ރައީސް ގެ އަރިހުން ވަގުތުކޮޅަކަށް އެދުމުން "ކިހިނެއްތަ ވެގެން ތި އުޅެނީ" ބުނެ މުއިއްޒުގެ ކާރުގައި އިން ސިފައިންގެ މީހާ (ބޮޑީގާޑު)ނިކަމެތި ރައްޔިތަކާއި ދިމާލަށް ހަޅޭއްލަވާ ގަނެއްޖެއެވެ. ރައީސް މުއިއްޒުގެ ދުލުން އެވަގުތު ނުބުނާ އެއްޗެއް ރައްޔިތަކާއި ދިމާލަށް، ރައީސް އަރިހުގައި އިންނަވައި ބުނާކަށް ބޮޑީ ގާޑަކަށް ނުކެރޭނެއެވެ.
މިކަން ހިނގާފައި ވަނީ، ރައީސް މުއިއްޒު އާރަށުގައި މަޖާ ނެންގެވުމަށް އުޅުއްވުމަށް ފަހު، އެމަނިކުފާނު ކާރުކޮޅުގައި މަޖީދީ މަގުން މިއަދު އިރާކޮޅު ދުއްވާފައި ދަނިކޮށެވެ. މާފަންނުކޮޅު ޒިއޯން މޮބައިލްސް ކައިރިން ކާރުކޮޅު ދިޔައިރު އާންމު ރައްޔިތަކު އާދޭސް ކުރަމުންދިޔައީ، ރައީސް މުއިއްޒު އެތަނަށް ފައިބައިވަޑައިގެން ރައްޔިތުންގެ ހާލު ބެއްލެވުމަށެވެ. އޭނާގެ ބަހުން ނަމަ "އަހަރުމެންނަށް ވަގުތުކޮޅެއް" ދިނުމަށެވެ. އެކަން ކުރެއްވުމުގެ ބަދަލުގައި އާދޭސް ކުރަމުންދިޔަ މީހާއަށް ދިމާލަށް އަމާޒުވީ ރައީސްގެ ބޮޑީގާޑުގެ ހަޅޭކެވެ.
"ކިހިނެއްތަ ވެގެންތި އުޅެނީ،" ކާރުގެ ދޮރު ތެރެއިން ބޭރަށް ބޯ ނެރެގެން ހުރެ ސިފައިން މީހާ ހަޅޭއް ލަވައިގަތެވެ.
ރައީސް މުއިއްޒުގެ އަގުބޮޑު ކާރުކޮޅުން ފައިބައިވަޑައިގެން ރައްޔިތެއްގެ އުދާސްތައް މިއަދު އަޑެއް ނޭހިއެވެ. ގައިމު ވެސް އެމަނިކުފާނާ ބައްދަލުކޮށްލެއްވުމަށް މާފަންނުކޮޅުން އެދުނު މީހާ ކައިރިއަށް ރައީސް މުއިއްޒު ނުހުއްޓަވަ އެވެ. ބެލެވޭ ގޮތުގައި އެމަނިކުފާނު، އާރަށުން މާލެ ވަޑައިގެން ކާރު ކޮޅުގައި ދަތުރު ކުރައްވަމުން ވަޑައި ގަތީއެވެ. އެހެން ކަމަށް ވާނަމަ، އެ މަނިކުފާނަށް ދުލުން ނުބުނާ އެއްޗެއް ރައްޔިތަކާއި ދިމާލަށް ބުނާކަށް ބޮޑީ ގާޑަކަށް ނުކެރޭނެއެވެ.