ޚަބަރު

އެޗްޑީސީއާއި ގުޅިގެން ފޭކް ލިޔުންތައް ހަދައިގެން ކޯޓުތެރެއިން ސީލައިފުން ގެއްލުން ލިބުނު މީހުން ކަމަށް ހުކުން ނެރެ، ވިނަރެސް ފްލެޓުތަކުންވެސް ވައްކަން ކޮށްފި

ދިޔަވަރު
އެޗްޑީސީއާއި ގުޅިގެން ފޭކް ލިޔުންތައް ހަދައިގެން ކޯޓުތެރެއިން ސީލައިފުން ގެއްލުން ލިބުނު މީހުން ކަމަށް ހުކުން ނެރެ، ވިނަރެސް ފްލެޓުތަކުންވެސް ވައްކަން ކޮށްފި

އެޗްޑީސީގެ ވިނަރެސް މަޝްރޫއުގެ ފްލެޓްތައް ދޫކުރުމުގައި ބޮޑެތި މައްސަލަތަކެއް ހުރި ކަމަށް ފާހަގަވެއްޖެ އެވެ. އިތުރުބާރު ހުރި ގޮތަކުން "ދިޔަވަރަަށް” އަށް ލިބިފައިވާ މައުލޫމާތުން ދައްކާ ގޮތުގައި ފޭކް ލިޔުންތައް ހަދައިގެން ސީލައިފް ލިސްޓުގައި ނެތް މީހުންނަށް ވިނަރެސް ފްލެޓް ވަނީ ވިއްކާފައެވެ.

ވިނަރެސް މަޝްރޫއުގެ 13 ބުރީގެ 10 ޓަވަރުގައި ހިމެނޭ 1،344 ފްލެޓްގެ ތެރެއިން ކުރީގެ ސަރުކާރުގެ ދައުރު ނިމުނުއިރު ގާތްގަނޑަކަށް 400 ފްލެޓް އޮތީ ދޫނުކުރެވި އެވެ. މި ސަރުކާރުން މި ފްލެޓްތައް ދޫކުރަން ނިންމީ ސީލައިފުން ފްލެޓް އަޅަން ބުނެ ފައިސާ ދައްކައިގެން ގެއްލުންވި މީހުންނަށް ކަމަށް ބުނި ނަމަވެސް، އެޗްޑީސީގެ އިސް މުވައްޒަފުންތަކެއް މެދުވެރިވެގެން ފައިސާ ނަގައިގެން އެހެން ބަޔަކަށް ފްލެޓްތައް ވިއްކާފައިވާ ކަމަށް ވަނީ ހާމަވެފަ އެވެ.

ސީލައިފުން ފްލެޓް ނުލިބި ހުރި ހުރިހާ ފަރާތްތަކަކަށް މިދިޔަ ސަރުކާރުން ހުރީ ފްލެޓް ދީފައެވެ. މި ސަރުކާރުން ސީލައިފުން ފްލެޓް ނުލިބެއޭ ބުނެ ވިނަރެސް ފްލެޓް ދީފައި ވަނީ ޙައްޤު ނޫން ފަރާތްތަކެވެ.

މައުލޫމާތު ލިބޭ ގޮތުގައި ސީލައިފްގެ ލިސްޓުގައި ހިމެނޭ ބައެއް މީހުންނަށް ބޭންކުން ލޯނު ހަމަނުޖެހުމުން، އެ މީހުން ލިސްޓުން އުނިކޮށް އެ ސްލޮޓްތަކަށް އިތުރު މީހުން ވައްދަނީ ފޭކް ލިޔުންތައް ހަދައިގެންނެވެ. މިގޮތަށް ހަދާފައިވާ ބައެއް ލިޔުންތައް ކޯޓަށް ހުށަހަޅައި ހުކުމްތައް ވެސް ނެރެފައިވެ އެވެ.

މި މައްސަލައާ ގުޅިގެން އެޗްޑީސީގެ ކުރީގެ ޗެއާމަން އަހުމަދު ޒުހޫރާއި އިދިކޮޅު އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، އެޗްޑީސީގެ ފަރާތުން އަދިވެސް މި މައްސަލައާ ގުޅޭ އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެ އެވެ. ނޫސްތަކުން މައުލޫމާތު ހޯދުމަށް އެދުމުން، އެ މައުލޫމާތު ދޭން އެޗްޑީސީން އިންކާރުކުރި އެވެ.

ފަޒުލް ވިދާޅުވި ގޮތުގައި ސީލައިފްގެ 376 މީހެއްގެ މައްސަލަ އުޅޭ ކަމަށާއި އޭގެ ތެރެއިން 203 މީހެއްގެ މައްސަލަ އޮތީ ކޯޓުގައެވެ. އޭގެ ތެރެއިން 75-80 މީހުންނަށް އަދިވެސް ހައްލެއް ހޯދައިދެވިފައެއް ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.​​​​​​​​​​​​​​​​

ނަމަވެސް ކޯޓުގައިވާ ބައެއް މައްސަލަތަކަކީ އެޗްޑީސީއާއި ގުޅިގެން ފޭކް ލިޔުންތައް ހަދައިގެން ލާފައިވާ މައްސަލަތައް ކަން މިހާރު މިވަނީ ހާމަވެފައެވެ.

މި މައްސަލަތައް މިކަން އެނގޭ ފަރާތްތަކުން ރައީސް މުއިއްޒުއާއި ހަމައަށް ތަކުރާރުކޮށް ގެންގޮސްފައިވާއިރު، މިއިން އެއްވެސް މައްސަލައަކަށް މުއިއްޒުގެ ފަރާތުން އެއްވެސް އިޖާބެއް ދީފައި ނުވެއެވެ. ރައީސް މުއިއްޒަށް މިގޮތަށް ހޯދާ ހަރާން ފައިސާއިން ބޮޑު ބައެއް ދަނީ ދެމުންނެވެ.