ޓްވިޓަރ ބޭންކޮށް، ބްލޮކް ކުރަން ރައީސް މުއިއްޒުގެ އަންގައިގެން ފެބްރުއަރީގައި މަޖިލީސް ހުޅުވުމުން ބިލެއް ލަނީ ކަމަށް ޕީއެންސީގެ މަޖިލީސް މެމްބަރުންތަކެއް ދިޔަވަރު ނޫހަށް މައުލޫމާތު ދެއްވައިފިއެވެ.
އަދި މިވާހަކަ މިހާރު ހިނގަމުންދާ ރައީސް ޔާމީނުގެ ގެ ޕީއެންސީ ޖަލްސާގައިވެސް ދައްކައިފިއެވެ.
ރައީސް މުއިއްޒުގެ އެދިވަޑައިގަތުމަށް މި ބިލް ފަރުމާ ކޮށްފައިވަނީ، އެޓާނީ ޖެނެރަލް އުޝާމް ކަމަށާއި، ނަމަވެސް ބިލް ހުށައަޅަނީ މުއިއްޒު ބޭނުންވާ ފަރާތެއް މެދުވެރިކޮށްގެން ކަމަށް މައުލޫމާތު ލިބެއެވެ.
ޓްވިޓަރ ބޭންކޮށް، ބްލޮކް ކޮށްގެން މުއިއްޒު ބޭނުންވަނީ ރައްޔިތުންގެ އަޑު ކަނޑުވާލުމަށެވެ. ހާއްސަކޮށް ހަސަން ކުރުސީ އެކައުންޓުން ރައްޔިތުންނަށް ލިބޭ މައުލޫމާތަށް ހުރަސް އެޅުމަށް ކަމަށް ގަބޫލު ކުރެއެވެ.
ރައީސް މުއިއްޒު ވަނީ ދިޔަވަރު ނޫސްވެސް މީގެ ކުރިން ބްލޮކް ކޮށްފައެވެ. އަދި އުޅުއްވަނީ ނޫސްވެރިންނަށް ފިލައިގެން، ނޫސްވެރިންނާއި ބައްދަލު ނުކޮށެވެ.