ޚަބަރު

ރައީސް މުއިއްޒު އަށް ތާޢީދު ކުރާ މީހުން މަދުވުމުން، ޕީއެންސީއަށް މީހުން ވެއްދުމަށް، އެހެން ޕާޓީތަކުގެ ދަފްތަރުން ވައްކަން ކުރަން ފަށައިފި

ދިޔަވަރު
ރައީސް މުއިއްޒު އަށް ތާޢީދު ކުރާ މީހުން މަދުވުމުން، ޕީއެންސީއަށް މީހުން ވެއްދުމަށް، އެހެން ޕާޓީތަކުގެ ދަފްތަރުން ވައްކަން ކުރަން ފަށައިފި

ރައީސް މުއިއްޒު އަށް ތާޢީދު ކުރާ މީހުން މަދުވުމުން، ޕީއެންސީއަށް މީހުން ވެއްދުމަށް އެހެން ޕާޓީތަކުގެ ދަފްތަރުން ވައްކަން ކުރަން ފަށައިފިއެވެ.

ޕީޕީއެމްގައި ތިބި އެތައް ބަޔަކު، އެމީހުންގެ އެއްވެސް ރުހުމެއް ނެތި، އެނގުމެއް ނެތި ރައީސް މުއިއްޒުގެ ޕީއެންސީއަށް ވަނީ އެމީހުންނަށް ވަގަށް ވައްދާފައެވެ. ގިނަ ބައެއްގެ ޝަކުވާ މިކަމުގައި އޮތަސް އަދި ސަޕޯޓު އޮތްކަމަށް ދެއްކުމަށް ރައްޔިތުންނަށް ވަގަށް ރައީސް ޕީއެންސީއިން ދަނީ މީހުން އެޕާޓީއަށް ވައްދަމުންނެވެ.

މީގެ އިތުރުން އެމްޑީޕީގެ ދަފްތަރުގައި ތިބި އެޕާޓީގެ މެމްބަރުންވެސް ވަގަށް ނަގައި، ޕީއެންސީ މެމްބަރުންގެ ގޮތުގައި ދަނީ ރަޖިސްޓްރީ ކުރަމުންނެވެ. މިކަމާއި ގުޅިގެން އެމްޑީޕީއިން ވަނީ މިއަދު ބަޔާނެއްވެސް ނެރެފައެވެ. މި ވައްކަމުގެ މަސައްކަތް ކޮށްފައިވަނީ އެތައް ބައެއްގެ އިނގިލީގެ ނިޝާން ޖަހައި، ފޯރޖްކޮށް ޑޮކިޔުމެންޓް ހަދައިގެންނެވެ. އެހެންކަމުން ބައެއް ފަރާތްތަކުން ވަނީ އެމީހުންގެ އިނގިލީގެ ނިޝާނާއި ސޮއި ފޯޖްކޮށްގެން ފޯމު ފުރައި މައްސަލަ ފުލުހުންނަށް ހުށައަޅާފައެވެ.

މީގެ ކުރިން އައިޑީކާޑު ޔުނިޓުގައި މި މަސައްކަތް ކުރިކަމުގެ ޚަބަރު ސޯޝަލް މީޑިޔާގައި އެކަމާއި ގުޅޭ ފޮޓޯތަކާއި އެކު ފެތުރިފައިވީނަމަވެސް، އޭގެ މައްޗަށް ބިނާކޮށް އޭސީސީއާއި ފުލުހުން އެކަމާއި ގުޅިގެން އެއްވެސް ތަހުގީގެއް ހިންގާފައި ނުވެއެވެ.

އޭސީސީއަކީ މިހާރު ރައީސް މުއިއްޒުގެ ބާރުގެ ދަށުގައި އޮތް، މިނިވަން މުއައްސަސާއެއްގެ ޝަހުސު ގެއްލިފައިވާ ތަނެކެވެ.

ކޮންމެ ދިމާލަކުން ބެލިނަމަވެސް، ރައީސް މުއިއްޒުގެ ސަރުކާރުން ދަނީ ރައްޔިތުންގެ ޙައްޤުތަކަށް އަރައިގަންނަމުންނެވެ. އަދި އިންސާފު ހޯދަން ދާނެ ތަނެއް ނެތި ރައްޔިތުން ދަނީ ގޮތްހުސްވަމުންނެވެ.