ޚަބަރު

ޗައިނާ-ރާއްޖެ މިނިވަން ވިޔަފާރީގެ އެއްބަސްވުން މަޖިލީހުން ފާސްކުރުވީ އެންމެ 15 މިނިޓު ތެރޭ! ރާއްޖޭގެ ރައްޔިތުންގެ މަޖިލީހަށާއި، މިނިވަން މުއައްސަސާތަކަށް ޗައިނާއިން އެއްވެސް އިޚްތިރާމެއް ނުކުރޭ!

ދިޔަވަރު
ޗައިނާ-ރާއްޖެ މިނިވަން ވިޔަފާރީގެ އެއްބަސްވުން މަޖިލީހުން ފާސްކުރުވީ އެންމެ 15 މިނިޓު ތެރޭ! ރާއްޖޭގެ ރައްޔިތުންގެ މަޖިލީހަށާއި، މިނިވަން މުއައްސަސާތަކަށް ޗައިނާއިން އެއްވެސް އިޚްތިރާމެއް ނުކުރޭ!

ރައީސް ޔާމީންގެ ވެރިކަމުގައި އެނދިކޮޅު ފަރާތްތައް މަޖިލީހަށް ނުވައްދައި، ސަރުކާރު ބަންދު ދުވަހެއްގައި މަޖިލިސް ހުޅުވައިގެން ޗައިނާ-ރާއްޖޭގެ މިނިވަން ވިޔަފާރީގެ އެއްބަސްވުން މަޖިލީހުން ފާސްކުރަން ނެގީ އެންމެ 15 މިނިޓެވެ.

އެ ބިލާއި ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް މަޖިލީހުގެ ތަޅުމުގައި ހޭދަވީ އެންމެ 5 މިނުޓެވެ. މަޖިލީހުގެ ކޮމިޓީގައި 10 މިނިޓެވެ. ޖުމްލަ 15 މިނިޓެވެ.

މިފަދައިން ރަބަރު ސްޓޭމްޕް ޖަހާފައިވާ އެއްބަސްވުމެއް ފޮރުވައިގެން ތިބެ އެއިން ރާއްޖެއަށް ވަރަށް ފައިދާ ވާނެ ކަމަށް ބުނެ ވީޑިޔޯ ކްލިޕް ހަދައިގެން ދެއްކުމުން އެކަން ގަބޫލު ކުރާނީ ކާކުތޯއެވެ؟ އަދި ރާއްޖެއަށް އެހާ ފައިދާހުރި އެއްބަސްވުމެއްގައި މަޖިލީހުގައި ބަހުސް ކުރުމަށް ފުރުޞަތު ނުދީ، އަދި މަޖިލީހަށް އެހެން ޕާޓީތަކުގެ މެމްބަރުން އެމްއެންޑީއެފް މެދުވެރިކޮށް ނުވައްދައި ފާސްކުރަންވީ ކީއްވެ ތޯއެވެ؟

މި އެއްބަސްވުމާއިގެން ކުރިއަށް ދިޔުމަށް މަޖިލީހުން ފާސްކުރި ގޮތުން ޗައިނާއިން ރާއްޖޭގެ މިނިވަން ކަމާއި، ރައްޔިތުންގެ މަޖިލީހުގެ މުސްތަގިއްލު ކަމަށް އެއްވެސް ވަރެއްގެ އިޚްތިރާމެއް ނެތްކަން ހާމަ ވެގެން ދިޔައެވެ.