ޚަބަރު

ޝީޝާގެ ޚިދުމަތް ގެސްޓުންނަށް ފޯރުކޮށް، ޕެކޭޖްގައި ޝީޝާ ހިމަނައިގެން ވިއްކާ ރިސޯޓްތަކަށް މުއިއްޒުގެ ސަބަބުން ބޮޑު ގެއްލުމެއް: ބައެއް ރިސޯޓްތައް

ދިޔަވަރު
ޝީޝާގެ ޚިދުމަތް ގެސްޓުންނަށް ފޯރުކޮށް، ޕެކޭޖްގައި ޝީޝާ ހިމަނައިގެން ވިއްކާ ރިސޯޓްތަކަށް މުއިއްޒުގެ ސަބަބުން ބޮޑު ގެއްލުމެއް: ބައެއް ރިސޯޓްތައް

ޝީޝާގެ ޚިދުމަތް ގެސްޓުންނަށް ފޯރުކޮށް، ޕެކޭޖްގައި ޝީޝާ ހިމަނައިގެން ވިއްކާ ރިސޯޓްތަކަށް މުއިއްޒުގެ ސަބަބުން ބޮޑު ގެއްލުމެއް ކުރިމަތިވާނެ ކަމަށް ހާމަ ކޮށްފިއެވެ. ރިސޯޓްތަކަށް މި ދަތިކަން ކުރިމަތިވާން މިޖެހުނީ ހެލްތް މިނިސްޓްރީގެ ޓޮބޭކޯ ބޯޑުން ރެސްޓޯރަންޓް ތަކުގައި ޝީޝާ ބުއިން މަނާ ކުރުމާއި ގުޅިގެންނެވެ.

ބައެއް ރިސޯޓްތަކުން ޝީޝާ އެމީހުންގެ ސްޕެޝަލް އޮފާ ޕެކޭޖްގައި ހިމަނާފައި ހުރެއެވެ. މި ގޮތަށް ހިމަނާފައި ހުންނަނީ ފަސޭހައިން ޕެކޭޖް ވިއްކުމުގެ ބޭނުމުގައެވެ. އަދި ރިސޯޓަށް އަންނަ ފަރާތްތަކަށް ދުންފަތުން އެމީހުން ޤައުމުގައިވެސް ހޯދާ ހިތްހަމަ ޖެހުން ހޯދައި ދިނުމުގެ ބޭނުމުގައެވެ.

ސަރުރާކުން ގެނައި ބަދަލާއި އެކު، ރިސޯޓްތަކުގެ ރެސްޓޯރަންޓް ތަކުގައި ނުވަތަ އެފަދަ އެނޫންވެސް ލޯންޖް ތަކުގައި ޝީޝާ ބުއިން މަނާ ވެގެން ދެއެވެ. މިކަމުގެ ސަބަބުން އިތުރަށް ރާއްޖެއަށް ފަތުރުވެރިން އައުން އިތުރަށް މަދުވެގެން ދާނެއެވެ.

ރައީސް މުއިއްޒުގެ ސަބަބުން މުޅި ފަތުރުވެރިކަމުގެ ސިނާއަތަށް ވަނީ އެތައް ބިލިއަނަކުން ގެއްލުން ކުރިމަތި ވެފައެވެ. އެންމެ ފުރަތަމަ ޚާރިޖީ ގުޅުންތައް ގޯސްކޮށް، ޑެޕިޔުޓީ މިނިސްޓަރުން ލައްވައި އިންޑިޔާއަށް އެއްޗެހި ކިޔައި އިންޑިޔާ މާކެޓް ގެއްލުވާލިއެވެ.

އޭގެ ފަހުން، ޓެކްސް ބޮޑުކޮށް އަނެއްްކާވެސް އެތައް ބިލިއަނެއްގެ ގެއްލުން ޓުއަރިޒަމަށް ކުރިމަތި ކުރުވިއެވެ. އޭގެ ފަހުން، އެއަރޕޯޓް ޓެކްސް އިންތިހާއަށް ބޮޑު ކޮށް އެތައް ބިލިއަން ރުފިޔާއެއްގެ ގެއްލުމެއް ރާއްޖެއަށް ކުރިމަތި ކުރުވިއެވެ.

މިހާރު ވަނީ ޑޮލަރު މާރު ކުރުމުގެ ބިލެއް އެކުލަވާލައި، ޑޮލަރުގެ ގޮތުގައި ސަރުކާރަށް އެތައް ރުފިޔާއެއް ފޭރިގަނެ، ވިޔަފާރިތައް ފުނޑާލުމަށް ތެދުވެފައެވެ.

މީގެ އިތުރުން ވޭޕް މަނާ ކުރުމުގެ ސަބަބުން ވެސް ވަނީ އެތައް މިލިއަނެއްގެ ގެއްލުން ކުރިމަތިވެފައެވެ. އެއާއި އެކު ޝީޝާ މަނާ ކުރުމުން އެތައް ފަތުރުވެރިންނެއް ރާއްޖެ އައުމަށް ބޭނުންވާ ސަބަބު ހުއްޓިގެން ދާނެއެވެ.

ރައީސް މުއިއްޒަކީ އިކްތިޞާދީ، ފައިނޭންސް ނުދަންނަ ވެރިކަމުގެ ނިޒާމުތަކަށް ބީރައްޓެހި ޚުދުމުހުތާރު އަނިޔާވެރި ވެރިއެއް ގޮތުގައި ގިނަ ބަޔަކު ސިފަކުރާ މީހެކެވެ.