ޚަބަރު

ޚަލީލު އާއި މެދު މުއިއްޒު ހިތްހަމަ ނުޖެހިގެން، އިގްބާލާއި ވަހީދާއި ދެން ތިބި ކޮއްކޮއިން ލައްވައި ބަވާލައިފި

ދިޔަވަރު
ޚަލީލު އާއި މެދު މުއިއްޒު ހިތްހަމަ ނުޖެހިގެން، އިގްބާލާއި ވަހީދާއި ދެން ތިބި ކޮއްކޮއިން ލައްވައި ބަވާލައިފި

ޚަލީލު އާއި މެދު މުއިއްޒު ހިތްހަމަ ނުޖެހި، އިގްބާލާއި ވަހީދާއި ދެން ތިބި ކޮއްކޮއިން ލައްވައި ބަވާލައިފިއެވެ.

މި މައްސަލައިގައި މުއިއްޒުގެ އާއިލާއިން އިގްބާލާއި ވަހީދާއި އަދި އެހެން ކޮއްކޮއިންގެ ފަރާތުން ޚަލީލާއި އިކުރާމަށް ބޮޑެތި ފިއްތުންތަކެއް ކުރިމަތިވެފައިވާ ކަމަށް ރައީސް އޮފީހުން މައުލޫމާތު ދިން ފަރާތުން ހާމަ ކޮށްފައިވެއެވެ. މުޅިންވެސް ރައީސް އޮފީސް ސައިޓްގައި ހުންނަ ޚަބަރު، ކޮޕީ ޕޭސްޓޭ ކުރަނީ ކަމަށް ބުނެ ވާހަކަތައް ވަރަށް ހޫނުވެފައި ވާކަމަށް މައުލޫމާތު ލިބެއެވެ.

ޚަލީލު އާއި އިޤްބާލާއި، މުއިއްޒުގެ ޗީފްއޮފް ސްޓާފް ވާހަކަ ދައްކާފައި ވާ ގޮތުން، މުއިއްޒު ހުންނެވީ، މީޑިޔާގައި މުއިއްޒު އާއި ދެކޮޅަށް ލިޔެމުންދާ ލިޔުންތަކާއި މެދު އިންތިހާއަށް ހިތްހަމަ ނުޖެހިފައެވެ.

މުއިއްޒަށް އަދި އިޤްބާލަށް އެނގި ނުލައްވާ ކަމަކީ، ސަރުކާރުން އަދި ސަރުކާރުން ހުރިހާ ކުންފުނިތަކުން، ނޫސްތަކަށް ދެމުންދާ ސްޕޮންސާތަކުން ޚަލީލު އާއި އިކުރާމް ކޮމިޝަން ނަގަމުންދާ ކަމެވެ. މި ކޮމިޝަން ނަގަނީ ނޫސްވެރިން އަތުންނެވެ. މިހެންވުމުން، "ޓްރާންސެކްޝަން" ނިމި، އިތުރަށް ސަރުކާރުން ދިން ސްޕޮންސާގެ ބަދަލުގައި ކުރަން ޖެހޭ ކަމެއް އޮތް ކަމަކަށް ގިނަ ނޫސްވެރިން ނުދެކެއެވެ.

ރައީސް މުއިއްޒުގެ ހުރި ވައްކަމާއި، ދޮގު ހެދުމާއި ކޮރަޕްޝަން އެމަނިކުފާނުގެ ވަޒީރުންނާއި، ސިޔާސީ މުއައްޒަފުންގެ ކިބާގައިވެސް އިންތިހާއަށް ހުރުމުން، އަމިއްލައަށް ދިފާޢުވެވޭ ވަރެއްވެސް މުއިއްޒަކަށް ނުވެއެވެ.

މުއިއްޒާއި އެއްކޮޅަށް ލިޔުންތައް ލިޔާ މިހާރު ނޫހުންވެސް، މިފަހަރު ވަނީ މުއިއްޒުގެ އެޗްޑީސީގެ ކޮރަޕްޝަން ތައް ހާމަ ކޮށް މުއިއްޒު އާއި ދެކޮޅަށް ހަބަރު ހަދާފައެވެ.

މީގެ އިތުރުން، ރައީސް މުއިއްޒުގެ ޓީވީ އިކުއިޕްމަންޓް ސިންގަޕޫރުން ގަތުމުގައިވެސް އެ ކުންފުނިން ކޮމިޝަން ނަގާފައިވާ ކަމަށް ބެލެވެއެވެ.

ސްޕޮންސާތަކުގެ އިތުރަށް މީޑިޔާއަށް ޚަރަދު ކުރުމަށް މުއިއްޒު ދެއްވާ ކޮރަޕްޓް ފައިސާތައް ވެސް މީޑިޔާތަކަށް ނުގޮސް، ހޭދަ ކުރަމުންދަނީ ޚަލީލުގެ އަމިއްލަ ކަންކަމަށެވެ.