ޚަބަރު

ޖެނުއަރީ 7 ގައި ޑިފެންސް މިނިސްޓަރ ޣައްސާން އިންޑިއާ އަށް ވަޑައިގަތުމަށް ނިންމި އިރު، ޚާރިޖީ އަދި ސަލާމަތީ ގުޅުންތައް އެހެން އެއްވެސް ސަރުކާރުން ބަދަހި ނުކުރާ ވަރަށް މި ސަރުކާރުން އިންޑިޔާއާއި އެކު ބަދަހި ކޮށްފި

ދިޔަވަރު
ޖެނުއަރީ 7 ގައި ޑިފެންސް މިނިސްޓަރ ޣައްސާން އިންޑިއާ އަށް ވަޑައިގަތުމަށް ނިންމި އިރު، ޚާރިޖީ އަދި ސަލާމަތީ ގުޅުންތައް އެހެން އެއްވެސް ސަރުކާރުން ބަދަހި ނުކުރާ ވަރަށް މި ސަރުކާރުން އިންޑިޔާއާއި އެކު ބަދަހި ކޮށްފި

މި ހަފުތާގައި ޑިފެންސް މިނިސްޓަރ ޣައްސާން އިންޑިއާ އަށް ވަޑައިގަތުމަށް ނިންމި އިރު، ޚާރިޖީ އަދި ސަލާމަތީ ގުޅުންތައް އެހެން އެއްވެސް ސަރުކާރުން ބަދަހި ނުކުރާ ވަރަށް މި ސަރުކާރުން އިންޑިޔާއާއި އެކު ބަދަހި ކޮށްފިއެވެ.

ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން މި މަހުގެ 7-8 ގައި އިންޑިއާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާނެ ކަމަށް ހާމަ ކުރެއްވީ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު އެވެ.

އިންޑިއާގެ ވިއޯން ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ޑރ. ހަލީލު ވިދާޅުވި ގޮތުގައި މި ދަތުރުފުޅުގައި ދެ ގައުމުގެ ސަލާމަތީ އަދި ރައްކާތެރިކަމުގެ ގުޅުންތައް އިތުރަށް ހަރުދަނާ ކުރެވިގެންދާނެ އެވެ. ޑިފެންސް މިނިސްޓަރުގެ މަގާމުގައި ހުންނަވައި ޣައްސާން އިންޑިއާއަށް ކުރައްވާ މިއީ ފުރަތަމަ ދަތުރުފުޅެވެ.

ފޮރިން މިނިސްޓަރުގެ އިންޓަވިއުގައި، "އިންޑިއާ އައުޓު" ކެމްޕޭނަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ހިންގެވި ކެމްޕޭނެއް ކަމަށާއި، މިހާރުގެ ސަރުކާރާ އެ ކެމްޕޭނާ ދެމެދު އެއްވެސް ގުޅުމެއް ނެތް ކަމަށް ވިދާޅުވި އެވެ. އެހެންނަމަވެސް، މި ކެމްޕޭނުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި ޑިފެންސް މިނިސްޓަރު ޣައްސާންގެ އިތުރުން މިހާރުގެ ސަރުކާރުގެ ގިނަ އިސް ވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

ރިޔާސީ އިންތިޚާބުގެ ވައުދެއްގެ ގޮތުގައި ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކުރުމަށް ރައީސް މުއިއްޒު ވިދާޅުވި ނަމަވެސް، މިހާތަނަށް ބޭރުކުރެވިފައިވަނީ ހަމައެކަނި އިންޑިއާގެ ޔުނިފޯމު އަޅާ ސިފައިންނެވެ. އެ ސިފައިންގެ ބަދަލުގައި މިހާރު ތިބެނީ އިންޑިއާގެ ހިންދުސްތާން އޭރޮނެޓިކްސްގެ ޓެކްނިކަލް މުވައްޒަފުންނެވެ. އިންޑިއާގެ ދެ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާ ބޯޓު ދަނީ ކުރިއެކޭ އެއްފަދައިން ބޭނުންކުރަމުންނެވެ.

ޑިފެންސް މިނިސްޓަރު ޣައްސާން ކުރިން ވިދާޅުވެފައިވަނީ އިންޑިއާގެ އަސްކަރީ އުޅަނދުތައް ބޭނުން ކުރަން ނުޖެހޭނެ ކަމަށެވެ. ނަމަވެސް މި އުޅަނދުތައް މިހާރުވެސް ދަނީ ބަލިމީހުން އުފުލުމާއި އެހެނިހެން ބޭނުންތަކަށް ބޭނުންކުރަމުންނެވެ.