ފުޓުބޯޅައާއި ދެކޮޅު ރައީސް، ބަޔަކު ބޭއްވި މުބާރާތެއް ބަލަން އަމިއްލަފުޅަށް އެދިގެން ގޮސް ކުރެޑިޓް ނަގަން ފެށުމުން ފުޓުބޯޅައިގެ ފޭނުންގެ ނުރުހުން މުއިއްޒަށް އަމާޒު ވެއްޖެއެވެ.
ދައުވަތު ނުދިން ނަމަވެސް، ރާއްޖޭގައި ބާއްވާ ބޮޑު މުބާރާތެއް ރައީސްގެ ހައިސިއްޔަތުން "މަތިން ބައިން ޖެހިގެން" ނަމަވެސް ބަލަން ދިޔުން އެންމެ ރަނގަޅެވެ. އެކަމުގައި އެއްވެސް ބައެއްގެ ޝަކުވާއެއް ނެތެވެ.
ނަމަވެސް، ރައީސް އޮފީހުގެ މީޑިޔާ ޓީމް ބޭނުންކޮށްގެން ރައްޔިތުންނަށް ކަންކަން އޮޅުވާލުމަށް މަސައްކަތް ކުރަން ފެށި ހިސާބުން މިކަމުގައި އެ ހެދެނީ ގޯހެވެ. ރައީސް އަކީ ފުޓުބޯޅާއިގެ ފޯރި އަލުން ދިރުވި ފަރާތް ކަމަށް ބުނެ މި މުބާރަތަކީ ސަރުކާރުން ބޭއްވި މުބާރާތެއް ގޮތަށް ދެއްކުމާއި، މުބާރާތް ބަލަން ގޮސް އިން ފޮޓޯ ޖައްސަވައިގެން ބޮޑު ޕީއާރު ކެމްޕެއިނެއް ފެއްޓެވުމަކީ ރައްޔިތުން ބަލައިގަންނަ ކަމެއް ނޫނެވެ. ހާއްސަކޮށް މިއީ ފުޓުބޯޅައިގެ ފޭނުންނަކީ މޮޔައިން ކަމަށް ރައީސް މުއިއްޒު ނިންމެވުން ފަދަ ކަމެކެވެ. ރައްޔިތުން ރައީސް މުއިއްޒު ހައްދަވާ މަކަރުގައި އަމުދަކުން އަލުން އިތުރަށް ޖެހޭކަށެއް ބޭނުމެއް ނުވެއެވެ.
ގޯލްޑް ކަޕަކީ، ވަޅު ޖެހިފައިވާ ފުޓުބޯޅައިގެ ފޯރި އަލުން ގެނައުމަށް، ނިޝްތާރު ކޯޗު އަދި ޝާޒް ކޯޗުގެ އިސްނެގުމުގެ މަތިން ކުރިއަށް ގެންދިޔަ މުބާރާތެއް.
ރައީސް ތިޔަހާ އިސްކަން ދެއްވާ ނަމަ، ނޯމަލައިޒިން ކޮމެޓީގެ ޗެއާމަން އެވަރަށް “އާދޭސް” ކުރާއިރު، ބައްދަލު ކޮށްލަން އެންމެ ރަނގަޅު ނޫންތޯ؟
ފުޓްބޯޅައިގެ ފޭނެއް މުއިއްޒާއި މެދު ނުރުހުންވެ، ޓްވީޓް ކުރައްވާފައިވެއެވެ.
ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަން އަޅުގަނޑު ގާތު ވިދާޅުވި ރައީސް ފުޓްބޯޅައަށް އެހީ ނުދެއްވާ ކަމަށް، އެޕޮއިންޓްމެންޓެއްވެސް ނުލިބުން ކަމަށް، މެސެޖަށް ރިޕްލައި ނުކުރައްވާ ކަމަށް، ފޯންނުނަންގަވާ ކަމަށް.
ކޮންމެ ކަމެއް ރައީސް ކުރައްވާ ކަމަކަށް ނުހަދަބަލަ. ފުޓްބޯޅައަކީ ދިވެހިންގެ ލޭ!
އެހެން ފަރާތަކުން ރައީސް މުއިއްޒަށް ކަން ހިނގާ ގޮތް ހަނދާން ކޮށްދެމުން ޓްވީޓް ކުރައްވާފައިވެއެވެ.
މި ދެ ޓުވީޓުން މުއިއްޒަކީ ފުޓުބޯޅައާއި ދެކޮޅު ރައީސްއެއްކަން ސާފުކޮށް އެނގެއެވެ. އަދި ބަޔަކު ބޭއްވި މުބާރާތަކުން މިހެން ކްރެޑިޓް ނެގުމުން ރައްޔިތުން އަންނާނީ ރުޅިކަން އެބަ އެނގެއެވެ. ނަމަވެސް، ރައީސް އޮފީހުގައި ހުންނެވި، ބޫމާ ޚަލީލު މެންނަކަށް މިކަހަލަ މުއިއްޒުގެ އަގު ވެއްޓޭ ކަމެއް ކޮށްލުން ނޫން ކަމެއް ކުރާކަށް ނޭނގެއެވެ.
މުބާރަތް ބައްލަވާލައްވަން ވަޑައިގެން ފޮޓޯ އޮޕް އެއް ނުބާއްވައި، ކްރެޑިޓް ނުނެންގެވިނަމަ، ރައީސް އަކީ ފުޓުބޯޅަ ބެއްލެވުމަށް ޝައުގު ހުންނެވި ބޭފުޅެއްކަން އެނގޭނެއެވެ. މުއިއްޒަށް ސަޕޯޓް ކޮޅެއް ލިބޭނެއެވެ. އިހްލާސްތެރި ކަމެއް އެކަމުން ރައްޔިތުންނަށް ފެނިގެން ދާނެއެވެ. ނަމަވެސް ބޫމާ ޚަލީލާއި، އިކްރާމް މެންނަށް ނޫސްތަކަށް ދޭ ސްޕޮންސާއިން ކަޓް ނެގުން ނޫން ކަމެއް ރަނގަޅަށް ކުރަން ނޭނގެންޏާ ދެންވާނީ މިހެންނެވެ.