ޚަބަރު

އަބްދުއްރަހީމްގެ މީހުން ސަރުކާރުން ބޭރު ކުރުމުގެ މަޝްރޫޢުގެ ދަށުން، ވެމްކޯގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޝަހީދު މަގާމުން ވަކިކޮށްފި

ދިޔަވަރު
އަބްދުއްރަހީމްގެ މީހުން ސަރުކާރުން ބޭރު ކުރުމުގެ މަޝްރޫޢުގެ ދަށުން، ވެމްކޯގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޝަހީދު މަގާމުން ވަކިކޮށްފި

ވޭސްޓް މެނޭޖުމަންޓް ކޯޕަރޭޝަން (ވެމްކޯ) ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ޝަހީދު އިބްރާހިމް އެ މަގާމުން ވަކިކޮށްފި އެވެ. މިކަން ކޮށްފައި ވަނީ އަބްދުއްރަހީމްގެ މީހުން ސަރުކާރުގެ މަގާމުތަކުން ވަކި ކުރުމަށް ރައީސް މުއިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތުގެ ތެރެއިންނެވެ.

މިދިޔަ ހަފްތާގައި ވަނީ ފެނަކައިގެ އެމްޑީ އާއި، އެޗްޑީސީ އެމްޑީވެސް ވަކި ކޮށްފައެވެ. ޝަހީދަކީ 5 އަހަރު މުއިއްޒު ޕީއެންސީ ވެރިކަމަށް ގެނައުމަށް މަގުމަތީ ހަރަކާތުގައު މެދުކެނޑުމެއްނެތި އުޅުނު ފަހުލަވާނެއެކެވެ.

މިކަން އަދި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އަދި ހާމަނުކުރި ކަމުގައިވީ ނަމަވެސް، އިތުބާރު ހުރި މަސްދަރުތަކުން ރާއްޖޭގެ މަޝްހޫރު ނޫހެއް ކަމަށްވާ "އަދަދު" އަށް ބުނި ގޮތުގައި ޝަހީދު ވަކިކުރިކަމުގެ ސިޓީ މިއަދުގެ ވަގުތެއްގައި އޭނާއަށް ވަނީ ރައްދުކޮށްފަ އެވެ.

އޭނާ ވެމްކޯގެ ޑީއެމްޑީކަމުން މި ވަކިކުރީ އެ ކުންފުނީގައި އަހަރެއް ވެސް ނުވަނީހެވެ. ޝަހީދު އެ މަގާމަށް އައްޔަނުކުރީ މި އަހަރުގެ އޭޕްރިލް ފަހުކޮޅެވެ.

ޝަހީދަކީ 17 އަހަރު ވަންދެން އެމްއެންޑީއެފްގައި ހިދުމަތް ކުރައްވާފައިވާ މީހެކެވެ. އޭނާއަކީ ޕީއެންސީގެ ސެނެޓު މެންބަރެއް އަދި އެ ޕާޓީގެ ގެމަނަފުށީ ދާއިރާގެ ރައީސެވެ.