ޚަބަރު

ރާއްޖޭގެ މަސްވެރިކަން އިނދަ ޖައްސާލުމަށް ފަހު، ޗައިނާއިން ރާއްޖެ އަށް ކަނޑު މަހާއި، މަސްދަޅު ޑިއުޓީ ފްރީކޮށް ގެނެވޭ ގޮތް މުއިއްޒު ހަދައިފި! މުޅި ދުނިޔޭގެ %40 މަހަކީ ޗައިނާއިން ބާނާ، އާލާކުރާ މަސް!

ދިޔަވަރު
ރާއްޖޭގެ މަސްވެރިކަން އިނދަ ޖައްސާލުމަށް ފަހު، ޗައިނާއިން ރާއްޖެ އަށް ކަނޑު މަހާއި، މަސްދަޅު ޑިއުޓީ ފްރީކޮށް ގެނެވޭ ގޮތް މުއިއްޒު ހަދައިފި! މުޅި ދުނިޔޭގެ %40 މަހަކީ ޗައިނާއިން ބާނާ، އާލާކުރާ މަސް!

ރާއްޖޭގެ މަސްވެރިކަން އިނދަ ޖައްސާލުމަށް ފަހު، ޗައިނާއިން ރާއްޖެ އަށް ކަނޑު މަހާއި، މަސްދަޅު ޑިއުޓީ ފްރީކޮށް ގެނެވޭ ގޮތް މުއިއްޒު ހަދައިފިއެވެ. މުޅި ދުނިޔޭގެ %40 މަހަކީ ޗައިނާއިން ބާނާ ނުވަތަ އާލާ ކުރާ މަހެވެ. މި ގޮތުން ދުނިޔޭގެ ބާނާ މަހުގެ ތެރެއިން %12 މަހަކީ ހަމަ އެކަނި ސައުތު ޗައިނާ ކަނޑުން ބާނާ މަހެވެ. އެ ކަނޑުން ބާނާ މަހުގެ %90 އަކީ ޗައިނާއިން ބާނާ މަހެވެ.

ޗައިނާއިން އެކްސްޕޯޓަށް 0.50 ސެންޓަށް މަސްދަޅެއް ލިބެއެވެ. މިއީ ކަނޑު މަހެވެ. ޗައިނާ މީހުންނަކީ އާންމުކޮށް، ކަންނެލި މަސް ކާ ބައެއް ނޫނެވެ. އެހެންކަމުން އެމީހުންގެ މަސައްކަތަކީ އެތަކެތި އެކްސްޕޯޓް ކުރުމެވެ. މި އަގަކީ ރާއްޖޭގައި މަސްގަނެ ޕްރޮސެސްކޮށް އެކްސްޕޯޓް ކުރެވޭނެ އަގެއް ނޫނެވެ. ޗައިނާއިން މަސް ބާނަނީ ދާ ޖަހައިގެންނެވެ. ރާއްޖެއިން ބާނަނީ ދޮށީގައެވެ.

އެއްވެސް ސަބަބެއް ނެތި މަސްވެރިންނަށް ދޭންހުރި ފައިސާ ނުދީ، މަސްވެރިކަމުގެ މުޅި ސިނާއަތް ރައީސް މުއިއްޒު ފުނޑު ފުނޑު ކޮށްލީ ޗައިނާ އަށް މި ފުރުޞަތު ދިނުމުގެ ބޭނުމުގައި ކަމަށް ބެލެވެއެވެ.

ޗައިނާއަކީ ދުނިޔޭގައި 3 ވަނަ އަށް އެންމެ ގިނައިން މަސްދަޅު އުފައްދާ ޤައުމެވެ.

ބޮޑު ކަންނެލި ރާއްޖޭގެ މަސްވެރިން ވިއްކާ އަގަށްވުރެ، ރާއްޖެއަށް ޗައިނާއިން އިމްޕޯޓް ކުރެވޭ އަގު މިހާރު ވަނީ ކުޑަވެފައެވެ.

ރާއްޖެ ޗައިނާ މިނިވަން ވިޔަފާރީގެ އެއްބަސް ވުމަކީ ރާއްޖެއަށް އިންތިހާއަށް ގެއްލުން ލިބޭހެން މުއިއްޒު ގާއިމު ކުރި އެއްބަސްވުމެކެވެ.