ޚަބަރު

2 މިލިއަން ޓުއަރިސްޓުންގެ ހަފްލާގައި މިނިސްޓަރ ފައިސަލް ބައިވެރިވުމާ ގުޅިގެން ރައީސް މުއިއްޒު ވަޑައިނުގެންނެވި

ދިޔަވަރު
2 މިލިއަން ޓުއަރިސްޓުންގެ ހަފްލާގައި މިނިސްޓަރ ފައިސަލް ބައިވެރިވުމާ ގުޅިގެން ރައީސް މުއިއްޒު ވަޑައިނުގެންނެވި

2 މިލިއަން ޓުއަރިސްޓުންގެ ހަފްލާގައި މިނިސްޓަރ ފައިސަލް ބައިވެރިވުމާ ގުޅިގެން ރައީސް މުއިއްޒު ވަޑައިނުގެންނެވި ކަމަށް ދިޔަވަރު ނޫހަށް މައުލޫމާތު ލިބިއްޖެއެވެ. މިހަފްލާއަށް ވަޑައިގަތުމަށް ނިންމަވާފައި، އެންމެ ފަހުވަގުތު ކެންސަލް ކުރެއްވީ މިނިސްޓަރ ފައިސަލް އާއި އެކު މި ހަފްލާގައި ބައިވެރިވުމަށް މުއިއްޒު ބޭނުންފުޅު ނުވެގެން ކަމަށް މައުލޫމާތު ލިބެއެވެ.

ރައީސް މުއިއްޒު، އަބްދުއްރަހީމް އާއި ވާހަކަ ނުދައްކާތާ 3 މަސްވެފައިވާ ކަމަށާއި، މައްސަލަ ދިމާވީ ރާއްޖެއިން ބޭރަށް އަބްދުއްރަހީމް ކުރެއްވި ދަތުރެއްގައި އިނގިރޭސި ބަހުން ދެއްވި ސްޕީޗަށް ބޮޑު ތަރުހީބެއް ލިބުނު ހިސާބުން ކަމަށް މައުލޫމާތު ލިބެއެވެ.

އެދަތުރުގައި އަބްދުއްރަހީމް ހުންނަވަނިކޮށް، އަބްދުއްރަހީމް ދިރިއުޅުއްވާ ގެކޮޅުގެ ޚަރަދުގެ ތަފްސީލް އާންމު ނުކުރަން މަޖިލީހުގެ މާލިއްޔަތު ކޮމިޓީއިން ނިންމަވާފައި ވަނިކޮށް، މަޖިލީހަށް އަބްދުއްރަހީމްގެ ބާރެއް ނެތްކަން ދައްކާލުމަށް އެދުވަހު 4 ޖަހަނިކޮށް ކުއްލިއަކަށް މަޖިލީހުގެ ކޮމިޓީއެއްގެ ޖަލްސާއެއް މުއިއްޒު އަންގައިގެން ބާއްވައި، އަބްދުއްރަހީމް ދިރިއުޅުއްވާ ގެކޮޅަށް ކުރާ ޚަރަދުގެ ތަފްސީލް އާންމު ކުރުމަށް ނިންމިއެވެ.

ގޯސްވަމުންދިޔަ މައްސަލާގައި ކަންކަން ގޯހުން ގޯހުން ދިޔަ ޕޮއިންޓަކީ މިއީ ކަމުގައިވެއެވެ. މީގެ ފަހުން، މަޖިލީހުގެ ރައީސްގެ ބާރުތައް އެކި ގޮތްގޮތުން ސަރުކާރުތެރެއިން ދުއްވާލުމަށް މުއިއްޒު ދަނީ މަސައްކަތް ކުރަމުންނެވެ.

ޓުއަރިޒަމް މިނިސްޓަރ ފައިސަލްގެ އެކި މައްސަލަތައް ރައީސް މުއިއްޒު ގެންދަވަނީ އެއްކުރައްވަމުން ކަމަށާއި، ފައިސަލް އާއި، ވެމްކޯ އެމްޑީއާއި، އެމްޕީއެލް އިން ޖުހާ މަގާމުން ވަކި ކުރުމަށް މުއިއްޒު ވަނީ ނިންމާފައި ކަމަށް މައުލޫމާތ ލިބެއެވެ.