އެފްއެސްއެމް އެމްޑީ ބޭނުންވާ ވައްކަމާއި ކޮރަޕްޝަން ހިންގުމަށް ފޮނި މުރާދު ހަމަ ޖައްސައިފިއެވެ.
މިއަދު އެފްއެސްއެމް ގެ ސީއޯ އަކަށް އައްޔަނު ކުރި މުހައްމަދު މުރާދު އަކީއެސްޓީއޯގެ މެނޭޖަރަކަށް ހުރެ އެސްޓީއޯއިން މާކެޓް ކޮށްގެން އެއަށް މާކެޓް ހޯދާފައިވާ ނިޕޯން ބްރޭންޑްގެ ކުލަ ނިޕޯން އާއި ގުޅިގެން އަމިއްލަ ކުންފުނިން ރާއްޖެ ގެނެސް ވިއްކުމާއި ގުޅިގެން ކޮރަޕްޝަން ގެ ތުހުމަތުގައި 2019 ވަނަ އަހަރު އެސްޓީއޯއިން ވަޒީފާއިން ވަކި ކުރި ފަރާތެކެވެ.
ސަރުކާރުން ކޮރަޕްޝަނާއި ދުރު ކަމަށް ރައްޔިތުންނަށް މަންޒަރު ދެއްކުމަށްފަހު، އަމަލު ކުރަމުން ދަނީ އެސްއޯއީތައް މެދުވެރިކޮށް ކޮރަޕްޝަނާއި ވައްކަން ހިންގުމަށެވެ.
މުރާދު އާއި އެފްއެސްއެމް އެމްޑީ ފަތިމަތު އަޝާން އަކީ އެސްޓީއޯ ގައި އެކީ މަސައްކަތް ކުރި ދުވަސްވަރު އަޑި ނޭނގޭ ގުޅުން ތަކެއް އޮތް ދެފަރާތެވެ. ފަތިމަތު އަޝާން އަކީ މަޝްހޫރު 800 މިލިއަން ޑޮލަރު ތެޔޮ ޑީލް ހިންގި ކުންފުނި މޯކޮމް ޓްރޭޑިންގ ޕވޓ ލޓޑ ގެ އޭރުގެ ހިއްސާދާރެއްކެވެ. މި ކުންފުނި އުފައްދާފައިވަނީ 2004 ވަނަ އަހަރުގެ ފެބްރުއަރީ މަހު، އެސްޓީއޯ ސިންގަޕޯރ އާއި މެލޭޝިއާގެ މޯކޮމް ކޯޕަރޭޝަން އެސްޑީއެން ބީއެޗްޑީ އާ ގުޅިގެން ކަމަށް ވެއެވެ. މި ކުންފުނީގެ މައިގަނޑު މަސައްކަތަކަށް ވެފައިވަނީ އޯޕެކް ޤައުމުތަކުން ދިވެހިރާއްޖެއަށް ލިބޭ ސަބްސިޑައިޒްކޮށްފައިވާ ތެޔޮ، އަގު ހެޔޮ ކޮށް، މިޔަންމާގެ މިލިޓަރީ ސަރުކާރަށް ބްލެކް މާކެޓުގައި ތެޔޮ ވިއްކުން ކަމަށް އޭރު ވަނީ ތުހުމަތު ކުރެވިފައެވެ.
މި ހުރިހާ ކަމެއްގެ މައްޗަށް ބަލައި، އަޝާން އަކީ މިހާރު އެފްއެސްއެމް އިން ތެލުގެ ވައްކަން ހިންގުމަށް ރައީސް މުއިއްޒަށް ފެނިވަޑައިގެންނެވި އެންމެ ރަނގަޅު ފަރާތެވެ. ވައްކަމުގެ މުއާމަލާތްތައް ހިންގުމަށް ދަތިވާތީ، މިހާރު އެފްއެސްއެމްގައި ތިބި ދުވަސް ވީ ތަޖުރިބާ ކާރު ވެރިން ވަކިކޮށް މަގާމު ތަކަށް ދަނީ އަޝާން ގެ އަރިސްމީހުން އައްޔަނު ކުރަމުންނެވެ.
ރައްޔިތުންނަށް ލާބަ އާއި، މަންފާ ލިބޭހެން ތަކެތީގެ އަގު ހެޔޮވެ، ބަޖެޓުން ރައްޔިތުންނާއި ޤައުމުގެ ތަރައްޤީއަށް އެއްވެސް ކަމެއް ހިނގާނީ، ނާޖާއިޒް މަންފާ ނެގުން ކުންފުނިތަކުން ހުއްޓިގެންނެވެ. އަދި ކުންފުނިތަކަށް ވައްކަން ނުކުރާ، ރަނގަޅު ފަރާތްތަކެއް އައްޔަން ކޮށްގެންނެވެ.