ޚަބަރު

އެޗްޑީސީއިން ކޮރަޕްޝަންގެ އެތައް ކަމެއް ފެނުމުންވެސް ފަޒުލްގެ އެއްވެސް މައްސަލައެއް ނުބެލި، ފުލުހުން ބަލަމުން ދަނީ ފަޒުލްގެ ބޭބެގެ މައްސަލައެއް އެކަނި

ދިޔަވަރު
އެޗްޑީސީއިން ކޮރަޕްޝަންގެ އެތައް ކަމެއް ފެނުމުންވެސް ފަޒުލްގެ އެއްވެސް މައްސަލައެއް ނުބެލި، ފުލުހުން ބަލަމުން ދަނީ ފަޒުލްގެ ބޭބެގެ މައްސަލައެއް އެކަނި

އެޗްޑީސީގައި އިންތިހާއަށް ކޮރަޕްޝަން ހިންގާފައިވުމުން، ރައްޔިތުންނާއި ނޫސްވެރިން އެކަމާއި ދެކޮޅަށް ތެދުވުމުން، އިތުރު ގޮތެއް ނެތިގެން ފަޒުލް އާއި ވާހަކަ ދައްކައިގެން ފަޒުލް ލައްވައި އިސްތިއުފާ ދިނުމަށްފަހު، ރައީސް މުއިއްޒު އަންގާފައިވަނި ފަޒުލްގެ އެއްވެސް މައްސަލައެއް ނުބެލުމަށެވެ. މިއަދު ރައީސް މުއިއްޒު ކޮންޓްރޯލް ކުރާ ފުލުހާއި، އޭސީސީއިން އެޗްޑީސީގެ އެއްވެސް ކަމެއްގައި ފަޒުލްގެ މައްސަލައެއް ނުބަލައެވެ.

ސަސްބެންޑް ކުރި ބޯޑު މެމްބަރުންގެ ސަސްޕެންޝަން އުވާލީ، އާނ ވައްކަމަށް އަލުން ނުކުންނާށޭ ބުނާ ކަހަލަ ގޮތަކަށެވެ. ވައްކަމުގައި ބައިވެރިވި މުއައްޒަފުންވެސް އަނބުރާ ރައީސް މުއިއްޒު ވަނީ ވަޒީފާއަށް ނެރެފައެވެ.

މީގެ އިތުރުން ފަޒުލްގެ ގެއިން 1.69 މިލިއަން ނަގުދު ފައިސާވެސް ވަނީ ފެނިފައެވެ. މިވަރަށް ހެއްކާއި ގަރީނާ ފެނުމުންވެސް ރައީސް މުއިއްޒުގެ ނުފޫޒުން ފަޒުލްގެ މައްސަލަ ނުބަލަން ވަނީ ނިންމާފައެވެ.

މިހިސާބުން މިކަން ނިމުނީކީ ނޫނެވެ. ފުލުހުން ކުރިން އެންގުމަކާއި ނުލައި، ފަޒުލްގެ ގެއަށް ވަނުމުން، އެކަމާއި ފަޒުލް ހިތްހަމަ ނުޖެހުމުން، ފުލުހުން ވަނީ އެއީ ކަން ކުރާގޮތް ކަން ދެއްކުމަށް މޫކޭ ގެއަށް ދަންވަރު ވަދެ، ޑްރާމާވެސް ރައީސް މުއިއްޒުގެ އެދުމުގެ މަތިން، ފަޒުލް އަށް ކުޅެދީފައެވެ.

ހަމައެކަނި ތަހުގީގު ކުރަނީ ފަޒުލްގެ ބޭބެއަށް ނުހައްގުން ވަގަށް ގޯއްޗެއްދިން މައްސަލަ އެކަންޏެވެ. އެ މައްސަލަ ތަހުގީގުކުރަން ފެށީ ސަރުކާރަށް އެކަން ދިފާއުކޮށް ވާހަކަ ނުދެއްކޭވަރުގެ ހެއްކާއެކު އެ މައްސަލަ ފަޅާއަރުވާލުމުންނެވެ. ފަޒުލްގެ ގެއަށް ވަނީވެސް އެމައްސަލާގެ ތަހުގީގަށެވެ.

ރާއްޖޭގެ ކުދި ބޮޑު ހޭ ޖެހޭ ހުރިހާ ފަރާތްތަކަކުން އޭރުވެސް ސޯޝަލް މީޑިޔާގައި އާއި، ހޮޓާ ރެސްޓޯރަންޓް ތަކުގައި ދައްކަމުން ދިޔައީ އެޗްޑީސީގެ ކޮރަޕްޝަންގައި މުއިއްޒު ބައިވެރިވެފައިވާ ވާހަކައެވެ. އެކަން މިއަދު އިތުރަށް ހާމަ ވެގެން މިދަނީ މިއިން އެއްވެސް ވައްކަމެއް މުއިއްޒު ނުބަލަން ނިންމި ނިންމުމާއި އެކުއެވެ. ރާއްޖޭގެ ތާރީޚުގައި މިހާ ވަރަށް ވައްކަން ކުރި ސަރުކާރެއް ނާދެއެވެ. 55 ބިލިއަން ރުފިޔާ އަށް 1 އަހަރު ތެރޭ ކުރި ކަމެއް ރައްޔިތުންނަށް ނުފެނި ވަނީ ގެއްލިފައެވެ. ހިނގި ޕްރޮޖެކްޓެއް، ރައްޔިތަކަށް ވީ ފައިދާއެއް ނެތްތާގައި ތަކެތީގެ އަގު ބޮޑުވެ އެތައް ހާސް ބަޔަކު ވަނީ ހާލުގައި ޖެހިފައެވެ.