ނާޤާބީލު ކަމާއި، ވައްކަމާއި، އިޝްވަތާއި ދޮގު ހެދުމުން މުއިއްޒު ހައްދުފަހަނައަޅައި ގޮސް މާ ބޮޑަށް ތާޢީދު ގެއްލުމުން ބަނދަރުމަތީ ސަފު ދަމާލާ މަންޒަރުން ހިތްހަމަ ޖެހުން ހޯދުަމށް ގުޅީއަށް ދަތުރެއް ރައީސް މުއިއްޒު ކުރައްވައިފިއެވެ.
ކ. ގުޅީއަށް ކުރި ދަތުރުގައި މީހުންގެ ސަޕޯޓް އޮތްކަމުގެ ކުޑަ އިހްސާސެއް ކުރެވި، ނަފްސު ހަމައަކަށް މިހާރު އެޅިފައިވާކަމަށް މުއިއްޒުގެ ގާތް ފަރާތަކުން ދިޔަވަރު ނޫހަށް މައުލުމާތު ދެއެވެ.
މުޅި މާލެ، ސުނާމީގައި މާލެ ފެންބޮޑު ނުވާވަރަށް ފެން ބޮޑުވުމުން، އަޅާނުލައި ތިބުމަށްފަހު، ޖެހިގެން އައި ދުވަހުވެސް، ރައްޔިތުންނަށް ވެފައިވާ ގެއްލުމަށް އަޅާނުލައި، ހުންނަވައި، މާ ބޮޑަށް ތާޢީދު ގެެއްލޭކަމުގެ އިޙްސާސް ކުރެވިގެން އެމަނިކުފާނު މި ދަތުރު ކުރެއްވީ ކަމަށް މައުލޫމާތު ދިން ފާރާތުން ހާމަ ކުރެއެވެ.
ނަމަވެސް ކުޑަކުދިން ނެރެގެން ދަމާލާ ސަފަކުން ރައްޔިތުންގެ ޙަޤީގީ ތާއީދެއް ނުފެންނާނެއެވެ. ސަރުކާރު ވަޒީފާތަކުގައި ތިބި ފަރާތްތަކުގެ އާއިލާތައް ހަމަ އިސާހިތަކު ސަފު ހަދާލާނެއެވެ.
ރައީސް މުއިއްޒުގެ ތާޢީދު މިހާރު %10 އަށް ވެއްޓިޖެއެވެ. ޕާޓިއަށް މީހުން ވައްދާފައިވަނީވެސް ވަގަށެވެ. ވެރިކަމުގައި އޮތް ޕާޓީއަކަށް ހެޔޮވަރު ރަނގަޅު ވަރަކަށް މީހުން ނުލިބިގެން އެތައް ހާސް ބައެއް ވަގަށް ވައްދާނީ ކިހާ ވަރަކަށް ތާޢީދު ގެއްލުމުންތޯއެވެ.
އެޗްޑީސީއިން އެތައް މިލިއަނެއްގެ އެތައް ގޯއްޗެއްގެ ވައްކަން ކޮށްފައިވާއިރު، ސަރުކާރުގެ ހުރިހާ ކުންފުނިތަކުން ދަނީ އިންތިހާއަށް ވައްކަން ކުރަމުންނެވެ. މިކަމުން އެންމެ ބޮޑު ފައިދާއެއް ވަނީ ރައީސް މުއިއްޒަށެވެ.