރެވެން އޮތް ސާވާރ ހަލާކުވެފައިވާ ކަމަށް މުއިއްޒުގެ ސަރުކާރުން ދައްކާ ވާހަކައަކީ ދެކޮޅު ނުޖެހޭ ވާހަކައެކެވެ.

ފަޒުލް އޭނާގެ ޚާއްޞަ ޓީމަށް އަންގާފައިވަނީ މިނިސްޓްރީން އަލަށް "ޙައްޤުވެރިންގެ" ލިސްޓެއް ނެރޭނެ ކަމަށާއި، މި 17 ގޯއްޗާ ގުޅޭ އެއްވެސް މުޢާމަލާތެއް އީމެއިލް ނުވަތަ ސިޓީ މެދުވެރިކޮށް ނުކުރުމަށެވެ. މި މައްސަލައިގައި އޭނާ ސީދާ މިނިސްޓަރާ މުޢާމަލާތް ކުރާނެ ކަމަށްވެސް އަންގާފައިވެއެވެ.

މަޢުލޫމާތު ލިބޭ ގޮތުގައި މުޢިއްޒު ވަނީ "HEP ލިސްޓް" (ހެޕް އަކީ ހިޒް އެކްސަލަންސީ ޕްރެޒިޑެންޓް) އޭ ކިޔާ ލިސްޓެއް އެކުލަވާލައި، މި ގޯތިތައް އޭނާއާ ގާތް ފަރާތްތަކަށް ދިނުމަށް ނިންމަވާފައެވެ. މިކަން ކުރިއަށް ގެންދަން ރޭވިފައިވަނީ މި ފަރާތްތަކަކީ 13 އަހަރު ކުރިން ވެށިފަހި މާލެ ސްކީމްގެ ދަށުން ހޮވުނު ފަރާތްތަކެއްގެ ގޮތުގައި ދައްކުވައިދީގެންނެވެ. ނަމަވެސް މިއީ ހަޤީޤަތާ ޚިލާފު ކަމެއް ކަމަށް މަޢުލޫމާތު ދޭ ފަރާތްތަކުން ބުނެއެވެ.

އަލިފާނުގެ ހާދިސާގައި ލިޔެކިޔުންތައް އަދާފައި ވާކަމަށް މުއިއްޒުގެ ފަރާތުން ބުނަމުން ދިޔުމުން، ލިޔެކިޔުންތައް ނެތުމުގެ ސަބަބުން، މިނިސްޓްރީން މިހާރު އުފައްދާ ލިޔެކިޔުންތަކަކީ މި ގޯތިތަކާ ގުޅޭ ހަމައެކަނި ރަސްމީ ލިޔެކިޔުންތަކަށް ވެގެންދާނެއެވެ. އެހެންކަމުން، ދެން މިގޯތިތައް ދޭން މުއިއްޒު ބޭނުންވަނީ މުއިއްޒު ބޭނުންވާ ޕީއެންސީ ބަޔަކަށެވެ. މި ގޯތިތައް މި ގޮތަށް ދީ މުއިއްޒު ބޭނުންވަނީ ބޮޑު ވައްކަމެއް ދައުލަތުން ކުރުން ކަމަށް ސޯޝަލް މީޑިޔާގައި ރައްޔިތުން ދަނީ ކިޔަމުންނެވެ.

މުއިއްޒު މަކަރާއި ހީލަތުން ލިޔެކިޔުންތައް ނައްތާލައިގެން ހައްޤުވެރިންނަށް ދިނުމުގެ ބަދަލުގައި ރައީސް މުއިއްޒުގެ އިއްޒަތްތެރި ލިސްޓަށް އޭނާ ދިނުމަށް ނިންމާފައިވާ ގޯތި ތަކުގެ ފޮޓޯތައް ތިރީގައި މިވަނީ އެވެ.

މާތްﷲ މި ވައްކަމާއި، މަކަރާއި ދޮގުވެރި ސަރުކާރުގެ އަނިޔާވެރިކަމާއި ގެއްލުމުން އެންމެހާ ރައްޔިތުން ސަލާމަތް ކުރައްވާންދޭވެ. އާމީން.