ޚަބަރު

ފަތުރުވެރިކަމަށް ގެއްލުން ދީގެން ސަސްޕެންޑްކުރި ނިހާދު އަންނަ ހަފްތާގައި އަލުން ވަޒީފާއަށް ނެރެނީ!މުއިއްޒު މުވައްޒަފުން ސަސްޕެންޑް ކުރަމުން ދަނީ ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުމަށް!

ދިޔަވަރު
ފަތުރުވެރިކަމަށް ގެއްލުން ދީގެން ސަސްޕެންޑްކުރި ނިހާދު އަންނަ ހަފްތާގައި އަލުން ވަޒީފާއަށް ނެރެނީ!މުއިއްޒު މުވައްޒަފުން ސަސްޕެންޑް ކުރަމުން ދަނީ ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުމަށް!

ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ މެދުގައި ބިރުވެރިކަން އުފެދޭގޮތަށް ވާހަކަ ދައްކައިގެން މިހަފްތާގައި ސަސްޕެންޑްކުރި, ރިޝްވަތުގެ ފައިސާއަށް ޕީއެންސީއާއި ގުޅުނު ކުރީގެ މަޖިލިސް މެމްބަރު, އަދި މި ސަރުކާރުގެ ޓުއަރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުހައްމަދު ނިހާދުގެ ސަސްޕެންޝަން އުވާލަ އަންނަ ހަފްތާގައި އަލުން ވަޒީފާއަށް ނިކުތުމުގެ ހުއްދަ ދިނުމަށް މުއިއްޒު ނިންމަވައިފިއެވެ.

ނިމިގެން މިދާ ހަފްތާގައި ނިހާދު ސަސްޕެންޑް ކުރީ އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ޓޫރިޒަމް ފުނޑާލުމަށްޓަކައި ޓެރެރިސްޓް ހަމަލާއެއް ދޭން އުޅޭކަމަށް, ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޖަގަހަ ޖަލްސާއެއްގައި ވާހަކަ ދެއްކުމުންނެވެ. ނިހާދުގެ އެވާހަކައާއި އެތައް ރިސޯޓެއްގެ ބުކިންތައް ވަނީ ކެންސަލް ވެގެން ގޮސްފައެވެ.

ނިހާދުގެ މި ވާހަކަތަކަކީ މިހަފްތާގެ ނިޔަލަށް ދެ މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރާތީ، އެކަމަށްޓަކައި ސަރުކާރުން ކުރަމުންދާ މަސައްކަތް ހުއްޓުވުމަށް އެމްޑީޕީން ރާވާ ކަމެއްކަމަށް ބުނެ ދެއްކި ވާހަކަތަކެކެވެ. މި ވާހަކަތަކާ ގުޅިގެން އޭނާއާމެދު ފިޔަވަޅު އެޅުމަށް ގިނަ ފަރާތްތަކުން ގޮވާލަމުން ދިޔައެވެ.

ނަން ހާމަކުރަން ނޭދޭ, މި ސަރުކާރުގެ އިސް އޮފިޝަލަކު "ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ދިން ގޮތުގައި, ނިމިގެން މިދާ ހަފްތާގައި, ހަރުގޭގައި ދެއްކި ވާހަކައަކާއި ގުޅިގެން މުއިއްޒު ނިހާދު ސަސްޕެންޑް ކޮށްފައިވަނީ އާންމު ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުމުގެ މަގުސަދުގައެވެ. އަދި މުއިއްޒު ގަބޫލުކުރާ ގޮތުގައި, މިބާވަތުގެ ކަންކަމުގެ މަތިން ވަރަށް އަވަހަށް ދިވެހިން ހަނދާން ނެތި, އޭގެ ފަހުން ސަސްޕެންޝަން އުވާލި ނަމަވެސް އާންމު ރައްޔިތުންނަށް އެކަން މާބޮޑު ކަމަކަށް ވެގެނެއް ނުދާނެއެވެ.

މުއިއްޒު ވަނީ އެޗްޑީސީން އިސްވެރިން ވަގަށް ގޯތި ވިއްކި މައްސަލާގައިވެސް މިއުސޫލުން ބައެއް މުވައްޒަފުން ސަސްޕެންޑް ކުރުމަށްފަހު, ހަފްތާއެއްފަހުން އަލުން ވަޒީފާ ހަމަޖައްސާފައެވެ. ހަމަ އެއާއެކު އިންޑިއާގެ ވެރިންނަށް މައްލަވަކޮށް ޖެއްސުން ކުރި, މި ސަރުކާރުގެ ދެ ޑެޕިއުޓީ މިނިސްޓަރުން ކަމަށްވާ ޝިއުނާއާއި މަލްޝާވެސް ހަމަ މި ބީދައިން ސަސްޕެންޑް ކުރުމަށްފަހު ފަހުން މުއިއްޒުވަނީ އެ ފަރާތްތަވެސް ކުރިން ހުރި މުސާރައަށްވުރެ ބޮޑު މުސާރާގައި ފަހުން ވަޒީފާއަށް ނެރެފައެވެ.

މުއިއްޒު ފާހަގަ ކުރެެނީ ކުރާ ކޮންމެ ކަމެއްގައި ދެފުށް ދެގޮތް, މަކަރާއި ހީލަތުން ކަންކަންކުރާ ރައީސެއްގެ ގޮތުގައެވެ.