ޚަބަރު

އެޗްޑީސީގެ އޮފީހެއް އިން ސެންޓްރަލް މޯލްގައި ހުޅުޖަހަން އުޅޭ ކަމަށާއި، އެތަން ހިމާޔަތް ކޮށްދިނުމަށް ހަސަން ކުރުސީ ފުލުހުންގެ ކިބައިން އެދިއްޖެ

ދިޔަވަރު
އެޗްޑީސީގެ އޮފީހެއް އިން ސެންޓްރަލް މޯލްގައި ހުޅުޖަހަން އުޅޭ ކަމަށާއި، އެތަން ހިމާޔަތް ކޮށްދިނުމަށް ހަސަން ކުރުސީ ފުލުހުންގެ ކިބައިން އެދިއްޖެ

ހުޅުމާލެ ސެންޓްރަލް މޯލްގެ 2 ވަނަ ފްލޯގައި މިއަދު ނުވަތަ މިރޭގެ ވަގުތެއްގައި ހުޅުޖަހައި އަންދާލުމަށް ބަޔަކު ރާވަމުން ދާ ކަމުގެ މައުލޫމާތު ހަސަން ކުރުސީ ޓުވިޓަރގައި ހާމަ ކޮށްފިއެވެ.

މިތަނަކީ އެޗްޑީސީގެ ރިއަލް އެސްޓޭޓް މެނޭޖްމެންޓް އޮފީސް ހުންނަ ތަނެވެ. ކުރުސީ ވަނީ މިތަން ހިމާޔަތް ކޮށްދިނުމަށް ފުލުހުންނާއި ސިފައިންގެ ކިބައިން އެދިފައެވެ.

ރައީސް މުއިއްޒު ވަނީ އެޗްޑީސީގެ އެމްޑީ ލައްވައި އިންތިހާއަށް ބޮޑެތި ވައްކަމުގެ އަމަލުތައް ހިންގާފައެވެ. އަދި އެކަންކަން ފޮރުވުމަށް މައުލޫމާތާއި ހެކި ދަނީ ރައީސް މުއިއްޒު އަޑީގައި ހުންނަވައިގެން ކުރަމުންނެވެ. ބޭނުމަކީ އެމަނިކުފާނާއި، ފަޒުލް މިކަމުން ސަލާމަތް ކުރުމެވެ.