ޚަބަރު

މުއިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ސިންގަޕޫރުން ފެއްސެވި ސޫޓަށް 28،000 ޑޮލަރު

ދިޔަވަރު
މުއިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ސިންގަޕޫރުން ފެއްސެވި ސޫޓަށް 28،000 ޑޮލަރު

ސިންގަޕޫރަށް ވަޑައިގެން ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް، ސިންގަޕޫރުން ފެއްސެވި ހާއްސަ ސޫޓަށް 28،000 ޑޮލަރު، ނުވަތަ މާކެޓް ރޭޓުން ބަލާއިރު ދިވެހި ރުފިޔާ 500،000 ޚަރަދު ކުރެއްވި ކަމަށް މިނޫހަށް މައުލޫމާތު ލިބިއްޖެއެވެ. މިއީ ސިންގަޕޫރު ޑޮލަރު ކަމެއް ނުވަތަ ޔޫއެސް ޑޮލަރު ކަމެއް ވަނީ ސާފުވާގޮތް ނުވެފައެވެ.

ސިންގަޕޫރަށް މި ކުރެއްވި ދަތުރުފުޅަކީ، މަޖިލިސް ކެމްޕެއިނަށް ފައިސާ ހޯއްދެވުމުގެ ގޮތުންނާއި، ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ތައްޔާރުވުމަށް ކުރެއްވި ދަތުރުފުޅެއް ކަމުގައި މައުލޫމާތު ލިބެއެވެ.

ދައުލަތުގެ ބަޖެޓުަގއި ފައިސާ ނެތްކަމަށް ތަކުރާރުކޮށް ވިދާޅުވުމަށް ފަހު، ހުވާ ކުރުމުގެ ރަސްމިއްޔާތަށް އެންމެ 3000 މީހުންނަށް 23 މިލިއަން ރުފިޔާ ޚަރަދުކޮށް އެރަސްމިއްޔާތަށް ތައްޔާރުވަމުން ދާތީ އާންމުންގެ ފާޑުކިޔުން މުއިއްޒަށް ވަނީ އަމާޒުވެފައެވެ.