ރައްޔިތުން މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއަށް އޮވެ، މަޖިލީސް ނުހިނގާ، މަޖިލީހުގެ އިދާރާއިން ބޭނުން ގޮތަކަށް މަޖިލީހާއި ކުޅެން ފުރުޞަތު ލިބިގެން ނުވާނެއެވެ. އަމީން އާންމު ނިއުޝާ، އޭނާ ހިންގާ ޖަރީމާތަކާއި މެދު އެއްވެސް ކަންބޮޑުވުމެއް ނުވެއެވެ.
މަޖިލީސް އިދާރާއިން އެ ހިންގާ ޖަރީމާތައް ކުށްވެރިކޮށް އޭޖީއިން ބަޔާނެއް ނެރެ، ނޫސްވެރިންނާއި ބައްދަލު ކޮށްލާފައެއްވެސް ނުވެއެވެ. މިކަމާއި ގުޅޭ ދައުލަތުގެ މަޤާމުތަކުގައި ތިއްބެވި ފަރާތްތަކުން މިއަށްވުރެ ޒިންމާދާރުކަމާއިއެކު މިކަންކަމަށް ރިޔާއަތް ކޮށް ފިޔަވަޅު އަޅަން ޖެހެއެވެ.
އޭޖީއަށް ކުރެވުނުހާވެސް ކަމަކީ، މިހާރު މަޖިލީސް މިއޮތް ހާލަތުގައި އޮއްވައި، ފިނޭންސް މިނިސްޓަރ ބަޖެޓް ހުށައެޅުމާއި މެދު ދެއްވި ޤާނޫނީ ލަފާފުޅު އެކަންޏެވެ.
މިއަދު އާޒިމާ ސްޕްރީމް ކޯޓުގައި ދެންނެވީ ރަނގަޅު ވާހަކައެކެވެ.
ރައްޔިތުންގެ މަޖިލީހަކީ ދައުލަތުގެ އެއް ބާރު، ބަންޑާރަ ނައިބަކީ މުއައްސަސާއެއް، ދައުލަތުގެ މުއައްސަސާއަކުން ގާނޫނު އަސާސީއާއި ގާނޫނަކާ ހިލާފުވާ ގޮތަށް ގާނޫނެއް ގަވާއިދެއް މާނަކުރާނަމަ ކުރިއާލާ ވެސް ފިޔަވަޅު އަޅަން ޖެހޭނެ!
އާޒިމާ ވިދާޅުވި އެވެ.
އާޒިމާ އިތުރަށް ވިދާޅުވީ "ބަންޑާރަ ނައިބުގެ އޮފީހުން، ދައުލަތުގެ އެއް ބާރުން ގާނޫނު އަސާސީއާ ހިލާފުވި ކަމަށް ދެކި، އެ ކަމަށް ފާޅުގައި އެއްވެސް އެއްޗެއް ވިދާޅުނުވެ، އިންޓަވީން ކުރަން ވެސް މަސައްކަތް ނުކޮށް، ކޯޓަކަށް މައްސަލަ ގެނުމަކީ ވަރަށް ސީރިއަސް މައްސަލައެއް،" ކަމަށެވެ!
ގާނޫނީ ގޮތުން ކުރެވެން އޮތް މަސައްކަތްތަކުގެ އިތުރުން ސިޔާސީ ގޮތުންވެސް ކުރެވެން ހުރި މަސައްކަތްތައް ކުރަން ޖެހެއެވެ.
އެގޮތުން އާމީން އާންމު ނިއުޝާގެ ގޭ ދޮށަށްވެސް ދާންޖެހޭނެއެވެ. ގޭ ދޮށުގައި މުޒާހަރާވެސް ކުރަންވީއެވެ. އަނިވެރިކަމަށް މިވަރަށް ދޫދީގެން ބޭއިންސާފު ޕާޓީގެ މައްޗަށް ލިބޭ ހިސާބަށް ޕާޓީ ހާލަތު ގޮސްގެން ނުވާނެއެވެ.