ޚަބަރު

#ރިޕޯޓު: ދޮގާއި މަކަރާއި ހީލަތުން ވެރިކަމަށް ވަޑައިގެންނެވި މުއިއްޒު ސާބިތު ކޮށްދެމުންދަނީ, މިވަރުގެ ކޮރަޕްޓް ސަރުކާރެއް ދެން ދުވަހަކުވެސް ރާއްޖޭގެ ވެރިކަމަށް ނާންނާނެކަން!

ދިޔަވަރު
#ރިޕޯޓު: ދޮގާއި މަކަރާއި ހީލަތުން ވެރިކަމަށް ވަޑައިގެންނެވި މުއިއްޒު ސާބިތު ކޮށްދެމުންދަނީ, މިވަރުގެ ކޮރަޕްޓް ސަރުކާރެއް ދެން ދުވަހަކުވެސް ރާއްޖޭގެ ވެރިކަމަށް ނާންނާނެކަން!

ރައީސް މުއިއްޒު ރާއްޖޭގެ ވެރިކަމަށް ވަޑައިގެންނެވީ ރައީސް ޔާމިންވެ ނަން ވިއްކައިގެންނެވެ. ރައީސް ޔާމިން މިނިވަން ކޮށްދެއްވާނެކަމުގެ ފޮނި ވައުދުތައް, ފާއިތުވި ރިޔާސީ އިންތިޚާބުގައި މުއިއްޒު ވެވަޑައިގަންނަވަމުން ގެންދަވާފައިވަނީ ލޮލުން ކަރުނަ އޮހޮރަމުންނެވެ.

ރިޔާސީ އިންތިޚާބުގެ ކޮންމެ ޖަލްސާއެއްގައިމެ, ހަމްދު ސަނާއަށްފަހު މުއިއްޒު އެންމެ ފުރަތަމަ ވައުދުވަމުން ގެންދެވީ ވެރިކަމުގެ ފުރަތަމަ ދުވަހު ރައީސް ޔާމިން މިނިވަން ކޮށްދެއްވާނެކަމަށެވެ. އަދި ކޮންމެ ވާހަކައެއް ނިންމަވާލައްވާފައިވަނީ, ރައީސް ޔާމިން މިނިވަން ވުމަށާއި އެމަނިކުފާނުގެ ސަލާމަތަށް ދުއާ ކުރައްވަމުންނެވެ.

އަދި ރިޔާސީ އިންތިޚާބުގެ ކެމްޕޭންގައި ހުރިހާ ޖަލްސާއެއްގެ ޝަރަފްވެރި މެހެމާނެއްގެ ގޮތުގައި ބައިދާފައިވަނީ ރައީސް ޔާމިންގެ ނަންޖެހި ހުސް ގޮނޑިއެވެ.

އާދޭހެވެ! ރައީސް ޔާމިންގެ ނަންޖެހި ގޮނޑި ވިއްކަވައިގެން, އަދި ރައީސް ޔާމިންގެ ނަން ވިއްކައިގެން, ދޮގާއި މަކަރާއި ހީލަތުން މުއިއްޒުއަށް ވެރިކަމަށް ވަޑައިގެންނެވުނީއެވެ. ވެރިކަމަށް ވަޑައިގެންނެވުމާއެކު, ރައީސް ޔާމިން މިނިވަން ކުރުމުގެ ބަދަލުގައި, އެމަނިކުފާނުގެ ޝަރީއަތްތައްވެސް ޝަރުއީ ދާއިރާގައި އާބާރެއްލާފައި ކުރިޔަށް ގެންދިއުމަށް ފުރުސަތު ފަހިކޮށްދެއްވަން ފެއްޓެވީއެވެ. ރައީސް ޔާމިނަށް މުޠުލަގަށް ޚިޔާނާތްތެރި ވީއެވެ. ރައީސް ޔާމިންގެ ނަން ބޭނުން ކޮށްގެން ރިޔާސީ އިންތިޚާބުގައި ހެދީ ރޯ ބުހުތާނު ދޮގުކަން އަމަލާއި ބަހުން ސާބިތު ކޮށްދެއްވީއެވެ.

އެއަށްފަހު, ވެރިކަމަށް ވަޑައިގެންނެވުމަށްފަހު ވިދާޅުވަމުން ގެންދަވަން ފެއްޓެވީ, ސަރުކާރުގައި ހިނގާނީ ތިމަންނާގެ އަމުރު މައުރޫފް ކަމުގައެވެ. ކެބިނެޓަށާއި, އެސްއޯއީތަކުގެ ވެރިންގެ ގޮތުގައިވެސް ތިއްބަވާނީ ތިމަންނާއަށް އިތުބާރު ކުރެވޭ މީހުން އެކަނި ކަމުގައެވެ. ކޮރަޕްޝަނާއި ފަސާދައަށް ދެއްވާނީ "ޒީރޯ ޓޮލަރެންސް" ކަމުގައެވެ.

އެހެންނަމަވެސް, ވެރިކަމަށް އަހަރެއްވެސް ފުރިގެން ނުދަނީސް, ދައުލަތުގެ އެސްއޯއީތަކަށް, އިތުބާރުކުރެވޭ ބޮޑެތި ވަގުން ލައްވާ, އެ ފަރާތްތައް މެދުވެރިކޮށް ސީދާ ރައީސް މުއިއްޒު ވައްކަން ކުރައްވަން ފެއްޓެވީއެވެ.

ނަތީޖާއެއްގެ ގޮތުން, ރައްޔިތުންގެ ޕްރެޝަރާހެދި ފަޒުލް މިއަދު ސަސްޕެންޑް ކުރަން މުއިއްޒުއަަށް މަޖުބޫރު ވިނަމަވެސް, މުއިއްޒު ހަގީގަތުގައި ހުންނެވީ ބްލެކްމެއިލް ވެފައެވެ. މުއިއްޒުއަށް ފަޒުލް މަގާމުން ވައްކެއް ނުކުރެވޭނެއެވެ.

ރަސްމާލެ ހިއްކަން ސްރީ ލަންކާގެ ރާޖޫ ނަމަކަށް ކިޔާ މީހަކަށް ޕްރޮޖެކްޓް ހަވާލުކޮށް, މުއިއްޒު އެތައްސަތޭކަ މިލިއަން ރުފިޔާއެއްގެ ރިޝްވަތު ނެންގެވީ, މިހާރު ސަސްޕެންޑް ކޮށްފައިވާ އެޗްޑީސީގެ އެމްޑީ ފަޒުލް މެދިވެރިކޮށެވެ. ފަޒުލް އެޗްޑީސީގެ ބިންތައް ވަގު ލިޔުން ހަދައިގެން އެތައްބަޔަކަށް ބަހާ ހުސްކޮށްލީވެސް, އޭގެ ތެރޭގައި މުއިއްޒުގެ ލިސްޓެއްވެސް ހިމަނައިގެން މިއަދު ސާފުކޮށް އެގެން އެބައޮތެވެ.

އެވަރުންވެސް ފުދުނީއެއް ނޫނެވެ. މުއިއްޒުގެ އަމިއްލަ ޓީވީ ހަދަން އެސްޕާއިންވެސް ވައްކަން ކުރީ ސީދާ މުއިއްޒު އަޑީގައި ހުރެގެންނެވެ. އެއީ ހީނާ ވަލީދު މެެދުވެރިކޮށް މުއިއްޒު ހިންގި 34 މިލިއަން ރުފިޔާގެ ބޮޑު ޖަރީމާއެކެވެ. ބޮޑު ވައްކަމެކެވެ.

މިފަދަ އެތައް ވައްކަމެކެވެ. ވެރިކަމަށް ވަޑައިގެންނެވުނުތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ތުރުކީން ޑްރޯންތަކެއް ގަނެ, އެ މުއަމަލާތުންވެސް އެތައް ސަތޭކަ މިލިއަން ރުފިޔާއެއްގެ ރިޝްވަތު ފައިސާ ސީދާ މުއިއްޒު ނަންގަވާފައި ވެއެވެ.

މުއިއްޒުގެ އިތުބާރު ހިފޭ އެމްޑީއަކު ފެނަކަ ކޯޕަރޭޝަނަށް ލައްވައިގެން, އޭނާގެ މައްޗަށްވެސް ކޮރަޕްޝަންގެ އެތައް ތުހުމަތެއް ކުރެވެމުންދާއިރުވެސް, މުއިއްޒު ހުންނެވީ ނުދަންނަ މީހާކަމުގެ ހެއްދެވިގެންނެވެ. އެމްއޭސީއެލްގެ ކުނި އުކާލުންވެސް ކޮރަޕްޝަންގެ ބޮޑު ޑީލަކުން އެވާޑްކުރެވުނު އިރުވެސް މުއިއްޒު ހުންނެވީ ކަހާތަން ހިރުވާވެސް ނުލައެވެ. 90 މިލިއަން ރުފިޔާއަށް އެކުންފުނިން އޭސީ ކުރުމުގެ ބޮޑު ޕްރޮޖެކްޓެއް ކުރިޔަށް ގެންދާން ނިންމިއިރުވެސް މުއިއްޒު ހުންނެވީ އެއްކަމެއްވެސް ނުދަންނަ މީހާކަމުގައި ހެއްދެވިގެންނެވެ.

ކޮރަޕްޝަންގެ މިފަދަ ބޮޑެތި އެތައް ކަމެއް ފެންމަތިވަމުންދާއިރުވެސް, މުއިއްޒު ކިޔުއްވަމުން ގެންދަވާ ބަންޖަކީ ކޮރަޕްޝަންއަށް "ޒީރޯ ޓޮލަރެންސް" ބަންޖެވެ. މި ރައިވަރެވެ. މުއިއްޒު ސާބިތު ކޮށްދެމުންދަނީ ފާއިތުވި މާޒީގަވެސް, އަދި ކުރިޔަށް އޮތް މުސްތަގުބަލުގައިވެސް މިވަރުގެ ކޮރަޕްޝަންގެ ވެރިކަމެއް ދެން މިރާއްޖެއަށް ނާންނާނެ ކަމެވެ.