ޚަބަރު

މުއިއްޒުގެ ސަރުކާރުން ގެންގުޅެނީ، އިންޑިޔާ ފަސްޓް ޕޮލިސީ ކަމަށް ފޮރިން މިނިސްޓަރ ޚަލީލް ވިދާޅު ވެއްޖެ

ދިޔަވަރު
މުއިއްޒުގެ ސަރުކާރުން ގެންގުޅެނީ، އިންޑިޔާ ފަސްޓް ޕޮލިސީ ކަމަށް ފޮރިން މިނިސްޓަރ ޚަލީލް ވިދާޅު ވެއްޖެ

މުއިއްޒުގެ ސަރުކާރުން ގެންގުޅެނީ، އިންޑިޔާ ފަސްޓް ޕޮލިސީ ކަމަށް ފޮރިން މިނިސްޓަރ ޚަލީލް ވިދާޅު ވެއްޖެ އެވެ. މިހެން ވިދާޅުވެފައިވަނީ އިންޑިޔާގެ ނޫހެއް ކަމަށް ވާ ވިއޯންނަށް އެމަނިކުފާނު ދެއްވި އިންޓަވިއުގައި އިއްޔެއެވެ.

މި ގޮތަށް ޚަލީލު ވިދާޅުވެފައިވަނީ ރާއްޖެއިން އިންޑިޔާ ފަސްޓް ޕޮލިސީ އިއާދަ ކުރުމާއި މެދު ކުރި ސުވާލުގައި އިންޑިޔާގެ ސަލާމަތީ ހަމަ ޖެހުމަކީ ރާއްޖޭގެ ސަލާމަތީ ހަމަޖެހުން ކަމަށް ބުނެ ވާހަކަ ދެއްކުމަށް ފަހު، ކުރި އެހެން ސުވާލަކަށް ޖަވާބު ދެއްވުމުގެ ތެރޭގައެވެ.

 it comes to India we always consider Indian relationship as the first

އިންޑިޔާ އާއި ޖެހުމުން, އަބަދުވެސް އިންޑިއާގެ ގުޅުން އެންމެ ފުރަތަމަ ކަމުގައި ބަލަން

ޚަލީލު ވިދާޅުވިއެވެ. މިއީ ރައީސް މުއިއްޒު ތިމަންނާގެ ސިޔާސަތަކީ މޯލްޑިވްސް ފަސްޓް ކަމުގައި ބުނެ ވެރިކަމަސް އައިސް އިންޑިޔާ ފަސްޓް ކަމަށް ނިންމިކަން ހާމަ ވެގެން ދިޔަ އިންޓަވިއު އެކެވެ.

މޯލްޑިވްސް ފަސްޓް ޕޮލިސީ އަކީ ސްކޭމް އެކެވެ. އެއީ ދިވެހިރާއްޖެއަށް މާލީ ގޮތުން ނުވާ ކަންކަމުގައި އެނބުރި ދިވެހިރާއްޖެއަށް އެހީއަށް ނުދެވޭތީއެވެ. އިންޑިޔާ ފަސްޓް ޕޮލިސީ އަކީ، ރާއްޖެއަށް ދިމާވާ ރާއްޖެއަށް ނުކުރެވޭ ކޮންމެ ކަމެއްގައި އެންމް ފުރަތަމަ އިންޑިޔާއިން އެކަން ކުރެވޭތޯ އަހާލުމެވެ. އެކަން އިންޑިޔާއަށް ނުވެއްޖެނަމަ، އެހެން ޤައުމެއްގެ އެހީއަށް އެދުމެވެ.

ރައީސް މުއިއްޒު މޯލްޑިވްސް ފަސްޓް ޕޮލިސީ ކިޔައި މަސައްކަތް ކުރެއްވީ ޗައިނިއްޔަތު ދަމަހައްޓައި ޗައިނާ ފަސްޓް ޕޮލިސީގެ ދަށުންނެވެ. ނަމަވެސް ޗައިނާއިން ރާއްޖެއަށް އެއްވެސް މާލީ އެހީތެރިކަމެއް ނުވުމުން، އިންޑިޔާ ފަސްޓް ޕޮލިސީ މިހާރު ރައީސް މުއިއްޒު މިވަނީ ބަލައިގަނެ އެ ޕޮލިސީ އާއި އެކު ކުރިއަށް ދިޔުމަށް ނިންމާފައެވެ.

މިއަދު ރައްޔިތުންނަށް އެނގި ހާމަވެގެން މިދަނީ ބައިނަލްއަގްވާމީ ގުޅުންތަކުގެ މުހިންމު ކަމެވެ. މޯލްޑިވްސް ފަސްޓް ޕޮލިސީ އޭ ކިޔައި އެންމެ ބާރަށް ހަޅޭއްލެވީ މުއިއްޒުއަށް އޭނާގެ އެ ދޮގު ގައުމިއްޔަތުގެ ޕްރޮޕަގަންޑާގައި ދެމި ނޯވެވިގެން ތެދުވި މަންޒަރެވެ.

ސަރުކާރުގައި އެއްވެސް ފައިސާއެއް ނެތުމުން ތަރައްޤީގެ ޕްރޮޖެކްޓެއް ހިންގެން ނެތިގެން ތެދުވެ، އިންޑިޔާގެ އެހީ ހޯދަން ބޭނުންވެފައިވާލެއް ބޮޑު ކަމެކެވެ. އިއްޔެ އިންޑިޔާ އައުޓެވެ. މިއަދު އިންޑިޔާ އިން އެވެ. އިއްޔެ މޯލްޑިވްސް ފަސްޓެވެ. މިއަދު އިންޑިޔާ ފަސްޓެވެ.