ޚަބަރު

އެމްޑީޕީ ސަރުކާރުން އަޅާފައިވާ ސަބްމެރިން ކޭބަލް ދޫކޮށްލުމަށްފަހު، މުއިއްޒު ވިސްނަނީ އެ ކޭބަލް ގަންނަ ބޭރުގެ ކުންފުނިން ކޮރަޕްޝަން ތެރެއިން ޚިދުމަތް ގަންނަން! މީގެ ސަބަބުން މިހާރަށް ވުރެ އިންޓަރނެޓް އަގު ބޮޑުވެގެން ދާނެ!

ދިޔަވަރު
އެމްޑީޕީ ސަރުކާރުން އަޅާފައިވާ ސަބްމެރިން ކޭބަލް ދޫކޮށްލުމަށްފަހު، މުއިއްޒު ވިސްނަނީ އެ ކޭބަލް ގަންނަ ބޭރުގެ ކުންފުނިން ކޮރަޕްޝަން ތެރެއިން ޚިދުމަތް ގަންނަން! މީގެ ސަބަބުން މިހާރަށް ވުރެ އިންޓަރނެޓް އަގު ބޮޑުވެގެން ދާނެ!

މިދިޔަ މަހު އިންޑިއާއިން 30 ދުވަހުގެ މުހުލަތެއް ދިން އައިއޭއެކްސް ސަބްމެރިން ކޭބަލް މައްސަލައިގައި، ސަރުކާރުން ރާވަނީ ރިލަޔަންސް ޖިއޯއިން (ކޭބަލް އަޅާ ފަރާތް) އެ ކޭބަލްގެ ބައި ޗައިނާއަށް ނުވަތަ އެހެން ފަރާތަކަށް ވިއްކާލާނެ ކަމަށެވެ. މި ގޮތުން މުއިއްޒުގެ އަރިސް ފަރާތްތަކުން ދަނީ، ރާއްޖެއިން އެ ކޭބަލްއަށް ދައްކަން ޖެހޭ ބާކީ 15 މިލިއަން ޑޮލަރު ނުދައްކައި ގަސްތުގައި ލަސްކުރަމުންނެވެ. އޭރުން ކޭބަލް ރާއްޖެއަށް މިލްކު ނުވެ، ސަރުކާރުން ދައްކަން ޖެހޭ ފައިސާ ނުދެއްކުމުން ކޭބަލް އަތުލައި، އެ ކޭބަލް އެހެން ބަޔަކަށް ވިއްކާލާނެއެވެ. މުއިއްޒު ދަނީ ހީލަތްތެރި ކަމާއި އެކު، ޔޫއޭއީގެ ކުންފުންޏަކާއި، ޗައިނާގެ ކުންފުންޏެއް ލައްވައި ރާއްޖެއަށް އަޅާފައިވާ ކޭބަލް އިންޑިޔާއަތުން، ގަތުމަށް އެދެމުންނެވެ. ޗައިނާ ނުވަތަ، ޔޫއޭއީގެ ކުންފުންޏަކުން މި ކޭބަލް ގަތުމުން، އެމީހުން އަތުން ސަރުކާރުން ޚިދުމަތެއް ގޮތުގައި އިންޓަރނެޓް ގަތުމަށްފަހު، ރާއްޖޭގެ އިންޓަރނެޓް ޚިދުމަތްދޭ، ދިރާގު އޫރިދޫ ފަދަ ކުންފުނިތަކަށް އިންޓަރނެޓް ވިއްކުމަށް ސަރުކާރުން ވަނީ ވިސްނާފައެވެ.

ރާއްޖެއަށް ލިބެން އޮތް ކޭބަލް 15 މިލިއަން ޑޮލަރު ދިނުމަށް ފަހު، ގަތުމުން ސަރުކާރުގެ ތިބި ވެރިންނަށް ކޮރަޕްޝަންގެ ތެރެއިން އެއްވެސް މަންފާއެއް ނުވެއެވެ. ނަމަވެސް އެ ފައިސާ ނުދައްކައި އެހެން ބަޔަކު އެ ކޭބަލް ގަތުމުން، އެމީހުން އަތުން ޚިދުމަތް ހޯދުމުގެ ނަމުގައި އިންޓަރނެޓް އެކުންފުނިން ގަންނަން ހަދާ އެއްބަސްވުމުގެ ތެރެއިން އެތައް ސަތޭކަ މިލިއަނެއް އެތައް އަހަރަކަށް ދެމިގެން ދާހެން މުއިއްޒަށް ރިޝްވަތުގެ ގޮތުގައި ނެގޭނެއެވެ. އެހެންކަމުން 12 މިލިއަން ޑޮލަރު ކުރީ ސަރުކާރުން ދައްކާފައިވާ ކޭބަލް ގަތުމުގެ ބަދަލުގައި، ރައީސް މުއިއްޒު ބޭނުންވަނީ، ކޭބަލް ދޫކޮށްލާށެވެ.

މިކަމުގެ ސަބަބުން ދިވެހިންނަށް އިންޓަރނެޓް އަގުހެޔޮކޮށް ލިބެން އޮތް ފުރުޞަތު އެއްކޮށް ގެއްލިގެން ދިޔައީއެވެ. އޭރު ސަރުކާރުން މަޖުބޫރު ކުރާނީ އެމީހުން ދޭ އަގެއްގައި އިންޓަރނެޓް ގަތުމަށެވެ. އަދި ސަރުކާރުން އިންޓަރނެޓް ގަންނާނީ ކޮރަޕްޝަންގެ ތެރެއިން އެތައް މިލިއަނެއް އަގު ބޮޑުކޮށެވެ.

ޗައިނާ ކުންފުންޏެއް ލައްވައި ރާއްޖެއަށް އަޅާފައިވާ ކޭބަލް ގަންނަން މުއިއްޒު ރާވަމުންދާއިރު، އިންޑިއާގެ ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް (އެފްޑީއައި) ޤާނޫނަށް ގެނެވުނު އިސްލާހުތަކުގައި، އިންޑިއާއާ އެއްގަމު އިން (ބޯޑަރު) ހިއްސާވާ ޤައުމުތަކުގެ އިންވެސްޓްމަންޓްތަކާ ގުޅޭ ޚާއްސަ މާއްދާތަކެއް ހިމެނެއެވެ. ޗައިނާއަކީ އިންޑިއާއާ އެއްގަމު އިން ހިއްސާވާ ޤައުމަކަށްވުމާއެކު، ޤައުމީ ސަލާމަތާ ގުޅޭ ސަބަބުތަކަށްޓަކައި، ރިލަޔަންސް ޖިއޯއަށް ކޭބަލްގެ އެއްވެސް ބައެއް ޗައިނާއަށް ވިއްކުމުގެ ހުއްދަ އިންޑިއާ ސަރުކާރުން ނުދޭނެކަމަށް ވެއެވެ.

ނަމަވެސް މުއިއްޒުގެ ސަރުކާރުގައި ތިބި ނާގާބިލު ވަޒީރުންނަކަށް މިވަރެއްވެސް ނޭނގެއެވެ.

މީގެ އިތުރުން، ރިލަޔަންސް ޖިއޯ ޕްލެޓްފޯމްސްގެ ހިއްސާ ގޫގުލް އަދި މައިކްރޯސޮފްޓް ފަދަ އެމެރިކާގެ ބޮޑެތި ކުންފުނިތަކުން ވެސް އޮވެއެވެ. އެމެރިކާގެ ޤާނޫނުތަކުގައި ވެސް، އިސްތިރާޖީ މުދަލެއް ޗައިނާ ފަދަ ޤައުމަކަށް ވިއްކާނަމަ، އެމެރިކާ ސަރުކާރުގެ ހުއްދަ ހޯދަންޖެހެއެވެ. ކޮމިޓީ އޮން ފޮރިން އިންވެސްޓްމަންޓް އިން ދަ ޔުނައިޓެޑް ސްޓޭޓްސް (ސީއެފްއައިޔޫއެސް) ގެ ހުއްދަ ހޯދަންޖެހޭ މިފަދަ މުޢާމަލާތްތައް ހުއްޓުވުމުގެ ބާރު އެ ކޮމިޓީއަށް ލިބިގެންވެއެވެ.

"އެމެރިކާ އަދި އިންޑިއާ ސަރުކާރުން ރިލަޔަންސް ޖިއޯއަށް ކޭބަލްގެ އެއްވެސް ހިއްސާއެއް ނުވަތަ ބައެއް ޗައިނާއަށް ވިއްކުމުގެ ހުއްދައެއް ނުދޭނެކަމީ ޝައްކެއް އޮތް ކަމެއް ނޫން،" ދިޔަވަރު ނޫހަށް މައުލޫމާތު ދިން މަސްދަރަކުން ހާމަ ކުރިއެވެ.

ކުރީގެ އެމްޑީޕީ ސަރުކާރުން ދިވެހި ރައްޔިތުންނަށް އިންޓަރނެޓް އަގު ހެޔޮކުރުމަށް ފަށާފައިވާ މި މަޝްރޫޢުގައި މިހާތަނަށް 12 މިލިއަން ޑޮލަރު ވަނީ ހޭދަކުރެވިފައެވެ. އަދި މަޝްރޫޢު ފުރިހަމަކުރުމަށް އިތުރު 15 މިލިއަން ޑޮލަރު ބޭނުންވާއިރު، މުއިއްޒުގެ ނާގާބިލު ކޮރަޕްޓް ސަރުކާރުން ވަނީ މި މަޝްރޫޢު އެއްކޮށް ހުއްޓާލުމަށް ނިންމާފައެވެ.

އިންޓަރނެޓް އަގުހެޔޮ ކުރަން ކުރީ ސަރުކާރުން އެޅި ކޭބަލް ބޭރު ކުންފުންޏަކަށް ވިއްކާލައި، އިންޓަރނެޓްގެ ޚިދުމަތް މިހާރަށްވުރެ ބޮޑުކޮށް އަމިއްލަ ޖީބު މުއްސަނދި ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. މިފަދަ ކަންކަން ހުއްޓުވުމަށްޓަކައި ޤާނޫނީ އިމުގެ ތެރެއިން ސަރުކާރު ބަދަލު ކުރުމާއި މެދު މަޖިލީސް މެމްބަރުން ވިސްނުން މުހިންމެވެ.