ޚަބަރު

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑައިރެކްޓަރގެ މަގާމުން މުއާޒު އިސްތިއުފާދީފި

ދިޔަވަރު
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑައިރެކްޓަރގެ މަގާމުން މުއާޒު އިސްތިއުފާދީފި

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑައިރެކްޓަރގެ މަގާމުން މުއާޒު އިސްތިއުފާދީފިއެވެ.

މުއައްޒު އިސްތިއުފާ ދެއްވިކަމަށް ބުނެ، ޓްވިޓަރގައި އޭނާ ކޮށްފައިވާ ޕޯސްޓުގައި ރައީސް މުއިއްޒަށް އޭނާ ފޮނުވި އިސްތިއުފާގެ ސިޓީ ހިމަނާފައިވެއެވެ.

މި ސިޓީގައި ވަނީ ގިނަ ގޮންޖެހުންތަކަކާއި އެކުވެސް އެދެވޭ ނަތީޖާއެއް ފެނަކައަށް ހާސިލް ކުރެވިފައިވާ ކަމަށެވެ.

މުއާޒުގެ ސިޓީގައި، ކުންފުނީގެ މާލީ ހާލަތު އޮތް ހިސާބުން، ކުންފުނީގެ އާމްދަނީއިން ކުންފުނި ހިންގުމަކީ މުސްތަހީލް ކަމެއް ކަމަށް އޭނާ ހާމަ ކޮށްފައިވެއެވެ.

މީގެ އިތުރުން ކުންފުނީގެ ދަރަނީގެ ގޮތުގައި ކުރިން 4.3 ބިލިއަން އޮތުމާއި، އަދި ކުންފުނި ރައިޓް ސައިޒް ކުރުމަށް ކަމާއި ގުޅުންހުރި އިދާރާތަކުން އެއްބާރުލުން ނުލިބޭ ވާހަކަވެސް އޭނާ ފާހަގަ ކޮށްފައި ވެއެވެ.

އެ ސިޓީގައި ހިންގުމުގެ ޚަރަދު ކުރީ އަހަރަށް ވުރެ، 160 މިލިއަން ރުފިޔާ ކުޑަކޮށްފައި ވާކަމަށްވެސް އޭނާ ފާހަގަ ކުރެއްވިއެވެ. މި ގޮތުން ޕްރޮޖެކްޓްތައް މަދު ކޮށް މަސައްކަތް ކޮށްފައިވެއެވެ.

ހިންގުމުގެ ޚަރަދު އެކަނި ކުޑަކޮށްގެން ފެނަކަ ސަލާމަތް ނުކުރެވޭނެ ކަމަށް އޭނާ ހާމަ ކޮށްފައި ވެއެވެ.