ޚަބަރު

ރައީސް އާރަށުގައި މަޖަލުގައި، އެޓޯލް މިނިސްޓަރ ގޭގެ ފިނި ކޮޓަރި ކޮޅުގައި ނާނާފުޅު ފިއްލެވުމުގައި، ސަރުކާރުން އުވާލަން އުޅޭ ކައުންސިލް މެމްބަރުން ކަރުތާ ފެނުގައި ރައްޔިތުންގެ ޚިދުމަތުގައި

ދިޔަވަރު
ރައީސް އާރަށުގައި މަޖަލުގައި، އެޓޯލް މިނިސްޓަރ ގޭގެ ފިނި ކޮޓަރި ކޮޅުގައި ނާނާފުޅު ފިއްލެވުމުގައި، ސަރުކާރުން އުވާލަން އުޅޭ ކައުންސިލް މެމްބަރުން ކަރުތާ ފެނުގައި ރައްޔިތުންގެ ޚިދުމަތުގައި

ރައީސް އާރަށުގައި މަޖަލުގައި، އެޓޯލް މިނިސްޓަރ ގޭގެ ފިނި ކޮޓަރި ކޮޅުގައި ނާނާފުޅު ފިއްލެވުމުގައި މިވަގުތު އޮންނެވި އިރު، ސަރުކާރުން އުވާލަން އުޅޭ ކައުންސިލް މެމްބަރުން އެކި ގޮތްގޮތުން، ވިއްސާރާގައި ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އެހީތެރި ވަމުން ދާކަމަށް ދިޔަވަރު ނޫހަށް މައުލޫމާތު ލިބިއްޖެއެވެ.

2026 ގައި އޮތް ކައުންސިލް އިންތިހާބުގައި ގިނަ ބަޔަކަށް ބައިވެރި ނުވެވޭ ގޮތް ހަދައި، އަދި ކައުންސިލް ތަކުގެ އަދަދު މަދު ކުރުމަށް މުއިއްޒު ނިންމައި ރައްޔިތުންގެ އެ ބާރު ފޭރުމަށް ނިންމާފައިވާއިރު، މިއަދު މި ފެނިގެން ދަނީ، ރައްޔިތުންނަށް ކަމަށް ވެއްޖިއްޔާ ތެދުވާން ތިބީ އެ ކައުންސިލްތަކުން ކަމެވެ. މައި ސަރުކާރުގައި ފިނި ކޮޓަރީގައި ބޮނދައި ތިބޭ ބަޔަކަށް ރަށްރަށުގައި ރައްޔިތުންގެ ޙައްޤުގައި އެއްވެސް ކަމެއް ނުކުރެވޭނެ ކަމެވެ.

އެމީހުންގެ ހުއްދަ ލިބިގެން ރަށުގައި ކަމެއް ކުރެވޭ އިރު، ރަށަށް އޮންނާނީ ވާނެ އެއްޗެއް ވެފައެވެ.

މުއިއްޒުގެ ސަރުކާރުން ކައުންސިލްތައް އުވާލަން އުޅެނީ ކައުންސިލް ތަކުގައި ހުރި ފައިސާ ނަގައި މުއިއްޒު ބޭނުންވާ ޕްރޮޖެކްޓްތަކަކަށް ޚަރަދުކޮށް، ރަށްރަށުގެ މާލީ ތަނަވަސްކަން ފޭރި ގަތުމަށެވެ. މިއަދު ކައުންސިލްގައި ތިބި ބަޔަކު ކައުންސިލުގައި ހުރި މާލީ ތަނަވަސް ކަމަކުން އަދި ކަމެއް ނުކުރި ކަމުގައި ވީނަމަވެސް، އެ ފައިސާ އަކީ ހަމަ އެރަށެއްގެ ނުވަތަ އެ އަތޮޅެއްގެ މާލީ ތަނަވަސްކަމެވެ. އެއިން މާދަމާވެސް ފައިދާ ވާނީ އެރަށަކަށެވެ.

ކައުންސިލްތައް އުވާލައި އެފައިސާ މައި ސަރުކާރަށް ނަގައި، މުއިއްޒަށް ކޮރަޕްޝަނުން ބައި އެޅޭހެން ޕްރޮޖެކްޓްތައް ދޭން ބޭނުން ކުރުމުން ރަށު ރައްޔިތަކަށް އެއިން ވާނެ ފައިދާއެއް ނޯންނާނެއެވެ. އިތުރު ދިމްޔާތެއް ކޮޅަށް ޖެހުން ފިޔަވައި އިތުރު އެއްވެސް ކަމެއް އެކަމަކުން ހާސިލެއް ނުވާނެއެވެ. ރައްޔިތުންގެ ކައިރީ ތިބޭނީ ރައްޔިތުންގެ ކައިރީގައި ތިބޭ ކައުންސިލަރުންނެވެ. އެޓޯލް މިނިސްޓަރާއި، ރައީސް މަނިކުފާނު ހުންނަވާނީ އާރަށުގައެވެ.