ޚަބަރު

މިއީ ކިހާ ބޮޑު ގެއްލުމެއް؟ ރާއްޖެއިން އެކްސްޕޯޓް ކުރާ އެއްވެސް އެއްޗަކަށް ޗައިނާއިން ޑިޔުޓީ ފްރީ ނުކުރި! ޑިޔުޓީ ފްރީ ކުރި 699 ބާވަތުގެ ތެރޭގައި ރާއްޖެއިން އެކްސްޕޯޓް ކުރާ އެއްވެސް ބާވަތެއް ނުހިމެނޭ!

ދިޔަވަރު
މިއީ ކިހާ ބޮޑު ގެއްލުމެއް؟ ރާއްޖެއިން އެކްސްޕޯޓް ކުރާ އެއްވެސް އެއްޗަކަށް ޗައިނާއިން ޑިޔުޓީ ފްރީ ނުކުރި! ޑިޔުޓީ ފްރީ ކުރި 699 ބާވަތުގެ ތެރޭގައި ރާއްޖެއިން އެކްސްޕޯޓް ކުރާ އެއްވެސް ބާވަތެއް ނުހިމެނޭ!

މިއީ ކިހާ ބޮޑު ގެއްލުމެއްތޯއެވެ؟ ޗައިނާ-ރާއްޖެ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން، ރާއްޖެއިން އެކްސްޕޯޓް ކުރާ އެއްވެސް އެއްޗަކަށް ޗައިނާއިން ޑިޔުޓީ ފްރީ ނުކުރިއެވެ. ރާއްޖެއަށް ޑިޔުޓީ ފްރީ ކޮށްފައިވާ 699 ބާވަތުގެ ތެރޭގައި، ރާއްޖެއިން އުފައްދައި ނުވަތަ އެކްސްޕޯޓް ކުރާ އެއްވެސް ބާވަތެއް ނުހިމެނެއެވެ. މިއީ ކިހާ ބޮޑު ޖެއްސުމެއްތޯއެވެ؟

މިއީ ރައްޔިތުންނަށް ވެރިކަން ކުރާ ބަޔަކު ދުވަހަކުވެސް ކުރާނެ ވަރުގެ ކަމެއް ނޫނެވެ. މިވަރުގެ ފަރުވާކުޑަ، މިވަރުގެ ޒިންމާދާރު ކަން ކުޑަ ބަޔަކު ރާއްޖޭގެ ވެރިކަމަށް ދުވަހަކުވެސް ނާދެއެވެ.

ރާއްޖެއިން އާންމުކޮށް އެކްސްޕޯޓް ކުރާ ތަކެތި! ރާއްޖެއިން އެކްސްޕޯޓް ކުރާ، ނުވަތަ ފަހުން ކުރެވިދާނެ ކަމަށް ބެލެވޭ އެއްވެސް ބާވަތަކަށް ޗައިނާ-މޯލްޑިވްސް މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން ޑިޔުޓީ ފްރީ ކޮށްފައި ނުވެއެވެ.

ސަރުކާރަކުން ބޭރު ޤައުމަކާއި ބޮޑު އެއްބަސްވުމެއްގައި ސޮއެކޮށް، އެ އެއްބަސްވުމަށް އަމަލު ކުރަން ފެށި އިރު، މި ވަރު ބަލާ ނުލުމަކީ ކިހާ ބޮޑު ގޯހެއްތޯއެވެ. ރާއްޖޭގެ ރައްޔިތުންނަށް ހެޔޮކޮށް ކަމެއް ކޮއްދިނުމުގެ އެއްވެސް ނިޔަތެއް ނެތި، 7000 އެތައް ބާވަތަކުން ޑިޔުޓީ ފްރީ ކަމަށް ބުނެ ސަރުކާރުގެ އެކޮނޮމިކް މިނިސްޓްރީއިން ބޮޑެތި ދޮގުތައް ހަދަމުން ދިޔައިރު އެމީހުން ވިސްނައިގެން ތިބީ މިނިވަން ވިޔަފާރީގެ މި އެއްބަސްވުން ސިއްރުކޮށްގެން ތިބެވޭނެ ކަމަށެވެ. ނަމަވެސް ޗައިނާއިން ވަނީ މި އެއްބަސް ވުން އާންމު ކޮށްފައެވެ. ދިޔަވަރު އޮންލައިނަށް މި އެއްބަސްވުން ލިބިފައިވަނީ ޗައިނާގެ މިނިސްޓްރީ އޮފް ކޮމާސްގެ ވެބްސައިޓްގައި މި އެއްބަސްވުން ޝާއިޢު ކުރުމުންނެވެ.

ކޮމިއުނިސްޓް ޗައިނާ ވެގެން ދިޔައީ، ރައީސް މުއިއްޒުގެ ވަންހަނާ ސަރުކާރަށްވުރެ، ހާމަކަން ބޮޑު ސަރުކާރަކަށެވެ.

http://fta.mofcom.gov.cn/topic/enmaldives.shtml

އެއްބަސްވުން ހިމަނާފައިން ޗައިނާގެ ސަރުކާރުގެ ކޮމާސް މިނިސްޓްރީގެ ވެބްސައިޓުގެ އެއްބަސްވުން އިން ލިންކު އަމިއްލަ ފުޅަށް ބައްލަވާލައްވާ ލައްވާށެވެ.