ޚަބަރު

ދިވެހި ރާއްޖެއަށް އެންމެ މުހިންމު ކަމަކީ އިންޑިޔާގެ ސެކިޔުރިޓީ ހިމާޔަތް ކޮށްދިނުން: ފޮރިންމިނިސްޓަރ ޚަލީލް

ދިޔަވަރު
ދިވެހި ރާއްޖެއަށް އެންމެ މުހިންމު ކަމަކީ އިންޑިޔާގެ ސެކިޔުރިޓީ ހިމާޔަތް ކޮށްދިނުން: ފޮރިންމިނިސްޓަރ ޚަލީލް

ދިވެހި ރާއްޖެއަށް އެންމެ މުހިންމު ކަމަކީ އިންޑިޔާގެ ސެކިޔުރިޓީ އާއި އިންޑިޔާ ކަނޑުގެ ސެކިޔުރިޓީ ހިމާޔަތް ކޮށްދިނުން ކަމަށް ރާއްޖޭގެ ފޮރިންމިނިސްޓަރ ޚަލީލް ވިއޯން ނިވްސް އަށް ދެއްވި ބަސްތީގަތުމެއްގައި ވިދާޅުވެއްޖެއެވެ.

ސަބަބަކީ ދިވެހި ރާއްޖެއަކީ އަމާން ކަމަށާއި ހަމަ ޖެހުމަށް ލޯބި ކުރާ ޤައުމެއް. ތަރައްޤީއާއިގެން ކުރިއަށް ދާއިރު އަޅުގަނޑުމެން އެންމެ މުހިންމު ކަމެއް ދޭ ދާއިރާ އަކީ އެއީ.

އަދި އިންޑިޔާގެ ސަލާމަތީ މަސްލަހަތު ހިމާޔަތް ކުރުމުގައި ދެމި އޮންނާނެ ކަމަށާއި، އިންޑިޔާގެ ސަލާމަތީ މަސްލަހަތަކީ ރާއްޖޭގެ ސަލާމަތީ މަސްލަހަތު ކަމުގައިވެސް ފޮރިންގ މިނިސްޓަރ ޚަލީލް ފާހަގަ ކުރެއްވިއެވެ.

3 ދުވަހުގެ ދަތުރުފުޅެއްގައި ރާއްޖޭގެ ފޮރިން މިނިސްޓަރ އިންޑިޔާއަށް ވަޑައިގަތީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އަދި ހުކުރު ދުވަހު ދެ ޤައުމުގެ ދެމެދުގައި މަޝްވަރާތައް ވަނީ ބާއްވާފައެވެ.