ޚަބަރު

ޕީއެންސީގެ ވެރިންތަކެއް އަންގައިގެން، އެމްޓީސީސީގައި މަސައްކަތް ކުރަމުންދިޔަ، އޯޓިޒަމަށް ފަރުވާ ހޯދަމުންދާ ދަރިއަކާއި 4 މަހުގެ ކުޑަ ކުއްޖަކު އޮތް މީހަކު ވަޒީފާއިން ވަކި ކޮށް އާއިލާ ބިކަ ކޮށްލައިފި

ދިޔަވަރު
ޕީއެންސީގެ ވެރިންތަކެއް އަންގައިގެން، އެމްޓީސީސީގައި މަސައްކަތް ކުރަމުންދިޔަ، އޯޓިޒަމަށް ފަރުވާ ހޯދަމުންދާ ދަރިއަކާއި 4 މަހުގެ ކުޑަ ކުއްޖަކު އޮތް މީހަކު ވަޒީފާއިން ވަކި ކޮށް އާއިލާ ބިކަ ކޮށްލައިފި

ޕީއެންސީގެ ވެރިންތަކެއް އަންގައިގެން، އެމްޓީސީސީގައި މަސައްކަތް ކުރަމުންދިޔަ، އޯޓިޒަމަށް ފަރުވާ ހޯދަމުންދާ ދަރިއަކާއި 4 މަހުގެ ކުޑަ ކުއްޖަކު އޮތް މީހަކު ވަޒީފާއިން ވަކި ކޮށް އާއިލާ ބިކަ ކޮށްލައިފިއެވެ. މި މީހާއަކީ ށ. މާއުނގޫދޫ އެމްޓީސީސީ ބަނދަރު ސައިޓް ގައި މަސައްކަތް ކުރަމުންދާ ހަމައެކަނި ދިވެހި ފަރާތް ކަމުގައިވާ، އިބްރާހިމް ރަޝާދު އެވެ.

ދިޔަވަރު ނޫހަށް އޭނާ މަގާމުން ވަކި ކުރި ކަމުގެ ލިޔުން ލިބިފައިވާއިރު، ރަޝާދު މަގާމުން ވަކި ކޮށްފައިވަނީ އޭނާ މަސައްކަތް ކުރަމުން އަންނަ އެމްޓީސީސީގެ ސައިޓްގައި މަސައްކަތް މިވަގުތު އައިޑަލް ވެފައި ވާކަމަށް ބުނެއެވެ. ބަނދަރުގެ މަސައްކަތް އައިޑަލްވެފައިވާ ކަމަށް ބުނި ނަމަވެސް އެ ސައިޓްގައި ރާއްޖެއިން ބޭރު 11 މަސައްކަތު މީހުން ކަނޑާނުލައި އެބަ ތިއްބެވެ. މަސައްކަތް އައިޑަލް ވެފައިވަނީ، ރައީސް މުއިއްޒު ރާއްޖެތެރޭގައި ހިނގާ ޕްރޮޖެކްޓްތައް ހުއްޓުވާލުމުގެ ސަބަބުންނެވެ. މިކަމުގައި އިބްރާހިމް ރަޝާދުގެ މައްސަލައެއް ނެތެވެ. ވަޒީފާއިން ވަކި ކުރި ލިޔުން ފޮނުވާފައިވަނީ މިއަދުއެވެ.

އިބްރާހިމް ރަޝާދަކީ ދެކުދިންނާއި، އަންބަކު ހުންނަ ފަރާތަކަށް ވެފައި، އެއްވެސް އިންޒާރެއް، އަދި އެދެވޭ ސަބަބެއް ނެތި އަދި ވަގުތެއް ދިނުމެއްނެތި، ކުއްލިއަކަށް މަގާމުން ވަކިކުރުމަކީ އޭނާ އާއި އޭނާގެ އާއިލާއަށް ރައީސް މުއިއްޒުގެ ސަރުކާރުން ދިން ވަރަށް ބޮޑު އަނިޔާއެކެވެ. އޭނާ މަގާމުން ވަކިކޮށްފައިވަނީ ށ. ފުނަދޫ ދާއިރާގެ ޕީއެންސީ މެމްބަރާއި، ށ. މާއުނގޫދޫގެ ޕީއެންސީ ސްޓިއަރިންގ ކޮމިޓީއިން ބޭނުންވެގެން ކަމަށް ދިޔަވަރު ނޫހަށް މައުލޫމާތު ލިބެއެވެ.

އެއްރަށެއްގެ ރައްޔިތުން މިފަދައިން އެކަކު އަނެކަކުގެ މައްޗަށް އަނިޔާވެރިވުމަށް، އަނިޔާވެރި ވެރިކަމެއްގެ ބާރުތައް ބޭނުން ކުރުމަކީ މުޅި ޤައުމަށް އަނިޔާވެރިކަން ފެތުރުމެވެ.

އޭނާ މަގާމުން ވަކި ކުރި އިރު، 4 ޑިސެމްބަރުގައި 2024 ގައި އޭނާގެ މަސައްކަތް އިވެލުއޭޓްކޮށް، މަސައްކަތް ވަރަށް ފުރިހަމަކަމަށް އެމްޓީސީސީ އިން ކުރި އިވެލުއޭޝަންގައި ބަޔާކޮށް ކޮންޓްރެކްޓް ވަނީ އިތުރު 6 މަސް ދުވަހަށް އިތުރު ކޮށްފައެވެ. އޭނާގެ މަސައްކަތުގެ އިވެލުއޭޝަން ދިޔަވަރު ނޫހަށް ފެންނަން އޮތް އިރު އޭގާއި އޭނާއަކީ އަގުހުރި ސްޓާރފެއް ކަމަށް އިނގިރޭސި ބަހުން ލިޔެފައިވެއެވެ.