ޚަބަރު

ނުހައްޤުން ރަޖުނީއަށް ވިނަރެސް ފްލެޓް ދީފައިވަނީ %10 އަގު ހެޔޮކޮށް! ބަދަލުގައި ރަޖުނީގެ ދައުރަކީ؛ މުއިއްޒު އާއި، ފަޒުލްގެ މައްސަލަތައް ވަކިގޮތަކަށް ނިންމުން؟

ދިޔަވަރު
ނުހައްޤުން ރަޖުނީއަށް ވިނަރެސް ފްލެޓް ދީފައިވަނީ %10 އަގު ހެޔޮކޮށް! ބަދަލުގައި ރަޖުނީގެ ދައުރަކީ؛ މުއިއްޒު އާއި، ފަޒުލްގެ މައްސަލަތައް ވަކިގޮތަކަށް ނިންމުން؟

ނުހައްޤުން ރަޖުނީއަށް ވިނަރެސް ފްލެޓް ދީފައިވަނީ %10 އަގު ހެޔޮކޮށް 2،668،127.29ރ އަށް ކަން ސޯޝަލް މީޑިޔާއަށް ހަސަން ކުރުސީ ލީކު ކޮށްފައިވާ އޭނާގެ އެގްރިމެންޓުން ހާމަ ވެއްޖެއެވެ. އަދި މީގެ ބަދަލުގައި ރަޖުނީގެ ދައުރަކީ؛ މުއިއްޒު އާއި، ފަޒުލްގެ މައްސަލަތައް މުއިއްޒު ބޭނުންވާ ގޮތަށް ނިންމުން ކަމަށް ބެލެވެއެވެ.

ލީކް ކޮށްލާފައިވާ ޑޮކިޔުމެންޓުން ޕޭޖެއް.

ގިނަ ބަޔަކު ގަބޫލު ކުރާ ގޮތުގައި އޭސީސީ ތެރޭގައި ވެސް މިފަދަ މަންފާ ނުވަތަ ފައިސާގެ މަންފާ ލިބިފައިވާ ގިނަ ބަޔަކު މިހާރު ތިބޭނެއެވެ.

މިކަމުގެ ސަބަބުން ފުލުހުންނާއި، އަދި އޭސީސީއަށް ރައްޔިތުން ކުރާ އިތުބާރު ގެއްލިފައިވާއިރު، މިހާ ވަރު ކަމެއް ހިނގި އިރު އަދިވެސް، ރަޖުނީ ހުރީ ވަޒީފާގައެވެ. ފުލުހެއްގެ ވަޒީފާގައެވެ. ހަމަ އެކަނި މަސްއުލިއްޔަތުން ދުރުކޮށްލީއެވެ. މި މީހުންނަށް މައްސަލާގެ ތެރެއަށް ވަދެ، އިންސާފަށް ހުރަސް އެޅުމުގެ ބާރު އިންތިހާއަށް ލިބިފައިވެއެވެ.

ޤާނޫނީ ބޮޑު ޒިންމާއެއް ނަގައިގެން ހުރި، ފަރާތްތައް މިފަދައިން ހިންގާ ކުށުގެ އަމަލުތަކުގެ މައްޗަށް ހަރުކަށި ފިޔަވަޅު ރާއްޖެއިން ބޭރުގައި އަދި އިސްލާމީ ތާރީޚުގައި އަޅާފައިވީނަމަވެސް، މުއިއްޒުގެ ސަރުކާރުން ކުށްވެރިން ފަލީހަތް ވުމުންވެސް އެފަރާތްތަކަށް ހާއްސަ ދަރަޖައެއް ރައީސް މުއިއްޒުގެ ބާރުން ލިބި، އެފަރާތްތައް ހައްޔަރު ނުކުރެވެއެވެ.