ޚަބަރު

ރާއްޖެ-ޗައިނާ މިނިވަން ވިޔަފާރީގެ އެއްބަސްވުން ހާމަކުރަންޖެހޭ: ޤާނޫނީ ވަކީލް މުޢިއްޒު

ދިޔަވަރު
ރާއްޖެ-ޗައިނާ މިނިވަން ވިޔަފާރީގެ އެއްބަސްވުން ހާމަކުރަންޖެހޭ: ޤާނޫނީ ވަކީލް މުޢިއްޒު

ބާ ކައުންސިލް މެންބަރު އަދި ކުރީގެ ޕްރޮސިކިއުޓަރ ޖެނެރަލް އަޙްމަދު މުޢިއްޒު ވަނީ ޗައިނާއާއެކު ރާއްޖެއިން ސޮއިކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުން (އެފްޓީއޭ) ވީއެންމެ އަވަހަކަށް ހާމަކުރުމަށް ގޮވާލައްވާފައެވެ.

"މި އެއްބަސްވުމުގެ ފައިދާ ރަނގަޅަށް ދެނެގަނެވޭނީ އޭގެ ތަފްސީލް ފެނިގެން. އެއްބަސްވުން ހާމަކުރުން މިހާރު ވަނީ މާ ލަސްވެފައި،" މުޢިއްޒު ވިދާޅުވިއެވެ.

އެއްބަސްވުމުގެ ތާރީޚު:

  • 2014 ޑިސެމްބަރު 18: ރައީސް ޔާމީން ޗައިނާގެ ދަތުރުފުޅެއްގައި އެއްބަސްވުމުގައި ސޮއިކުރެއްވި
  • 2017 ނޮވެމްބަރު 29: ރައްޔިތުންގެ މަޖިލީހުން އެއްބަސްވުން ފާސްކުރި
  • އޭގެފަހުން އައި ރައީސް ސޯލިހުގެ ސަރުކާރުން އެއްބަސްވުން މުރާޖަޢާކުރުމަށް ނިންމައި، މިހާތަނަށް ތަންފީޒުކޮށްފައެއް ނުވޭ

މި ސަރުކާރުން މި ވަނީ އެއްބަސްވުން ތަންފީޒު ކުރުމަށް ނިންމާފައެވެ. މިހާތަނަށް ހާމަވެފައިވާ މައުލޫމާތުތަކުގެ އަލީގައި މި އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ މަސްވެރި ކަމާއި، ގެސްޓްހައުސް އިންޑަސްޓްރީއަށް ޗައިނާ އަށް ސީދާކޮށް ވަދެ މަސައްކަތް ކުރެވޭނެއެވެ. މީގެ ސަބަބުން ދިވެހިންގެ އަތުން މި ސިނާއަތުތައް ގެއްލިގެން ދިޔުމުގެ ބިރު އެބައޮތެވެ.

ރާއްޖެއިން މުއިއްޒުގެ ސަރުކާރުން މި އެއްބަސްވުން ތަންފީޒު ކުރަމަށް ނިންމި އިރު، ދުނިޔޭގެ އެއްވެސް ޤައުމަކުން އެޤައުމުގެ މައިގަނޑު އިޤްތިޞާދީ ސިނާއަތްތަކަށް ގެއްލުންވާހެން އެއްވެސް އެއްބަސްވުމެއްގައި ސޮއެ ކޮށް ނަހަދައެވެ.