ޚަބަރު

މުއިއްޒުގެ ހުވާކުރުމުގެ ރަސްމިއްޔާތަށް ދިން ދަޢުވަތް ދުނިޔޭގެ އެއްވެސް ލީޑަރެއް ގަބޫލެއް ނުކުރި!

ދިޔަވަރު
މުއިއްޒުގެ ހުވާކުރުމުގެ ރަސްމިއްޔާތަށް ދިން ދަޢުވަތް ދުނިޔޭގެ އެއްވެސް ލީޑަރެއް ގަބޫލެއް ނުކުރި!

ދުނިޔޭގެ އެއްވެސް ޤައުމެއްގެ ހެޑް އޮފް ސްޓޭޓް މުއިއްޒުގެ ހުވާކުރުމުގެ ރަސްމިއްޔާތަށް ދިން ދަޢުވަތް ގަބޫލެއް ނުކުރިކަމުގެ މަޢުލޫމާތު ޕްރެޒިޑެންޓް އިލެކްޓް އޮފީހުން ނަން ނުޖެހުމަށް އެދި މަޢުލޫމަތު ދިން ފަރާތަކުން ހާމަކޮށްފިއެވެ.

އެނގިފައިވާ ގޮތުގައި މިއީ، ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް އެންމެ ގިނަ ގައުމުތަކުގެ ވެރިންނަށް ތަޢުވަތު ދެއްވި ފުރަތަމަ ފަހަރެވެ. ނަމަވެސް މިއަދާއި ހަމައަށް އެއްވެސް ޤައުމެއްގެ ލީޑަރެއް (ރައީސެއް ނުވަތަ ބޮޑުވަޒީރެއް) މި ރަސްމިއްޔާތުގައި ބައިވެރި ވުމުގެ ދަޢުވަތު ޤަބޫލެއް ނުކުރައްވައެވެ.

އެއްވެސް ވެރިއެއް ނައިސްފިނަމަ، އެއީ ލިބޭނޭ ވަރަށް ބޮޑު ލަދެއްކަމަށް ބުނެ، ލަންކާގެ އިސްވެރިން އަރިހުން، ލަންކާގެ ހެޑް އޮފް ސްޓޭޓް މި ރަސްމިއްޔާތަށް ގެނެސްދިނުމަށް މުއިއްޒުގެ ޓީމުން ދަނީ އާދޭސް ދަންނަވަމުން ކަމަށް މައުލޫމާތު ލިބެއެވެ.

ޕީޕީޢެމްގެ ކުރީ ސަރުކާރުން ވަނީ ބޭރުގެ ޤައުމުތަކާއި އޮތް ގުޅުންތައް ކަނޑާލައި، ރާއްޖެ އެކަހެރި ކޮށްފައެވެ. ޕީޕީއެމް އިން ވެރިކަމަށް އައީ އިންޑިޔާއާއި ދެކޮޅަށް ހަގީގަތާއި ޚިލާފު ދޮގު ވާހަކަ ދައްކައިގެން، ގައުމިއްޔަތުގެ ނަމުގައި ނަފްރަތުގެ ކެމްޕެއިނެއް ކޮށްގެން ކަމުން، މުއިއްޒުގެ ސަރުކާރަށް ބޭރުގެ ދުނިޔޭގެ އިތުބާރެއް ނެތެވެ.