ޚަބަރު

ޗައިނާ އާއި އެކު ހެދި މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން، ރާއްޖެއިން ޗައިނާއަށް ޑިޔުޓީ ފްރީކޮށް ކަނޑު މަސް ފޮނުވޭނެ ކަމަށް ބުނެ ސަރުކާރުން ދޮގު ހަދައިފި

ދިޔަވަރު
ޗައިނާ އާއި އެކު ހެދި މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން، ރާއްޖެއިން ޗައިނާއަށް ޑިޔުޓީ ފްރީކޮށް ކަނޑު މަސް ފޮނުވޭނެ ކަމަށް ބުނެ ސަރުކާރުން ދޮގު ހަދައިފި

ޗައިނާ އާއި އެކު ހެދި މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން، ޗައިނާއަށް ޑިޔުޓީ ފްރީކޮށް ކަނޑު މަސް ފޮނުވޭނެ ކަމަށް ބުނެ ސަރުކާރުން ދޮގު ހަދައިފިއެވެ.

ދިޔަވަރު ނޫހަށް ލިބިފައިވާ 648 ސަފުހާގެ ރާއްޖެއާއި-ޗައިނާއާއި ދެމެދު ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ވާ ގޮތުން، ކަނޑު މަހުގެ ބާވަތްތަކުން ޑިޔުޓީ ނެގުމަށް ދީފައިވާ ބޭސް ރޭޓްތަކަކީ:

  • ގަނޑު ކުރި ނުވަތަ ފިނި ކުރި ކަންނެލި އަދި ކަނޑު މަހަށް %10 ޑިޔުޓީއެއް
  • ކައްކައި ތައްޔާރުކޮށްގައިވާ ކަނޑު މަހުގެ ބާވަތްތަކުން %5 ޑިޔުޓީ
  • ދިރި ހުރި އެޓްލާންޓިކް / ޕެސިފިކް އަދި ސަދަރން ނޫއުރަހަ ކަންނެލިން %10.5 ޑިޔުޓީ
  • ތާޒާ ނުވަތަ ފިނިކޮށްފައި ހުންނަ ރީދޫ އުރަހަ ކަންނެލި %12 ޑިޔުޓީ

ނަމަވެސް ސަރުކާރުން ވަނީ ކަނޑުމަސް ޑިޔުޓީ ފްރީކޮށް އެކްސްޕޯޓް ކުރެވޭނެ ކަމަށް ބުނެ ދޮގު ހަދައި އެކަން އިއުލާން ކޮށްފައެވެ. މިގޮތުން ވީޑިޔޯ ކްލިޕް ހަދައި މިފަދަ ދޮގު މައުލޫމާތުތައް ފެތުރުމަށް މަސައްކަތް ކޮށްފައިވަނީ ރައީސް މުއިއްޒުގެ ސަރުކާރުން ރައްޔިތުންނަށް، ރައްޔިތުންނާއި ޤައުމަށް އިންތިހާއަށް ގެއްލުންވާހެން ނިންމާ ކަންތައްތަކުން ރައްޔިތުންނަށް ފައިދާ ވާނެ ކަން ދެއްކުމަށެވެ.

https://twitter.com/moedmv/status/1873354653808939037?

ރާއްޖެއަށް މިހާ ގެއްލުން ހުރި އެއްބަސްވުމެއް އެކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު އިއްޔެ އިފްތިތާހު ކޮށްފައިވަނީ އަމިއްލަ މާލީ މަންފާތަކަކަށް ކަމަށް ގިނަ ބަޔަކު ދަނީ ތުހުމަތު ކުރަމުންނެވެ.