ދައްކަން ޖެހިއްޖެއްޔާ ދައްކަން ލައްކަ ވާހަކަ އެބަހުރިކަމަށް ވިދާޅުވެ, ފެނަކައިގެ އެމްޑީކަމުން މިއަދު އިސްތިއުފާދެއްވު މުއާޒު މުހައްމަދު ރަޝީދު މުއިއްޒުގެ ސަރުކާރަށް ނުސީދާ އިންޒާރެއް ދެއްވައިފިއެވެ.
ފެނަކައިގެ އެމްޑީގެ މަގާމުން މުއާޒް މިއަދު އިސްތިއުފާ ދެއްވި އިރު ޕްރޮކިއުމަންޓްގެ މައްސަލަތަކާއި އާއިލީ މީހުންނަށް އިސްކަންދިނުމާއި އަދި މާލީ ކަންކަން އޮޅުވާލުމުގެ ކަންކަން މުއާޒްގެ މައްޗަށް ކުރެވިފައިވާ ކަމަށް ބުނާ ޝޯޝަލް މީޑިއާގެ ޕޯސްޓެއްދިޔައީ ދައުރުވަމުން ނެވެ.
އަދި ކޮރަޕްޝަންއާ ދެކޮޅަށް ސަރުކާާރުން ގެންގުޅޭ ޒީރޯ ޓޮލަރެންސްގެ ސިޔާސަތުގެ ދަށުން ކުރިމަތިވި ޕްރެޝަރުތަކާ ގުޅިގެން މުއާޒް އިސްތިއުފާ ދެއްވީ ކަމަށް ވެސް އެ ޕޯސްޓުގައި ބުނެފައިވެ އެވެ. އެހެން ނަމަވެސް އެ ޕޯސްޓަށް ރައްދު ދެއްވައި މުއާޒް ވިދާޅުވީ އެއީ ކަނޑައެޅިގެން ދޮގު ކަމަށެވެ.
"ހަގީގަތް އޮޅުވާލަން ނޫޅޭ! ލައްކަ ވާހަކަ އެބަހުރި ދައްކަން ޖެހިއްޖިއްޔާ ދައްކަން" އޭނާ ވިދާޅުވި އެވެ.
ދައްކަން ޖެހިއްޖިއްޔާ ލައްކަ ވާހަކަ ދައްކަން އެބަހުރިކަމަށް ވިދާޅުވެ, މުއާޒުގެ ނުސީދާ އިންޒާރު މުއިއްޒުއަށް އަމާޒުވެގެން ދިޔައިރު, މުއާޒު ހިމެނިގެން ގޮސްފައިވަނީ ސަރުކާރުގެ އެމްޑިންގެ ތެރެއިން އެޗްޑީސީގެ އެމްޑީ ފަޒުލް ފިޔަވާ ދެން އެންމެ ބޮޑަށް ކޮރަޕްޝަންގެ ތުހުމަތު އަމާޒުވެގެންދިޔަ އެމްޑީގެ ގޮތުގައެވެ. އަދި އޭނާ ކޮރަޕްޝަންގެ އަމަލުތައް ހިންގަމުން ދިޔައީ މުއިއްޒު އަނބިކަބަލުން ސާޖިދާއާއި ގުޅިގެންކަމަށް ތުހުމަތު ކުރެވި އޭގެ ހެކިތައްވެސް ސޯޝަލް މީޑިއާގައި ވަނީ ދައުރު ވެފައެވެ.
ދައުލަތުގެ ކުންފުނިތަކުގެ ގިނަ އެމްޑީން ކޮރަޕްޝަންގެ ހުތުރު އަމަލު ހިންގަމުންދާއިރު, އެ ކޮރަޕްޝަންތަކުގެ ފަހަތުގައި ހުރިކަމަށް ތުހުމަތު ކުރެވެނީ ޚުދު މުއިއްޒުއެވެ.
މުއާޒް އިސްތިއުފާ ދެއްވީ ފެނަކައަށް ލިބޭ އާމްދަނީއަށްވުރެ ކުރަންޖެހޭ ހަރަދު ބޮޑުވުމުން ދެމެހެއްޓެނިވި ގޮތެއްގައި ހިދުމަތްތައް ފޯރުކޮށް ނުދެވޭނެ ހާލަތަކަށް ކުންފުނީގެ އޮޕަރޭޝަން ހާލަތު ވެއްޓިފައިވާތީ އެމްޑީގެ މަގާމުގައި ހުރެ, އިތުރަށް އެކަން ރަނގަޅު ކުރެވޭނެ އަލި މަގެއް ފެންނަން ނެތުމުން ކަމަށް އޭނާ މިއަދު ވަނީ ވިދާޅުވެފަ އެވެ.
މުއާޒް އިސްތިއުފާ ދެއްވުމުން ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މިއަދު ވަނީ މޭޖާ (ރިޓަޔަޑް) މުހައްމަދު ނަޖާހް އައްޔަނުކޮށްފަ އެވެ.