ޚަބަރު

3 މިނިސްޓްރީ އަނދައިގެންދިޔަ އަލިފާނުގެ ހާދިސާ: އިންޑިއަން ތަހުގީގު ޓީމުގެ މަސައްކަތް ނިމުމަކަށް

ދިޔަވަރު
3 މިނިސްޓްރީ އަނދައިގެންދިޔަ އަލިފާނުގެ ހާދިސާ: އިންޑިއަން ތަހުގީގު ޓީމުގެ މަސައްކަތް ނިމުމަކަށް

މިދިޔަ 12 ޑިސެމްބަރުގައި ހިނގި، ހައުސިންގ މިނިސްޓްރީ ހިމެނޭ ތިން މިނިސްޓްރީގެ އިމާރާތްތައް އަނދައިގެންދިޔަ އަލިފާނުގެ ހާދިސާ ތަހުގީގުކުރުމަށް އިންޑިއާއިން އައި ތަޖުރިބާކާރުންގެ ޓީމު، މިމަހުގެ 22 ވަނަ ދުވަހު މާލެއިން ފުރައިފިއެވެ.

ފުލުހުންގެ ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، 20 ޑިސެމްބަރުގައި ރާއްޖެ އައި އިންޑިއަން ޓީމުން ވަނީ މި ހާދިސާ ހިނގި ތަން ބަލައި، ފުރިހަމަ ތަހުގީގެއް ހިންގާފައެވެ. އަދި މި ހާދިސާއާ ގުޅުންހުރި ފޮޓޯ، ވީޑިއޯ އަދި ސީސީޓީވީ ފުޓޭޖުގެ އިތުރުން އެހެނިހެން މުހިންމު މަޢުލޫމާތުތައް ވެސް ވަނީ އެ ޓީމާ ހިއްސާކޮށްފައެވެ.

ފުލުހުން މީޑިއާތަކަށް ފޮނުވި މައުލޫމާތުގައި ބުނެފައިވަނީ، އިންޑިއަން ޓީމުން އެއްކުރި ހުރިހާ މައުލޫމާތެއް ދިރާސާކުރުމަށްފަހު، އެ ޓީމުގެ ތަހުގީގީ ހޯދުންތަކުގެ ރިޕޯޓެއް ދިވެހި ފުލުހުންނާ ހިއްސާކުރާނެ ކަމަށެވެ.

އަލިފާނުގެ ހާދިސާގައި ތިން މިނިސްޓްރީގެ އިމާރާތްތައް އަނދައިގެން ދިޔުމާ ގުޅިގެން، އެ މިނިސްޓްރީތަކުގެ މަސައްކަތްތައް މިހާރު ކުރިއަށްދަނީ ދަރުބާރުގޭގައެވެ. އެ ތަނުގައި ބޭނުންވާ ވަސީލަތްތައް ހަމަކުރުމަށްފަހު، 16 ޑިސެމްބަރުގައި ވަނީ ރަސްމީކޮށް ޚިދުމަތްތައް ފަށާފައެވެ.

އިންޑިޔާއިން މިކަން ބެލުމަށް ޓީމެއް ގެނައުމުގެ ކުރިން ސަރުކާރުން ހެކި ނައްތާލި ކަމުގެ ތުޙުމަތު ވަނީ ކޮށްފައެވެ.