ށ. މާއުނގޫދޫ އިން 19 މީހަކު ފެނަކައިން ކަނޑާލައި، 19 އާއިލާ ރައީސް މުއިއްޒު މަގުމަތި ކޮށްލައިފި ކަމަށް އެރަށުން ދިޔަވަރު ނޫހަށް މައުލޫމާތު ދެއްވި ފަރާތަކުން ހާމަ ކުރައްވައިފިއެވެ.
އެރަށު ފެނަކަ ބްރާންޗުން ވައިބާ ގްރޫޕަށް ފޮނުވާފައިވާ މެސެޖްގައި ވަނީ
މި ބްރާންޗުގެ އިން ހައުސް ޕްރޮޖެކްޓަށް ނަގާފައިވާ ހުރިހާ މުއައްޒަފުން 26 ޑިސެމްބަރ 2024 ވަނަ ދުވަހުން ފެށިގެން ދޫކޮށްލުމަށް ވަނީ ނިންމާފައެވެ. އެހެންކަމުން 27 ޑިސެމްބަރުން ފެށިގެން މި ޕްރޮޖެކްޓުގެ މުއައްޒަފުން ޑިއުޓީއަށް ނިކުންނަށް ނުޖެހޭނެ ވާހަކަ ދެންނެވީމެވެ.
ރައްޔިތުންތަކެއް ތަކެއް މަގާމުން ވަކި ކުރި އިރު އެ ފަރާތްތައް ނަގާފައިވަނީ ރަށުގެ އިންޖީނުގެ އިމާރާތް ކުރުމުގެ ޕްރޮޖެކްޓަށެވެ. ނަމަވެސް މި ޕްރޮޖެކްޓް ނިމެން ކައިރި ނުވަނީސް މުއައްޒަފުން ވަކި ކޮށްފައި މިވަނީ އެދާއިރާގެ ޕީއެންސީ މެމްބަރު (ށ. ފުނަދޫ ދާއިރާ)ގެ މެމްބަރުގެ ގާތް ބަޔަކަށް އެ ޕްރޮޖެކްޓް ހަވާލު ކުރުމަށް ފެނަކައިގެ ތެރެއިން ހިންގަމުންދާ ކޮރަޕްޝަނެއްގެ ތެރެއިން ކަމަށް މައުލޫމާތު ލިބިއެވެ. ކޮރަޕްޝަނަށް މަގުފަހި ކުރުމަށްޓަކައި އިންހައުސްކޮށް އަގު ހެޔޮކޮށް ޕްރޮޖެކްޓް ހިންގެން އޮއްވައި ރައްޔިތުންތަކެއް ވަޒީފާއިން ވަކި ކޮށްލީއެވެ.
ފެނަކަ މާ އުނގޫދޫ ބްރާންޗްގެ ވެރިއަކަށް ހުރި ފަރާތުން ދަނީ އެރަށުގައި ތިބި ފެނަކައިގެ މުއައްޒަފުންނަށް ވަޒީފާގެ ބިރު ދައްކަމުންނެވެ. 3 ސްޓާފަކަށް އަނގަބަހުން އިންޒާރުދީ ގޭގައި މަޑުކުރުމަށް ވަނީ އަންގާފައެވެ.
މީގެ ކުރިން 2 ފަހަރެއްގެ މަތިން މިރަށުގެ ފެނަކައިން މުއިއްޒު ވަނީ މީހުން ވަކި ކޮށްފައެވެ. ނަމަވެސް މަޖިލީސް އިންތިހާބަށް 28 މީހުން އެރަށުން ވަޒީފާއަށް ނެގި ކަމަށް ވެއެވެ.
ށ. މާއުގޫދޫ ގައި މިހާރު ރައީސް މުއިއްޒަށް ތާޢީދު ކުރާ މީހުންނަކީ ރަށުގެ އާބާދީގެ ވަރަށް ކުޑަ ޕަސެންޓެކެވެ.