ޚަބަރު

#ރިޕޯޓު: ރޫމް މޭޓުންނާއި ކުލާސްމޭޓުން ލައިގެން ވެރިކަން ނުކުރެވޭނެކަން މުއިއްޒުއަށް މިހާރު ވާނީ ވަޒަން ކުރެވިފަ, އަހަރެއް ވީއިރު މި ދަރަޖައަށް ފެއިލްވި ސަރުކާރެއް ދިވެހި ތާރީޚު ދެކެފައެއް ނެތް!

ދިޔަވަރު
#ރިޕޯޓު: ރޫމް މޭޓުންނާއި ކުލާސްމޭޓުން ލައިގެން ވެރިކަން ނުކުރެވޭނެކަން މުއިއްޒުއަށް މިހާރު ވާނީ ވަޒަން ކުރެވިފަ, އަހަރެއް ވީއިރު މި ދަރަޖައަށް ފެއިލްވި ސަރުކާރެއް ދިވެހި ތާރީޚު ދެކެފައެއް ނެތް!

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ސިޔާސީ އެތައް ބައެއްގެ މަސައްކަތުންނެވެ. ހަމައެއާއެކު އެއަށްވުރެވެސް ބޮޑަށް ފާހަގަ ކޮށްލާންޖެހޭ ކަމަކީ, މުއިއްޒުއަށް ވެރިކަން ހޯދުނީ ރައީސް ޔާމިންގެ ނަން ވިއްކައިގެން ކަމެވެ. ރައީސް ޔާމިން މިނިވަން ކުރާނެކަމުގެ ފޮނި ވައުދުތަކާއެކީ, ރައީސް ޔާމިންގެ ނަންޖެހި ހުސްގޮނޑި ދިވެހި ރައްޔިތުންނަށް ދައްކައިގެންނެވެ.

އެއްވެސް ޝައްކެއް ނެތް ގޮތުގައި މުއިއްޒުއަށް ވެރިކަމަށް ވަޑައިގެންނެވުނީ އޭނާއަށް އޮތް ދާއީދެއްގެ ބޮޑު ކަމުންނެއް ނޫނެވެ. މުއިއްޒުއަކީ އާންމު ރައްޔިތުންގެ ތާއީދު ހޯއްދެވޭނެވަރުގެ ގާބިލްކަމެއް, ނުވަތަ އެވަރުގެ ކުޅެދުންތެރިކަމެއް އަމިލަން ނުފްސުން ތާބިތު ކޮށްދެވިފައި ހުންނެވި ބޭފުޅެއްވެސް ނުމެ ނޫންމެއެވެ.

މުއިއްޒުއަކީ މޮޅު ވާހަކަ ދެއްކުންތެރިއެއް ނޫނެނެވެ. މޮޅު ސިޔާސީ އެކްޓިވިސްޓެއްގެ ގޮތުގައި މަޝްހޫރުވެގެން ދިޔަ މީހެއްވެސް ނުމެނޫން ނޫންމެއެވެ. ރައީސް ޔާމިންގެ ވެރިކަމުގައި ވަޒީރުކަމުގައި ހުންނެވިއިރު އެވެރިކަން ނެގެހެއްޓުމުގައި އިސްދައުރެއް އަދާކުރި މީހެއްވެސް ނޫންކަން މިއީ ސާފުކޮށް ފެންނާން އޮތް ހަގީގަތެކެވެ.

ކުރުގޮތަކަށް ދަންނަވަނީނަމަ, މުއިއްޒުއަކީ "ކެރިސްމެޓިކް" މީހެއް ނޫނެވެ. ދިވެހިބަހުން ދަންނަވަނީނަމަ, ސަޕޯޓަރުންގެ ލޭ ކައްކުވާލާފަދަ ގާބިލްކަމެއް އަމިއްލަ ނަފްސަކު ނެތެވެ.

އެހެންކަމުން ވެރިކަމަށް ވަޑައިގެންނެވުމަށް ބޭނުން ކުރެއްވުނު ހަމައެކަނި ހަތިޔާރަކަށްވީ ޕީޕީއެމްއެވެ. އެޕާޓީގެ އެތެރޭގައި ރައީސް ޔާމިންއަށް އޮތް ތާއީދެވެ.

އެހެންނަމަވެސް ވެރިކަމަށް ވަޑަިއގެންނެވުމާއެކު ރައީސް ޔާމިން މިނިވަން ކުރައްވާނެކަމަށް ވިދާޅުވެ ވީ ވައުދުތަކަށް މުއިއްޒު ޚިޔާނާތްތެރި ވެވަޑައިގަތީއެވެ. ރައްޔިތުންގެ ކުރިމަތީގައި "ކަރު އެލުވާލާގެން, ކަރުނަ އޮހޮރަމުން" ވީހާ ވައުދުތައް ހަނދާން ނައްތަވާލެއްވީ ވެރިކަމުގެ ދަހިވެތި ކަމުގައެވެ.

ހަމަ އެއާއެކު މުއިއްޒުއަށް ވެރިކަމަށް ވަޑައިގެންނެވުމާއެކު, ވޯޓު ދިން ފަރާތްތަކާ ބައްދަލުކުރުމަށް ސޯޝަލް ސެންޓަރުގައި އެންމެ ފުރަތަމަ ބޭއްވި ޖަލްސާގަވެސް ވާހަކަ ދައްކަވަމުން, ދައްކަވަން ފެއްޓެވި ވާހަކައަކީ މަގާމްތަކަށް ގެންނާނީ ތިމަންނާއަށް އިތުބާރު ކުރެވޭ މީހުން އެކަނި ކަމުގައެވެ. ތިމަންނާގެ ބަސް ގަބޫލުކުރާ, ތިމަންނާއަށް އަމުރު މައުރޫފް ހިންގޭވަރުގެ މީހުން އެކަނި ކަމުގައެވެ.

އެއަށްފަހު, އިންތިގާލީ މަރުހަލާގައި ބޭއްވި އެކި ބައްދަލުވުންތަކުން ދެން ފެންނާން ފެށީ މުއިއްޒުގެ ރޫމް މޭޓުންނާއި, ހައުސް މޭޓުންނާއި, ކުލާސް މޭޓުން ކުރީ ގޮނޑި ބަރީގެ ޖާގަތައް ފުރުއްވަން ފެއްޓެވި މަންޒަރުތަކެވެ. މި ބޭބޭފުޅުންކަނީ އެއްވެސް ޒަމާނެއްގައި ސިޔާސީ މަސައްތެއްގައި އުޅުއްވިތަނެއް ދިވެހި ރައްޔިތުން ދެކެފައިވާ ބައެއް ނޫނެވެ. އަދި އަމުދުން ސިޔާސީ މަސްރަހުގައި ކަންކަން ދައުރުވާ ގޮތެއް, ކަން ހިނގާފާނެ ގޮތެއް ވަޒަންކުރުމުގެ ގާބިލްކަމެއްވެސް, އެއިކަމެއް މިއިން ބޭފުޅަކަށް ވަޒަންކޮށްލައްވަން ވެސް ނޭގޭނެކަމީ ކަށަވަރުވެ ޔަގީންވާން އޮތް ކަމެކެވެ.

އެހެންނަމަވެސް މުއިއްޒު އާ ކެބިނެޓެއް އެކުލަވާލެއްވިއިރު, ކެބިނެޓްގެ އެންމެ މުހިންމު މަގާމްތަކަށްވެސް ވަޑައިގެންނެވީ, ހައުސް މޭޓުންނާއި, ރޫމް މޭޓުންނާއި, ކުލާސް މޭޓުންނެވެ. އެހެން އެއްވެސް މީހަކަށް އިތުބާރު ނުކުރެއްވެނީއެވެ. ޝައްކު ކުރެވެނީއެވެ. ތިމާގެ އަމުރު މައުރޫފް އެހެން އެއްވެސް ފަރާތެއްގެ މައްޗަށް ހިންގޭނެ ކަމުގެ ޔަގީންކަން އަމިއްލަ ނަފްސަށް ނޯންނަނީއެވެ.

އާދޭހެވެ! ހަގީގަތުގައިވެސް މުއިއްޒުއަކީ ނަފްސާނީ ބަލިމަޑުކަމެއް ހުރި މީހެއްކަމުގައި މިއަދު މިވަނީ ގަބޫލުކުރަން މަޖުބޫރު ވެފައެވެ. ސަބަބަކީ މުއިއްޒު ނޫން އެހެން އެތައް ވެރީންނެއް މިރާއްޖޭގައި ވެރިކަން ކުރައްވައިފިއެވެ. ރައީސް ނަޝީދުއެވެ. ރައީސް ވަހީދުއާއި ރައީސް ޔާމިންއެވެ. އަދި ރައީސް ސާލިހުވެސް ވެރިކަން ކުރެއްވީ, ރޫމް މޭޓުންނާއި ހައުސް މޭޓުންނާއި ކުލާސް މޭޓުންނަށް ނުވިއެއްކަމަކު, ސިޔާސީ އެތައް ބަޔަކަށް އިތުބާރު ކުރައްވައިގެންނެވެ. ސިޔާސީ އެތައް ބަޔަކު ގާތްކޮށް, އެބޭފުޅުންގެ ސިޔާސީ ތަޖުރިބާގެ ބޭނުން ހިތްޕަވައިގެންނެވެ.

އޭގެ އިތުރަށް ދުނިޔެވީ ހަމައަކީވެސް އަނެއްކުންނަށް އިތުބާރު ކުރުމެވެ. ނުވެސް ދަންނަ ދެމީހަކު ދިމާވެ, އެކަމު އަނެކަކަށް އިތުބާރުކޮށް, ކައިވެންޏަކާއި ހަމައަށް ގޮސް އިތުބާރުކޮށް މުޅި ހަޔާތް ހޭދަކުރަނީ އޭގެ ކުރިން ރޫމް މޭޓުންނާއި, ހައުސް މޭޓުންނާއި ކުލާސް މޭޓުންނަށް ވެގެނެއް ނޫނެވެ. ދުނިޔެވީ ގޮތުން އިތުބާރު ކޮށްގެންނެނެވެ.

އެހެންނަމަވެސް, މުއިއްޒުގެ ކިބައިގައިހުރި ނަފްސާނީ ބަލިމަޑުކަމުގެ ނަތީއެއްގެ ގޮތުން މުޅި ސަރުކާރުގައި ސިޔާސަތު ރާވާ ފަންތީގައި ތިބީ މުއިއްޒުގެ ކުލާސް މޭޓުންނާއި, ރޫމް މޭޓުންނާއި, ހައުސް މޭޓުންނެވެ. ވަޒީރުން ފެންވަރުން ފެށިގެން އެމްބަސީތަކުގެ ސަފީރުންނާއި އެ ގިންތީގެ އެނޫން މަގާމްތަކުގައިވެސް ތިއްބެވީ މި ބޭބޭފުޅުންނެވެ. ސިޔާސީ ގޮތުން ތަނެއް ދޮރެއް ދޮރާއްޓެއް ނުދަންނަ މީހުންނެވެ. މީގެ ހިތި ނަތީޖާ މުއިއްޒުގެ ވެރިކަމަށް އަހަރެއް ފާއިތުވެގެން ދާއިރު ގައުމު މިދަނީ ދެކެމުންނެވެ.

ސިޔާސީ ވަޒީފާތަކުގައި ތިބި ފަރާތްތަކުގެ ވަޒީފާތައް, މުއިއްޒުގެ ރޫމް މޭޓޫންނާއި, ހައުސް މޭޓުންނާއި އަދި ކުލާސް މޭޓުންގެ ގޮތުގައި އިސް މަގާމްތަކުގައި ތިއްބެވި ފަރާތްތަކުގެ ޝަކުވާއަށް, މަދު ވަގުތުކޮޅެއްގެ ތެރޭގައި ގެއްލިގެން ދަނީއެވެ.

ކޮރަޕްޝަން އޭގެ އިންތިހާއަށް ދިޔައީއެވެ. ރައްޔިތުންގެ ގޯތި ގެދޮރުންވެސް ވައްކަން ކުރަން ފެށީއެވެ. މުޅި ރާއްޖޭގައި ހިންގުނު ޕްރޮޖެކްޓެއް ނެތެވެ. މަތި ފަޑީގައި މުސާރަ ނަންގަވައިެގން, މުއިއްޒުގެ ކުލާސް މޭޓަކަށް, ހައުސް މޭޓަކަށް ނުވަތަ ރޫމް މޭޓަކަށް ވީތީ ފިނި ކޮޓަރީގައި ތިއްބެވީއެވެ.

މިއީ މިއަދުގެ ގައުމުގެ ހާލަތެވެ. ރައްޔިތުންގެ ވޯޓުން ވެރިކަމަށް ވަޑައިގެންނެވެނު ބޭފުޅާއަކީ ނަފްސާނީ ބަލިމަޑުކަމުގެ ޝިކާރައަކަށް ވެފައި ހުރި މީހަކަށް ވުމުގެ ހިތި ނަތީޖާއެވެ.