ޚަބަރު

ޕީޕީއެމްގެ 500 މީހަކު މުއިއްޒު ޕާޓީ ޕީއެންސީ އަށް ބަދަލުވެއްޖެ

ދިޔަވަރު
ޕީޕީއެމްގެ 500 މީހަކު މުއިއްޒު ޕާޓީ ޕީއެންސީ އަށް ބަދަލުވެއްޖެ

ޕީޕީއެމްގެ 500 މީހަކު މުއިއްޒު ޕާޓީ ޕީއެންސީ އަށް ރޭގެ ވަގުތެއްގައި ބަދަލުވެއްޖެއެވެ. ޕާޓީއަށް މީހުން ބަދަލުކުރުމުގެ ރަސްމިއްޔާތު ބާއްވާއި ފޯމުތަކާއި ޚަވާލުވެފައި ވަނީ އިންތިހާބީ ރައީސް މުއިއްޒު އޭނާގެ ގެކޮޅުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

ރައީސް ޔާމީން ވަނީ ކަނޑައެޅިގެން ޕިޕީއެމް މީހުން ޕީއެންސީއަށް ސޮއެ ކުރަންޖެހޭ ސަބަބެއް ނޯންނާނެ ކަމަށާއި، އެއީ އެއް ފިކުރެއްގެ ދެ ޕާޓީ ކަމަށް ވިދާޅުވެ އެކަން ނުކުރުމަށް އަންގަވާފައެވެ. ނަމަވެސް މުއިއްޒު ފަހުންވެސް ވަނީ ޕާޓީއަށް މީހުން އިތުރު ކުރުމަށް އޭނާގެ ސަޕޯޓަރުންނަށް ދަންނަވާފައެވެ.

މި ދުވަސް ވަރަކީ އާ ސަރުކާރުގެ މަޤާމުތައް ހަމަޖައްސަމުން ދާ ދުވަސްވަރަކަށް ވެފައި، މުއިއްޒަށް ވަފާތެރި މީހުން މެނުވީ މަގާމުތަކަށް އައްޔަން ނުކުރާނޭ ކަމަށް، މުއިއްޒު އަންގާފައި ވުމާއި އެކު، ޕީޕީއެމްގެ ގިނަ ބަޔަކު ދަނީ މުއިއްޒުގެ ޕާޓީ ޕީއެންސީއަށް ބަދަލުވަމުންނެވެ.

https://twitter.com/lujeinmv/status/1721210781302473119

ޑީއާރުޕީ އިން މީހުން ޕީޕީއެމް އަށް ބަދަލުވި ގޮތަށް، ޕީޕީއެމްގެ މީހުން ޕީއެންސީއަށް ބަދަލުކޮށް ޕީޕީއެމް ބާކީ ކޮށްލަން މުއިއްޒު މަސައްކަތް ކުރައްވާ ކަމުގެ ތުހުމަތު ޕީޕީއެމް އިން ކުރައެވެ.