ހެލްތު މިނިސްޓްރީން 1.5 ބިލިއަން ރުފިޔާގެ ބޮޑު ވައްކަމެއް ކޮށްފިއެވެ.
ހުޅުމާލެ ހޮސްޕިޓަލާއި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގައި އާ އިމާރާތް އެޅުމަށް، މާކެޓް އަގަށްވުރެ ބޮޑު އަގެއްގައި ކޮންޓްރެކްޓް ދީފައިވާކަން ހާމަވެއްޖެއެވެ. މި މަޢުލޫމާތު ހާމަކޮށްފައިވަނީ "ހަސަން ކުރުސީ" ގެ ނަމުގައި ހިންގާ އެކްސް އެކައުންޓުންނެވެ.
ހުޅުމާލެ ހޮސްޕިޓަލްގެ މަޝްރޫޢު:
- 15 ބުރީގެ އިމާރާތަށް: 910.6 މިލިއަން ރުފިޔާ
- އަކަފޫޓަކަށް: މާކެޓް ރޭޓަށްވުރެ 4,500 ރުފިޔާ އިތުރު
- ޖުމްލަ ބިމުގެ ސައިޒް: 202,362 އަކަފޫޓު
- ލަގްޒަރީ ފެންވަރުގެ އަގަށްވުރެ 80% އިތުރު
އައްޑޫ ހޮސްޕިޓަލްގެ މަޝްރޫޢު:
- 3 ބުރީގެ އިމާރާތަށް: 616.9 މިލިއަން ރުފިޔާ
- އަކަފޫޓަކަށް: މާކެޓް ރޭޓަށްވުރެ 3,575 ރުފިޔާ އިތުރު
- ލަގްޒަރީ ފެންވަރުގެ އަގަށްވުރެ 43% އިތުރު
ސަމާލުކަން ދޭންޖެހޭ ކަންތައްތައް:
- އެއްބަސްވުމުގައި ސޮއިކުރި މަޖިލީހަށް ހަމައެކަނި ހެލްތު މިނިސްޓްރީގެ 3 މުވައްޒަފުން ވައްދައިގެން
- ފޮޓޯ ނެގުން މަނާކުރި
- ކުރީގެ ސަރުކާރާ ޚިލާފަށް މީޑިއާއަށް ދަޢުވަތު ނުދޭ
- ހާމަކަން ކުޑަކޮށް މަޝްރޫޢު ކުރިއަށް ގެންދޭ
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު، މިކަން ހަސަން ކުރުސީ އަށް ލީކުވި މައްސަލަ ބެލުމަށް ހެލްތު މިނިސްޓްރީއަށް އަންގަވާފައިވާކަމަށް މައުލޫމާތު ލިބެއެވެ.
މިފަދަ ގިނަ ކޮރަޕްޝަންގެ މައްސަލަތަކެއް ފަޅާއެރި ނަމަވެސް، ރައީސް މުޢިއްޒު ވިދާޅުވަނީ މިއީ އެމަނިކުފާނަށް އެނގިވަޑައިގެން ހިނގާ ކަންތައްތަކެއް ނޫން ކަމަށެވެ. އަދި އެފަދަ އެއްވެސް ކަމެއް ހުއްޓުވުމަށް މަސައްކަތެއް ނުކުރައްވައެވެ. އަދި އެންޓި-ކޮރަޕްޝަން ކޮމިޝަނުން ވެސް މިހާރު ހިންގަވަނީ ރައީސް މުއިއްޒުގެ ކޮންޓްރޯލްގެ ދަށުންނެވެ.