ވާރޭ ވެހި މުޅި މާލޭގައި ފެން ބޮޑުވެ، މުޅި ދުވަސް ނިމިގެން ދިޔަ އިރުވެސް، ސަރުކާރުގެ އެއްވެސް ހިލަމެއް ނުވެ، އާންމުންގެ އެތައް ނުރުހުމެއް ސަރުކާރަށް އަމާޒުވެ، ނިކަމެތި ރައްޔިތުން ނުކުމެ ފެން ހިދުމަށް މާފަންނުކޮޅުން ކޯރެއް ކެނޑުމުން، އެއީ ސަރުކާރުން ކުރި ކަމެއް ކަމަށް ބުނެ އެކަމުގެ ކްރެޑިޓް ނެގުމަށް ރައީސް މުއިއްޒުގެ ޓީމުން މަސައްކަތް ފެށުމުން އާންމު ރައްޔިތުން އިތުރަށް ރުޅި ގަދަވެ، ރައީސް މުއިއްޒާއި އިތުރަށް ހިތްހަމަ ނުޖެހިއްޖެއެވެ.
ކޯރު ކެނޑުމުގެ މަސައްކަތުގައި އުޅެފައި ވަނީ ރިލުވާން ލަތީފް އާއި، އާންމު ރައްޔިތުންނެވެ. އެކަމުގައި ސަރުކާރުގެ ބައިވެރި ވުމެއް ނުވެއެވެ. ނަމަވެސް، ރައީސް މުއިއްޒުގެ ސޯޝަލް މީޑިޔާގެ ޓީމުން ދަނީ އެކަން ކުރީ އެމްޑަބްލިއުއެސްސީއިން ކަމަށް ބުނެ ދޮގު ހަދަމުންނެވެ.
އިއްޔެ މާލެ އަށް ވެހުނު ވާރޭގައި، މާލެއަށް ސުނާމީ އަރައި ފެން ބޮޑު ނުވާ ވަރަށް ފެންގަނޑު މާލޭތެރޭގައި ބޮޑުވިއެވެ. ނަމަވެސް ކުޑަ މިނުން ޓްވީޓެއް ހާ ވަރުވެސް ރައީސް މުއިއްޒު ނުކުރައްވަވައެވެ. ނާއިބް ރައީސް ކުރި ޓްވީޓްގައި ރައީސް މުއިއްޒަށް ޝުކުރު ދަންނަވާފައި ނެތުމުން، ނާއިބް ރައީސް ލައްވައި އެ ޓްވީޓް ހަލީލު ވަނީ ޑިލީޓު ކުރުވާފައެވެ.


މާލޭގެ މަގުތައް ރައީސް މުއިއްޒުގެ ބެލުމުގެ ދަށުގައި އޮންނަތާ، 10 އަހަރު ވެއްޖެއެވެ. 2015 ވަނަ އަހަރު ރާއްޖޭގެ މަގުތަކުގައި ފެން ބޮޑުވުމުގެ މައްސަލަ އެއްކޮށް ހައްލަކަށް އަންނާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެ ހެޑްލައިން ހެއްދެވި ނަމަވެސް، އެފަހަރުވެސް އެކަމަށް ކަނޑައެޅި ފައިސާއިން ކުޑަ ޕަންޕުތަކެއް ބަހައްޓައި، ފައިސާ ކަހާލީ ދިމްޔާތު އެޅުމަށް މުއިއްޒު ގެންގުޅެއްވި ބަޖެޓަށް ކަމަށް މީހުން ވާހަކަ ދައްކައެވެ.