ޚަބަރު

ރައީސް މުއިއްޒުގެ ސަބަބުން ރާއްޖެ ގިނަބަޔަކު އަތްމަތި ދަތިވެ، މުދަލު ޒަކާތް ދެއްކުން މަދުވުމުން، ޒަކާތް މަދުވި ސަބަބު ދެނެގަތުމަށް ކަމަށް ބުނެ ދިރާސާއެއް ކުރަން ނިންމައިފި. ދިރާސާ ކުރުމުގެ ނަމުގައި މިވަނީ ޒަކާތު ފައިސާއަށް ހިޔާނާތް!

ދިޔަވަރު
ރައީސް މުއިއްޒުގެ ސަބަބުން ރާއްޖެ ގިނަބަޔަކު އަތްމަތި ދަތިވެ، މުދަލު ޒަކާތް ދެއްކުން މަދުވުމުން، ޒަކާތް މަދުވި ސަބަބު ދެނެގަތުމަށް ކަމަށް ބުނެ ދިރާސާއެއް ކުރަން ނިންމައިފި. ދިރާސާ ކުރުމުގެ ނަމުގައި މިވަނީ ޒަކާތު ފައިސާއަށް ހިޔާނާތް!

ރައީސް މުއިއްޒުގެ ސަބަބުން ރާއްޖެ ގިނަބަޔަކު އަތްމަތި ދަތިވެ، މުދަލު ޒަކާތް ދެއްކުން މަދުވުމުން، ޒަކާތް މަދުވި ސަބަބު ދެނެގަތުމަށް ކަމަށް ބުނެ ދިރާސާއެއް ކުރަން ނިންމައިފިއެވެ. ދިރާސާ ކުރުމުގެ ނަމުގައި މިވަނީ ޒަކާތު ފައިސާއަށް ހިޔާނާތެކެވެ. މުދަލު ޒަކާތް މަދުވެގެން އުޅެނީ މުއިއްޒުގެ ސަރުކާރުގެ ވައްކަމާއި ހިޔާނާތާއި، ރިޝްވަތާއި ބޭރު ދުނިޔެއާއި ދެކޮޅު ސިޔާސަތުގެ ސަބަބުން ރައްޔިތުން ނިކަމެތިވެ، ފަގީރުވެގެންނެވެ.

ޒަކާތު ހައުސްގެ ނަމުގައި ވަކި ތަނެއް ހަދައި، އެތަނަށް މުއައްޒަފުން ނަގައި، ޒަކާތު ފައިސާ ނަހަމަ ގޮތުގައި މި ސަރުކާރުން ދަނީ ބޭނުން ކުރަމުންނެވެ. ޒަކާތު ހައުސްއަށް ނަގާފައިވާ މުއައްޒަފުންނަކީވެސް ސިޔާސީ ގޮތުން އިސްލާމިކް މިނިސްޓަރ ޝަހީމް އަށް ފައިދާވާހެން ނަގާފައިވާ މުއައްޒަފުންނެވެ. ޒަކާތު ފަންޑު މީގެ ކުރިން އިސްލާމިކް މިނިސްޓްރީގެ ދަށުން ހިނގަމުން ދިޔައިރު، އެ ފަންޑުގައި ހުންނަ ފައިސާ އަށް ހިޔާނާތްތެރިވުމަށް ދަތިވާތީ، އެކަން ޒަކާތު ހައުސްގެ ނަމުގައި ވަކި ކޮށް އެތައް ޚަރަދެއް ސަރުކާރުން ދަނީ ކުރަމުންނެވެ.

ރާއްޖޭގެ ޒަކާތު ފަންޑަށް މިއަހަރުގެ މިހާތަނަށް ރެކޯޑު އަދަދަކަަށް ރުފިޔާ ލިބިފައިވެއެވެ. އެގޮތުން އަހަރުގެ މިހާތަނަށް 98 މިލިޔަނަށްވުރެ ގިނަ ރުފިޔާ އެ ފަންޑަށް ޖަމާވެފައިވާއިރު އަހަރަކު އެ ފަންޑު 100 މިލިޔަން ރުފިޔާއަށް އެރުވުމަކީ ސަރުކާރުގެ އަމާޒަކަށް ސަރުކާރުން ހަދާފައިވާކަން އެނގެއެވެ. މުއިއްޒުގެ ސަރުކާރުން އެގޮތަށް އަމާޒު ހިފާ ސަބަބެއް ސާފެއް ނުވެއެވެ. އެއީ ޒަކާތަކީ އެކަމުގެ ޝަރުތު ހަމަވާ ބަޔަކު ދޭން ވާޖިބް އެއްޗަކަށް ވާއިރު، ޝަރުތު ހަމަ ކުރުމަށް އިޤްތިޞާދާއި ރައްޔިތުން އަތްމަތި ތަނަވަސް ކުރުމުގައި އިސްލާމިކް މިނިސްޓްރީ ނުވަތަ ޒަކާތު ހައުސްގެ ދައުރެއް ނޯވެއެވެ. އެކަން ކުރަން އޮންނަ މިނިސްޓްރީއަކީ އެކޮނޮމިކް މިނިސްޓްރީއެވެ.


ޑިރެކްޓަރ ޖެނެރަލް އޮފް ޒަކާތު ފަޟީލަތުއްޝައިޚް ޢިއްޒައްދީން ވިދާޅުވީ މުދަލު ޒަކާތް ދައްކާ ނިސްބަތް މަދުވާ ސަބަބުތައް ދިރާސާއެއްގެ އަލީގައި ދެނެގަނެވިފައި ނެތް ނަމަވެސް މިހާތަނަށް ޒަކާތު ހައުސްއިން ހިންގި އެކި ހަރަކާތްތަކުގެ ތެރެއިން ބައެއް ސަބަބުތައް ދެނެގަނެވިފައިވާ ކަމަށެވެ. އެގޮތުން، މުދަލު ޒަކާތަކީ އިސްލާމް ދީނުގައި ކިހާ މުހިންމުކަމެއްކަމާމެދު އާންމުން ހޭލުންތެރިވެފައި ނެތުމަކީ މައިގަނޑު ސަބަބެއް ކަމަށް ޢިއްޒައްދީން ވިދާޅުވިއެވެ. ނަމަވެސް މިއީ ކޮން ހަރަކާތްތަކެއް ކަމެއް އޭނާ ބުނެފައި ނުވެއެވެ.

މުއިއްޒުގެ ސަރުކާރުގެ އިސްރާފުގެ ސަބަބުންނާއި، އިންތިހާއަށް އިތުރުވެފައިވާ ކޮރަޕްޝަނާއި ވައްކަމުގެ ސަބަބުން ނިކަމެތިކަން އިހްސާސްވެ، އަތްމަތި ދަތިވެ، އެތައް ބަޔަކު ފަގީރުވެ، މާލެ ދޫކޮށް ރާއްޖެތެރެއަށް ބަދަލުވެ ނިކަމެތި ހާލުގައި އުޅޭ ކަމެއް މި މީހުންނަކަށް ނޭނގެއެވެ. "ޒަކާތު ހައުސްގެ" ނަމުގައި ކުންފުންޏެއް ހަދައިގެން ނަހަމަ ގޮތުގައި ޒަކާތު ފައިސާ ބޭނުން ކުރާ ބަޔަކަށް އެނގޭނީ ކޯއްޗެއް ތޯއެވެ.

މުދަލު ޒަކާތް ދެއްކުމަކީ މާތްﷲ އެމީހެއްގެ މުދަލުގައި ބަރަކާތް ލައްވާ ކަމެކެވެ. އަދި މުދާ އިތުރު ކުރައްވާނެ ކަމެކެވެ. އެހެން ކަމުން އެކަމަށް ޝަރުތު ހަމަވާ ކޮންމެ ފަރާތަކުން މުދަލު ޒަކާތް ދިނުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ.

މީގެ ކުރިން ރާއްޖޭގައި ޒަކާތު ފަންޑު މެދުވެރިކޮށް ރައްޔިތުންނަށް ބޭނުންވާ މުހިންމު އެތައް ކަމެއްގައި އެހީތެރިކަން ފޯރުކޮށްދެއެވެ. ޒަކާތު ފަންޑު މެދުވެރިކޮށް ބޭސްފަރުވާއާއި ތައުލީމީ ދާއިރާއިން ގިނަ އެހީތަކެއް ކޮންމެ މަހަކުވެސް އައީ ދެމުންނެވެ. ނަމަވެސް ނަމަވެސް ޒަކާތު ފަންޑު ހެދުމަށްފަހު، މިކަން ކުރިއަށް ދަނީ ސިޔާސީ ގޮތުން މުއިއްޒުގެ ސަރުކާރުގެ އެހެން މުއައްސަސާތަކުންވެސް ކަންކަން ކުރާ ހަމައިން ކަމެއް ނުވަތަ ނޫން ކަމެއް ނޭނގެއެވެ.