"ޓޫރިޒަމް ފުނޑާލަން" އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ޓެރެރިސްޓް ހަމަލާއެއް ދޭން އުޅޭ ކަމަށް ރޭ ބޭއްވި ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގައި ތުހުމަތު ކުރެއްވި ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ނިހާދު މަގާމުން ސަސްޕެންޑުކޮށްފި އެވެ.
އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ދެ މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރާތީ، އެ ކަމަށް ޓަކައި ސަރުކާރުން ކުރަމުންދާ މަސައްކަތް ހުއްޓުވުމަށް އެމްޑީޕީން ޓެރަރިސްޓް ހަމަލާއެއް ދޭން އުޅޭ ކަމަށް ނިހާދު ރޭ ވިދާޅުވުމާ ގުޅިގެން އޭނާ ހާޒިރުކޮށް އެކަމާއި ގުޅިގެން ސުވާލު ކުރުމަށް ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ.
ނިހާދުގެ މި ދޮގުގެ ސަބަބުން، ރާއްޖޭގެ ޓުއަރިޒަމަށް ބޮޑެތި އަސަރުތަކެއް ކުރާނެ ކަމަށް ބެލެވެއެވެ. އަދި ރާއްޖޭގައި އޮތް ސިޔާސީ މަޝްރަހަކީ ޓެރަރިޒަމް އަމަލެއް ހިންގަފާނެ ފަދަ ހާލަތެއް ކަމަށް ގިނަބަޔަކު ގަބޫލު ކުރަން ފަށާނެއެވެ.