ޚަބަރު

އިންޑިއާގެ އެހީގައި ވެރިކަން ވައްޓާލަން އުޅުނު ވާހަކަ ރައީސް މުއިއްޒުގެ ސަރުކާރުން ދޮގުކޮށްފި

ދިޔަވަރު
އިންޑިއާގެ އެހީގައި ވެރިކަން ވައްޓާލަން އުޅުނު ވާހަކަ ރައީސް މުއިއްޒުގެ ސަރުކާރުން ދޮގުކޮށްފި

ރައީސް މުއިއްޒުގެ ވެރިކަން ވައްޓާލުމަށް އިދިކޮޅު ފަރާތްތަކާއެކު އިންޑިއާގެ ރޯއިން މަސައްކަތްކުރި ކަމަށް ވޮޝިންގްޓަން ޕޯސްޓުން ކުރި ތުހުމަތު، ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރުން ވަނީ ދޮގުކޮށްފައެވެ.

ވޮޝިންގްޓަން ޕޯސްޓުން މި މަހުގެ ކުރީކޮޅު ގެނެސްދިން ރިޕޯޓެއްގައި ބުނެފައިވަނީ، ރާއްޖޭގެ ވެރިކަން ބަދަލުކުރުމަށް "ޑިމޮކްރެޓިކް ރިނިއުވަލް އިނީޝިއޭޓިވް" ގެ ނަމުގައި އެކުލަވާލި ޕްލޭނެއް އެ ނޫހަށް ލިބިފައިވާ ކަމަށެވެ. އެ ޕްލޭނުގައި ރައީސް މުއިއްޒު މަޤާމުން ދުރުކުރުމަށް ތަފާތު ފަރާތްތަކަށް 87 މިލިއަން ރުފިޔާ ރިޝްވަތުގެ ގޮތުގައި ދިނުމަށް ހުށަހަޅާފައިވާ ކަމަށް އެ ނޫހުން ބުނެއެވެ.

"ވަރަށް ކުރު ޖަވާބެއް އެއަށް ދޭނީ. އެއީ (ވޮޝިންގްޓަން ޕޯސްޓުގެ ރިޕޯޓު) އެއްވެސް ހަގީގަތެއް އޮތް ވާހަކައެއް ނޫން" ހަލީލް ވިދާޅުވި އެވެ.

މި މައްސަލައާ ގުޅޭގޮތުން އިންޑިއާގެ "ވިއޯން" އަށް ވާހަކަފުޅު ދައްކަވަމުން، ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު ވިދާޅުވީ އެއީ "އެއްވެސް ހަގީގަތެއް އޮތް ވާހަކައެއް ނޫން" ކަމަށެވެ.

"މިއީ އެއްވެސް އަސާސެއްގެ މައްޗަށް ބިނާކޮށް ގެނެސްދީފައިވާ ވާހަކަތަކެއް ނޫން. މިއީ އިންޑިއާއާ ދެކޮޅު ހަރަކާތެއް،" އިންޑިއާ ފޮރިން މިނިސްޓްރީގެ ސްޕޯކްސްޕާސަން ރަންދީރު ޖައިސްވާލް ވެސް ވަނީ މިކަން މީގެ ދޮގު ކޮށްފައެވެ. އަދި އެ ލިޔުން ޝާއިއުކުރި ނޫހާއި ނޫސްވެރިޔާއަކީ އިންޑިއާއާ މެދު އަދާވާތްތެރިކަން ގެންގުޅޭ ފަރާތްތަކެއް ކަމަށްވެސް އޭނާ ފާހަގަ ކުރެއްވިއެވެ.