ޚަބަރު

ފަޒުލްގެ ޕާސްޕޯޓް ހިފެހެއްޓުމާއި އެކު އޭނާގެ އަރިސް ފަރާތްތަކަށް މުއިއްޒު ފައިސާ ހޯދުމަށް ކަމަށް ބުނެ ކޮށްފައިވާ މެސެޖްތަކެއް ދައްކައިފި 

ދިޔަވަރު
ފަޒުލްގެ ޕާސްޕޯޓް ހިފެހެއްޓުމާއި އެކު އޭނާގެ އަރިސް ފަރާތްތަކަށް މުއިއްޒު ފައިސާ ހޯދުމަށް ކަމަށް ބުނެ ކޮށްފައިވާ މެސެޖްތަކެއް ދައްކައިފި 

ފަޒުލްގެ ޕާސްޕޯޓް ހިފެހެއްޓުމާއި އެކު އޭނާގެ އަރިސް ފަރާތްތަކަށް މުއިއްޒު ފައިސާ ހޯދުމަށް ކަމަށް ބުނެ ކޮށްފައިވާ މެސެޖްތަކެއް ދައްކައިފި އެވެ. އަދި މި މެސެޖްތައް އެހެން ބައެއް އެމްޑީއިންނަށް ވެސް ފޮނުވާފައިވާކަން، އޭނާ ހާމަ ކުރިއެވެ.

މުއިއްޒު ފައިސާ ހޯދުމަށް އެސްއޯއީތަކުގެ އެމްޑީއިންނަށް އަންގަން ފަށާފައި ވަނީ، މަޖިލީސް އިންތިހާބާއި ދިމާކޮށެވެ. އޭރު ފެށި ގޮތަށް މުއިއްޒު ދަނީ އެސްއޯއީތަކުގެ ވެރިން މެދުވެރިކޮށް ފައިސާ ނަގަމުންނެވެ.

މި ކަމުގައި މުއިއްޒު އާއި މެދު ތަހުގީގެއް ހިންގޭވަރުގެ ހެކިތައް ބައެއް އެމްޑީއިން އަތުގައި ހުރިކަމަށްވެސް މާލެ ތެރޭގައި ވާހަކަ ދެކެވެއެވެ. ނަމަވެސް މިފަދަ ތަހުޤީގެއް ހިނގާނަމަ އެސްއޯއީތަކުގެ ވެރިންވެސް މިކަމުން ސަލާމަތް ނުވާނެތީ މިފަދަ މައްސަލައެއް ބެލުމުގެ ފުރުޞަތު ވަރަށް ކުޑައެވެ.

ވައްކަމުގެ ބޮޑެތި ތުހުމަތުތައް ރައީސް މުއިއްޒަށް އަމާޒުވާއިރު، އަދި މަޖިލީސް މެމްބަރުންނަށް ފައިސާ ދިނުންފަދަ މައްސަލަތައް އާންމުންނަށް ޝައްކެއް ނެތް މިންވަރަށް ޔަގީން ވެފައިވާއިރު، އެމަނިކުފާނުވަނީ ކޮރަޕްޝަނުގެ މައްސަލަތަކުގައި ގެންގުޅޭނީ ޒީރޯ ޓޮލަރަންސް ކަމަށް ވިދާޅުވެފައެވެ.