ޚަބަރު

މަލީހުގެ އަންހެނުންގެ ސޮޔާއި އިނގިލީގެ ނިޝާން ފޯޖް ކޮށްގެން ޕީއެންސީ އަށް ވައްދައިފި، މި ގޮތަށް އެތައް ހާސް ބަޔަކު ޕީއެންސީ އަށް ވައްދާފައިވޭ!

ދިޔަވަރު
މަލީހުގެ އަންހެނުންގެ ސޮޔާއި އިނގިލީގެ ނިޝާން ފޯޖް ކޮށްގެން ޕީއެންސީ އަށް ވައްދައިފި، މި ގޮތަށް އެތައް ހާސް ބަޔަކު ޕީއެންސީ އަށް ވައްދާފައިވޭ!

މަލީހުގެ އަންހެނުންގެ ސޮޔާއި އިނގިލީގެ ނިޝާން ނަކަލު ކޮށްގެން ޕީއެންސީ އަށް ވައްދައިފިއެވެ.

މަލީހު މިވާހަކަ ހާމަ ކޮށްފައިވަނީ Xގެ ޕޯސްޓެއްގައެވެ. އެ ޕޯސްޓް ގައި ވަނީ:

އަޅުގަނޑުގެ އަންހެނުންވެސް މިއޮތީ ގަރުދިޔަ ޕާޓީއަށް ވައްދާފަ. އިނގިލީގެ ނިޝާނާއި ސޮއެ ފޯޖްކުރުމަކީ ޤާނޫނީ ކުށެއް. މުއިއްޒު މިކުރާ ވައްކަންތައް ބަލާނެ ފަރާތެއް ނެތީ ތޯ؟ އެހެންތާވާނީ ހޯމް މިނިސްޓަރ އިހުސާނުގެ ބެލުމުގެ ދަށުން މިކަންދާކަން ހެކިކޮށްދޭ ފޮޓޯ ދައުރު އެބަވޭ.

މުއިއްޒުގެ ޕާޓީއަށް ވަންނާނެ ބަޔަކު ނުވެގެން ވަނީ އެތައް ހާސް ބަޔަކު އެ ޕާޓީއަށް އެކި ފަރާތްތަކުގެ ސޮޔާއި އިނގިލީގެ ނިޝާން ފޯޖް ކޮށް ފޯމް އުފައްދައި ވައްދާފައެވެ. މިކަން ކޮށްފައިވަނީ ޑީއެންއާރު ޑޭޓާރ ބޭސް ގައި ހުރި މައުލޫމާތު ވަގަށް ބޭނުން ކޮށްގެންނެވެ.

މިއީ ފުޅާ ދާއިރާއެއްގައި ފުލުހުން ބަލަން ޖެހޭ އެތައް ހާސް ބަޔެއްގެ މަސްލަހަތު ހިމެނިފައިވާ މައްސަލައެއް ކަމަށް ވިޔަސް މިކަން ބެލުމަށް ފުލުހުންގެ އިދާރާ ވަނީ ނުކުޅެދިފައެވެ.

ރައީސް މުއިއްޒު އާންމުކޮށް ހުރިހާކަމެއް ވެސް ކުރަނީ ރައްޔިތުންނަށް އޮޅުވާލައިގެން ދޮގު ހައްދަވައިގެންނެވެ.